Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރު އަހުމަދު މަހްލޫފް

ގާޒީ ބޭނުންވާ ގޮތަށް ހުކުމް ކުރައްވާ: މަހްލޫފް

ހުކުމް ކުރަނީ ގާޒީ ބޭނުންވާ ގޮތަކަށް ނޫން، ޝަރީއަތުގެ މައްޗަށް ބިނާކޮށް: ގާޒީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 12:19
މެމްބަރު އަހުމަދު މަހްލޫފާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު

މެމްބަރު އަހުމަދު މަހްލޫފާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ތަކުރާރުކޮށް ސަސްޕެންޑް ކުރަމުންދާތީ އެކަމާ ކަންބޮޑުވެ ވަޑައިގެން، ގާނޫނީ ވަކީލަކާ ނުލާ ޝަރީއަތަށް ވަޑައިގެން، ގާޒީ ބޭނުންވާ ގޮތަކަށް ހުކުމް ކުރެއްވުމަށް ގާޒީއަށް ނިސްބަތް ކުރައްވާ މަހްލޫފް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލައާ ގުޅިގެން ދައުލަތުންނާއި މަހްލޫފްގެ ފަރާތުން ޝަރީއަތަށް ހުށަހަޅަން ބޭނުންވާ ހެއްކާއި ހުރިހާ ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ ފުރުސަތެއް ދެއްވި ނަމަވެސް ދައުލަތުގެ ފަރާތުން އަދި މަހްލޫފްގެ ފަރާތުންވެސް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށެވެ. އަދި މިމައްސަލައަށް މަހްލޫފްގެ ފަރާތުން އައްޔަން ކުރައްވާފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން ނާޒިމް އަބްދުއްސައްތާރު އެންމެ ފަހުން ބޭއްވި އަޑުހުމަށްފަހު، މިމައްސަލައާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ކުރެއްވި ޓްވީޓަކާއި ގުޅިގެން މިމައްސަލައިށް ސަސްޕެންޑް ކުރައްވާފައިވާ ކަމަށެވެ. ދެން ތިއްބެތި ދެ ވަކީލުން ކަމަށްވާ އަހުމަދު އަބްދުﷲ އަފީފާއި މުހައްމަދު ހައްސާން ވަނީ މަހްލޫފްގެ އެދުމުގެ މަތިން މިމައްސަލައިން ތަނާޒުލް ވެފައިވާކަން ކޯޓަށް އަންގާފައި ކަމަށް ގާޒީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެންކަމުން މިއަޑުއެހުމަށް މަހްލޫފް ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލައެވެ.

މަހްލޫފް ވިދާޅުވީ އެ ޓްވިޓަރ އެކައުންޓަކީ ނާޒިމްގެ އެކައުންޓެއް ކަމަށް ކަށަވަރު ކުރުމެއްނެތި ސަސްޕެންޑް ކުރުމަކީ ގާބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެހެންކަމުން ނާޒިމްގެ ސަސްޕެންޝަން އުވާލައި، އަލުން އޭނާގެ ވަކީލެއްގެ ގޮތުގައި ބަލައިގަތުމަށް މަހްލޫފް އެދިލެއްވި އެވެ. މަހްލޫފް ވިދާޅުވީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން އައިއިރު، ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާތީ އެތަކެތި ބަލައި ގަނެފައި ނުވާކަމަށެވެ. އަދި ފަހުން ސިޓީއަކުން ދެންނެވި ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އެމައްސަލައާ ގުޅިގެން ނާޒިމް ސަސްޕެންޑް ކޮށްފައިވާއިރު، ނާޒިމްގެ ފަރާތުން އެކަމުގެ ޝަކުވާއެއް ނުވަތަ އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާފައި ނުވާތީ އެ އެކައުންޓަކީ ނާޒިމްގެ އެކައުންޓެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ. އެހެންކަމުން މިމައްސަލައަށް ނާޒިމް ސަސްޕެންޑްކޮށްފައިވާ ކުރުން ހަމަ އެގޮތުގައި އެބައޮތް ކަމަށެވެ. އަދި ލިޔެކިޔުންތައް ހުށަހެޅުމަށް މެއި މަހުގެ ތިން ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް އެންގުމުން އެ ލިޔެކިޔުންތައް ހުށަހެޅުމަށް މަހްލޫފް ވަޑައިގެންނެވީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް އެއްޗެއް ނާންގާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ދެން ލިޔެކިޔުންތައް ބަލައިގަތުމުގެ ފުރުސަތެއް ނެތް ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ނާޒިމަކީ މަހްލޫފްގެ މައްސަލަތަކުގައި އިސް ކޮށް އުޅުއްވާ ގާނޫނީ ވަކީލު ކަމަށްވެފައި ނާޒިމް ސަސްޕެންޑް ކުރުމަކީ މިމައްސަލާގައި ކުރިއަށްދާން ވަރަށް ދަތިކަމެއް ކަމަށާއި ނާޒިމްގެ ސަސްޕެންޝަން އުވާނުލާނަމަ މިމައްސަލާގައި ވަޑައިގަންނަވާނީ ގާނޫނީ ވަކީލަކާ ނުލާ އެކަނި ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ހިނގާފައިނުވާ ކަމެއް ހިނގާފައިވާ ކަމަށްބުނެ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިންކަމަށްބުނެ، ދައުލަތުން ކޮށްފައިވާ އެދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ މަހްލޫފްގެ މައްޗަށް އެ ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅުއްވާފަ އެވެ. އެގޮތުން، މިމައްސަލާގައި މަހްލޫފް ފުލުހުންނަށް ދެއްވާފައިވާ ބަޔާނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ދެ ސިޓީއަކާއި މަހްލޫފް ޓްވިޓަރ އެކައުންޓަކީ އޭނާގެ އެކައުންޓެއްކަން ސާބިތު ކުރުމަށް ލިޔެކިޔުންތައް ހުށަހެޅި އެވެ.

ހެކި ހުށަހެޅުމަށާއި އިތުރު އެއްޗެއް ވިދާޅުވާން ބޭނުންނަމަ ވިދާޅުވުމަށް މަހްލޫފަށް ފުރުސަތު ދެއްވުމުން މަހްލޫފް ވިދާޅުވީ "ގާޒީ ބޭނުންވާ ގޮތަކަށް ހުކުމް ކުރައްވާ" ކަމަށެވެ.

އެގޮތަށް މަހްލޫފް ވިދާޅުވުމުން ގާޒީ އަލީ އާދަމް ވިދާޅުވީ ހުކުމް ކުރަނީ ގާޒީ ބޭނުންވާ ގޮތަށް ނޫން ކަމަށާއި ޝަރީއަތަށް ހުށަހެޅޭ ހެއްކާ ގަރީނާއާއި ދެފަރާތުގެ ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު