ބުރާސްފަތި 20 ޖޫން 2019
04 އަދަ
1440 ޝައްވާލް 16
ފަތިސް 04:36
އިރުއަރާ 05:55
މެންދުރު 12:11
އަސްރު 15:35
މަޣްރިބް 18:20
އިޝާ 19:39
ރާއްޖެ - ޖަރނީ އެންޖީއޯ

ޖަރނީ އިން ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފި

  • ޖަރނީ އިން އަލަށް ތައާރަފް ކުރެވުނު ނަންބަރަކީ 7995075
  • ޖަރނީއަކީ މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް

ފާތިމަތު ޝަނާ މުހައްމަދު
FathimathShana

ކ. މާލެ 17 މެއި 2018 | ބުރާސްފަތި 09:18 2,056

ޖަރނީގެ ބައެއް ހަރަކާތްތައް - ގެޓީ އިމޭޖާސް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބެލެނިވެރިން ގުޅުމުން ސީދާ ގެއަށް ގޮސް ހިދުމަތް ދިނުމަށްޓަކާއި ޖަރނީ އިން ހޮޓްލައިނެއް ތައާރަފްކޮށްފި އެވެ.

ޖަރނީއިން އާންމުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ، މަސްތުވާތަކެތި ބޭނުން ކުރަން ފެށުމުން އެކަމަށް ހުރަސް އެޅުމާއި މަސްތުވާތަކެއްޗަށް އަޅުދާސްތުވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ހިދުމަތް ދިނުން ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން އެފަދަ ހާލަތްތަކުގައި ސީދާ ގެއަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ނިންމާވާފައިވާ ކަމަށެވެ. އެގޮތުން 24 ގަޑިއިރު ގުޅޭނެ މޯބައިލް ނަންބަރެއް ޖަރނީ އިންވަނީ ތައާރަފްކޮށްފަ އެވެ.

މި ނަންބަރުން ވައިބާގެ ހިދުމަތް ބޭނުންކޮށްގެން ބޭނުންވާ ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ޖަރނީ އިން އަލަށް ތައާރަފް ކުރެވުނު ނަންބަރަކީ 7995075 އެވެ.

މި ފަދަ ނަންބަރެއް ތައާރަފް ކުރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ފިރިމީހާ އާއި ނުވަތަ އަނބިމީހާއަށް ވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަން ޝައްކުވާ ހިސާބުން އެކަމާ ވާހަކަދައްކާ، ކުރިމަތިލާ ހުއްޓުވާނެ ގޮތް ބުނެދީނުން ކަމަށް ޖަރނީ އިން ބުނެ އެވެ.

ޖާރނީ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އެ ޖަމިއްޔާގެ ވެބްސައިޓުން ވެސް ލިބޭނެ ކަމަށް ޖަރނީ އިން ބުނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް