Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަހުމަދު މަހްލޫފް

ދައުވާ ކުރުމުގެ ބަދަލުގައި ޖަލުގެ ކަންކަން އިސްލާހު ކުރުން މާރަނގަޅުވާނެ: މަހްލޫފް

17 މެއި 2018 | ބުރާސްފަތި 09:44

ޖަލުގައި މަރުވި އަބްދުﷲ ރަޝީދު މަރުވުމުގައި ޖަލުގެ އޮފިޝަލުންގެ އިހުމާލު އޮތްކަން އެޗްއާރުސީއެމް ރިޕޯޓުން އެނގޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 މެއި 2018 | ބުރާސްފަތި 09:44
މެމްބަރު އަހުމަދު މަހްލޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ފައިލް ފޮޓޯ)

މެމްބަރު އަހުމަދު މަހްލޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ފައިލް ފޮޓޯ)

ޖަލުގައި މީހުން މަރުވަނީ ނޫންކަމަށާއި މަރަނީ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި ޖަލުގެ ކަންކަން އިސްލާހު ކުރިއްޔާ މާރަނގަޅު ވާނެކަމަށް މަހްލޫފް ވިދާޅުވެއްޖެ އެވެ.

މާފުށީގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް) އިން ތަހްގީގު ކުރުމަށްފަހު ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓަރ ޖެނަރަލް(ޕީޖީ)ގައި އެދިފައިވާތީ އެކަމާ ގުޅިގެން މަހްލޫފު ރާއްޖެއެމްވީއަށް ވިދާޅުވީ ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ކުރަމުންދާއިރު، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް އަބްދުﷲ ރަޝީދު މަރުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އިހުމާލު އޮތްކަމަށް އެޗްއާރުސީއެމްގެ ތަހުގީގުން ފާހަގަވެފައިވާ ކަމަށެވެ. އަދި ޖަލުގައި މީހުން މަރުވަނީ ކަރެކްޝަނަލް ސާރވިސްގެ އިހުމާލުންކަމަށް މިމައްސަލައިން އެކަނި ވެސް އެނގޭ ކަމަށާއި މިކަމުގައި ހަގީގަތެއްވާކަން އެނގޭ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ގޭބަންދުކޮށްފައި ހުރި މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސް، ޖަލުގައި ހިނގަމުންދާ މިފަދަ ލާއިންސާނީ އަނިޔާތައް ދިނުން ހުއްޓާލައި، ޖަލުގެ ކަންކަން އިސްލާހުކުރުން މާރަނގަޅުވާނެ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހިދްމަތް ނުދީ ގައިދީން މަރަމުންދާ ކަމަށް ތުހްމަތުކުރައްވައިފަ އެވެ. އަދި އަހަރެއް ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.

މި ދައުވާއާ ގުޅިގެން އެންމެފަހުން ބޭއްވި އަޑުހުމުގައި އެމައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް އަށް އިޝާރާތްކުރައްވާ މަހްލޫފް ވިދާޅުވީ "ގާޒީ ބޭނުންވާ ގޮތަށް ހުކުމް ކުރައްވާ" ކަމަށެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިމި ދެން ފެށޭނީ ޝަރީއަތުގެ އަޑުއެހުންތަކެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހު ހެކީންގެ ހެކިބަސް ނެގުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް