Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

ހާރޓް އަދި ވިލްޝެއަރ ބާކީކޮށް އިނގިރޭސިވިލާތުގެ ސްކޮޑް އިއުލާންކޮށްފި

16 މެއި 2018 | ބުދަ 18:28

މި ސީޒަނުގައި މި ދެ ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 16 މެއި 2018 | ބުދަ 18:28
އިނގިރޭސި ގައުމީ ޓީމް ރަހުމަތްތެރިކަމުގެ މެޗެއްގެ ކުރިން

އިނގިރޭސި ގައުމީ ޓީމް ރަހުމަތްތެރިކަމުގެ މެޗެއްގެ ކުރިން

ވެސްޓް ހަމް ޔުނައިޓެޑްގެ ކީޕަރު ޖޯ ހާރޓް އަދި އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެއަރ ބާކީކުރުމަށްފަހު މިފަހަރުގެ ވޯލްޑް ކަޕަށްދާ އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ސްކޮޑް އިއުލާންކޮށްފިއެވެ.

މި ދެކުޅުންތެރިން ބާކިކޮށްފައިވާއިރު މި ސީޒަނުގައި މި ދެ ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި ދެކުޅުންތެރިން ބާކީކުރި ނަމަވެސް ޗެލްސީގެ ޑިފެންޑަރު ގެރީ ކޭހިލް އަދި އެ ޓީމުގެ މިޑްފީލްޑަރު ރޫބެން ލޮފްޓަސް ޗީކް ވަނީ ފުރުސަތު ދީފައެވެ. ހަމައެހެންމެ ބާންލީގައި ރަނގަޅު ކުޅުމެއް މި ސީޒަނުގައި ދެއްކި ކީޕަރު ނިކް ޕޯޕް ވަނީ ސްކޮޑުގައި ހިމަނާފައެވެ.

ޖުމްލަ 23 ކުޅުންތެރިންގެ ސްކޮޑެއް އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ގެރެތު ސައުތުގޭޓް ނަގާފައިވާއިރު އެ ކުޅުންތެރިންގެ އިތުރުން ސްޓޭންޑްބައިގައި ފަސް ކުޅުންތެރިޔަކު ތިބޭނެއެވެ. އެ ކުޅުންތެރިން ތެރޭގައި ހިމެނެނީ ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ އާއި ބާންލީގެ ކީޕަރު ޓޮމް ހީޓަން އާއި ބޯންމައުތުގެ ލުއިސް ކުކް އަދި ވެސްޓް ބްރޮމްގެ މިޑްފީލްޑަރު ޖޭކް ލިވަރމޯގެ އިތުރުން ކްލެރެޓްސްގެ ޑިފެންޑަރު ޖޭމްސް ޓާކޯސްކީއެވެ.

ސްކޮޑް އިއުލާންކުރުމަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ މިއީ ވަރަށް ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް ކަމަށާއި މި ކުޅުންތެރިންނަކީ ތަޖުރިބާ ވެސް ލިބިފައިވާ ކުޅުންތެރިންނަށް ވުމާއެކު މުބާރާތުގެ ރަނގަޅު ހިސާބަކަށް ދަތުރުކުރެވޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

އިނގިރޭސިވިލާތުން ނެގި 23 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: ޖެކް ބަޓްލޭންޑް (ސްޓޯކް ސިޓީ)، ޖޯޑަން ޕިކްފޯޑް (އެވަޓަން)، ނިކް ޕޯޕް (ބާންލީ)

ޑިފެންޑަރުން: ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް (ލިވަޕޫލް) ގެރީ ކޭހިލް (ޗެލްސީ) ކައިލް ވޯކަރ، ފަބިއަން ޑެލްފް، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ) ހެރީ މެގަޔަރ (ލެސްޓާ ސިޓީ)، ކިއެރަން ޓްރިޕިއާ، ޑެނީ ރޯސް (ޓޮޓެނަހަމް ހޮޓްސްޕަރސް)، އޭޝްލީ ޔަންގް، ފިލް ޖޯންސް (މެންޗެސްޓާ ޔުނައިޓެޑް)

މިޑްފީލްޑަރުން: އެރިކް ޑަޔަރ، ޑެލޭ އަލީ (ޓޮޓެންހަމް ހޮޓްސްޕަރސް)، ޖެސޭ ލިންގާޑް (މެންޗެސްޓާ ޔުނައިޓެޑް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް) ރޫބެން ލޮފްޓަސް ޗީކް (ޗެލްސީ)

ފޯވާޑުން: ޖެއިމީ ވަރޑީ (ލެސްޓާ ސިޓީ)، މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)، ޑެނީ ވެލްބެކް (އާސެނަލް) ހެރީ ކޭން (ޓޮޓެންހަމް ހޮޓްސްޕަރސް)

މިފަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ޓިއުނީޝިއާ އަދި ޕެނަމާގެ އިތުރުން ބެލްޖިއަމްއާއެކު ގްރޫޕް ޖީ ގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 18 ވަނަ ދުވަހު ޓިއުނީޝިއާ އާއި ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނައިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޖޫން މަހުގެ 24 ވަނަ ދުވަހު ޕެނަމާ އާއި ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ އެންމެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ އޭގެ ހަތަރު ދުވަސްފަހުން ބެލްޖިއަމްއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކާމިޔާބްކުރުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި
15 އޯގަސްޓު 2017

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

15 އޯގަސްޓު 2017
ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި
29 ޖުލައި 2017

އެފްއޭ ކަޕް ދިފާއު ކުރުމަށް، ޗެމްޕިއަން ވެލެންސިއާއިން ސްކޮޑް ވަރުގަދަ ކުރަނީ

29 ޖުލައި 2017
އެފްއޭ ކަޕް ދިފާއު ކުރުމަށް، ޗެމްޕިއަން ވެލެންސިއާއިން ސްކޮޑް ވަރުގަދަ ކުރަނީ
20 ޖޫން 2017

ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް

20 ޖޫން 2017
ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް
04 ޖޫން 2017

ހަތަރު ކުޅުންތެރިން ބާކީކޮށް ގައުމީ ސްކޮޑް އިއުލާން ކޮށްފި

04 ޖޫން 2017
 ހަތަރު ކުޅުންތެރިން ބާކީކޮށް ގައުމީ ސްކޮޑް އިއުލާން ކޮށްފި
28 މެއި 2017

އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ

28 މެއި 2017
އަންނަ ސީޒަނަށް ސްކޮޑް އިތުރަށް ވަރުގަދަކުރަން ޖެހޭ: ކޮންޓޭ
28 މެއި 2017

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

28 މެއި 2017
އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި
26 މާރިޗު 2017

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް