22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ރޯދަ މަސް

ރޯދައާ ގުޅޭ މައުލޫމާތު

  • ރޯދައިގެ ޝަރުޠުތައް ހުރީ ދެބަޔަކަށެވެ. އެއީ ރޯދަ ވާޖިބުވުމުގެ ޝަރުޠާއި، ރޯދަ ޞައްޙަވުމުގެ ޝަރުޠެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 8 މެއި 2018 | އަންގާރަ 12:47 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
  8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


ރޯދަ ވީއްލުމަށް ތައްޔާރުވެފައި -- އާކައިވް

އެޑިޓަރުގެ ނޯޓް: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ. މި ލިޔުން ޝާއިޢުކުރާ މަގުސަދަކީ ފަރުޟު ރޯދަ އާއި ސުންނަތް ރޯދަ ހިފާނެ ގޮތާއި ރޯދައިގެ ހުކުމްތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. 

ރޯދަހިފުން:

ރޯދަހިފުމަކީ ވަކި ޚާއްޞަ ޝަރުޠުތަކަކާއިއެކު، ވަކި ނިޔަތެއް ގަނެގެން ދުވަހެއްގެ ފަޖުރުއްޞާދިޤު ފައުޅުވީއްސުރެން އެދުވަހުގެ އިރުއޮއްސިއްޖައުމަށް ދާންދެން، ރޯދަގެއްލެނިވި ކަންތައްތަކުން ކަމެއް ނުކޮށްހުރުމެވެ.

ރޯދައިގެ ބައިތައް:

ރޯދަ ބެހުނީ ހަތަރު ބަޔަކަށެވެ. އެއީ ފަރުޟު ރޯދައާއި ސުންނަތް ރޯދައާއި، މަކްރޫހަ ރޯދައާއި، އަދި ޙަރާމް ރޯދައެވެ.

ފަރުޟު ރޯދަ:

ފަރުޟު ރޯދަހުރީ ތިންބާވަތަކަށެވެ. އެއްބާވަތަކީ: ވިދިވިދިގެން ހިފުން ވާޖިބު ރޯދައެވެ. އެއީ ރަމަޟާންމަހުގެ ރޯދަ އާއި، ޡިހާރު، ޤަތުލު، ރަމަޟާންމަހު ދުވާލު ޖިމާޢުވުން، މިކަންކަމުގެ ކައްފާރާއަށް ހިފާ ރޯދައާއި، ވިދިވިދިގެން ހިފުމަށް ނަދުރު ގެންފައިވާ ރޯދައެވެ. ދެވަނަ ބާވަތަކީ: ވަކިވަކީން ހިފުން ވާޖިބު ރޯދައެވެ. އެއީ ވަކިވަކީން ހިފުމަށް ނަދުރުގެންފައިވާ ރޯދައާއި، ޙައްޖުގެ ބައެއްކަންކަމާއި ވިދިގެން ހިފުން ލާޒިމުވެގެންވާ ރޯދައެވެ. ތިންވަނަ ބާވަތަކީ: ވިދިވިދިގެން ހިފުމާއި، ވަކިވަކީން ހިފުން ހުއްދަ ރޯދައެވެ. އެއީ ރަމަޟާންމަހު ފާއިތުވީ ރޯދައާއި ހުވައިގެ ކައްފާރާއަށް ހިފާ ރޯދައާއި، ވިދިވިދިގެން ހިފުން ނުވަތަ ވަކިވަކީން ހިފުން ޝަރުޠުކޮށްފައި ނުވާ މުޠުލަޤު ނަދުރު ރޯދައާއި، ޙައްޖުގެ ބައެއްކަންކަމާއި ވިދިގެން ހިފާރޯދައެވެ.

ރަމަޟާންމަހު ރޯދަ:

ރަމަޟާންމަހު ރޯދަ ހިފުމަކީ އިސްލާމީ އުއްމަތުގެ މީހުންގެ މައްޗަށް ކީރިތި ﷲ ފަރުޟުކުރައްވާފައިވާ ކަމެކެވެ. ތަކްލީފު ލިބިގެންވާ ކޮންމެ މީހަކުމެ އަދާކުރަންޖެހިފައިވާ ޢައިނިއްޔަ ފަރުޟެކެވެ.

ރަމަޟާންމަސް ސާބިތުވުމާއި ރޯދަ ވާޖިބުވުން:

ރަމަޟާންމަހު ރޯދަވާޖިބު ވާނީ ދެކަމަކުން ކުރެ އެއްކަމެއް މެދުވެރިވުމުންނެވެ. އެއްކަމަކީ އުޑުމަތި ސާފުކޮށް އޮތުމާއިއެކު ހަނދު ފެނުމެވެ. އަނެއް ކަމަކީ ޝަޢުބާންމަހުން ތިރީސް ދުވަސް ހަމަވުމެވެ. ޢަދުލުވެރި އެއްމެ ހެއްކެއްގެ ހެކިބަހުން ރަމަޟާންމަހުގެ ހަނދު ސާބިތުވެދެއެވެ. ނަމަވެސް ޢާންމުކޮށް އެންމެންގެ މައްޗަށް ރޯދަވާޖިބު ވާނީ ދީނުގެ ވެރިކަމުގެ ފަރާތުން ތަޙުޤީޤުކޮށް ހަނދު ސާބިތުވެޖެކަމަށް ޙުކުމްކުރުމަށްފަހުގައެވެ. އެފަދަ ޙުކުމަކާއި ނުލައިވެސް ހަނދު ދުށްމީހާއާއި، އޭނާގެ ބަސް އިތުބާރުކޮށްފި މީހާ ރޯދަހިފުން ވާޖިބެވެ. ނަމަވެސް އެރޯދަ ހިފާންވާނީ ވަންހަނާގައެވެ.

ޢިލްމުލްފަލަކުގެ ޤަވާޢިދުތަކުން ބަލައި މިވެނި ދުވަހަކު ހަނދުފެންނާނެ ކަމަށް ބުނާ ބުނުމުގެ މައްޗަށް ރޯދަހިފުން ވާޖިބުވާނީ އެޢިލްމުގެ އަހުލުވެރިންނާއި އެބައިމީހުންގެ ބަސް ޤަބޫލުކޮށްގެން ތިބޭ މީހުންގެ މައްޗަށެވެ.

އެއްރަށެއްގައި ރަމަޟާންމަހުގެ ހަނދު ސާބިތުވެއްޖެނަމަ، އެރަށަކާއި ގާތް ރަށްރަށުގެ މީހުން ރޯދަހިފުން ވާޖިބުވާނެއެވެ. ގާތް ރަށްރަށް ކަމުގައި ހިމެނޭނީ އިރުހަނދުއަރައި އޮއްސުމުގައި ތަފާތު ކަމެއް ނާންނަ ހިސާބުގައިވާ ރަށްރަށެވެ.

ރޯދައިގެ ޝަރުޠުތައް:

ރޯދައިގެ ޝަރުޠުތައް ހުރީ ދެބަޔަކަށެވެ. އެއީ ރޯދަ ވާޖިބުވުމުގެ ޝަރުޠާއި، ރޯދަ ޞައްޙަވުމުގެ ޝަރުޠެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް