Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރު އަލީ ހަމީދު

އަލީ ހަމީދާ ދެކޮޅަށް ހުށަހެޅި ހެކިތަކާ އެކު، ވީޑިއޯއެއް ވެސް ސިއްރުކޮށްފި

14 މެއި 2018 | ހޯމަ 14:43

ވީޑިއޯއިން ފެންނަ މަންޒަރު ދައުލަތުން ކިޔައިދިން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 މެއި 2018 | ހޯމަ 14:43
ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ފަހު އަލީ ހަމީދު ލޯންޗަށް އަރުވަނީ

ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ފަހު އަލީ ހަމީދު ލޯންޗަށް އަރުވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއެކު، ވީޑީއޯއެއް ވެސް ސިއްރު ކުރަން ކްރިމިނަލް ކޯޓުން އަމަރުކޮށްފި އެވެ.

އަލީ ހަމީދާ ދެކޮޅަށް ހުށަހެޅި އެ ހެކިތައް ސިއްރު ކުރަން ހޯމަ ދުވަހު އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމެވެ. ފެބްރުއަރީ 1 އަމުރާ ގުޅިގެން، ޓެރަރިޒަމްގެ ދައުވާ ލިބޭ ބޭފުޅުންނަށް ޝަރީއަތް ހިންގަވަނީ ގާޒީ ހައިލަމެވެ.

Advertisement - newsAdvertisement

އަލީ ހަމީދާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނޭ ވީޑިއޯއަކީ މާލޭގެ މަގެއް އަރާ ގޮތަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއެއްގެ ފުޓޭޖެކެވެ. ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެ ވީޑިއޯއާ ގުޅޭ ގޮތުން ދައުލަތުން ވަނީ ވާހަކަ ދައްކާފައެވެ.

ޕަބްލިކް ޕްރޮސެކިއުޓަރ، އަހުމަދު ނައުޝާދު ވިދާޅުވީ އެ ވީޑިއޯއިން ފެންނާނީ ނަސަންދުރާ ކައިރީގެ މަންޒަރެއް ކަމަށެވެ. އެގޮތުން އެއް ކާރުން އަނެއް ކާރަށް އެއްޗެހިތަކެއް ބަދަލު ކުރާ މަންޒަރު ވީޑިއޯއިން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވީޑިއޯގެ ތަފްސީލަށް ނައުޝާދު ވަޑައިގެންނެވީ، ވީޑިއޯ ސިއްރު ކުރަން ދައުލަތުން އެދިފައި ވަނިކޮށެވެ. އެކަމާ ގުޅޭ ގޮތުން ގާޒީ ހައިލަމް ވިދާޅުވީ ވީޑިއޯއާ ގުޅޭ ގޮތޭ ތަފްސީލުތަކެއް، ދައުލަތުން ވިދާޅުވުމުން، ވީޑީއޯ ސިއްރު ކުރުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. ޖަވާބުގައި ދައަލަތުގެ ވަކީލު ނައުޝާދު ވިދާޅުވީ އެ ވާހަކަތައް ކިޔައިދިނުމަކުން ވީޑިއޯގެ ސިއްރުތައް ހާމަވެގެން ނުދާނެ ކަމަށާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ވެސް ނުލިބޭނެ ކަމަށެވެ.

ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ އެ ޝަރީއަތުގައި ގާޒީ ހައިލަމް އަމުރު ކުރައްވާފައި ވަނީ އަލީ ހަމިދާ ދެކޮޅަށް ހުށަހެޅި އިންޓަލިޖެންސް ރިޕޯޓަކާއި ސީން އޮފް ކްރައިމްގެ އޮފިސަރުންގެ ރިޕޯޓާއި ވީޑިއޯ ސިއްރު ކުރުމަށެވެ.

އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ ދައުވާ އިބްތިދާއީ އަޑުއެހުންތައް ނިންމާލުމުން، ދެން އޮންނާނީ އެ މައްސަލައިގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ބޭއްވުމެވެ. އެ ޝަރީއަތްތައް ކުރިއަށް ގެންދާނީ އެ ދައުވާ ލިބޭ ހަ ބޭފުޅަކު، އެއް އަޑުއެހުމަކަށް ހާޒިރުކޮށްގެންނެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ ލިބޭ ބޭފުޅުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ދިއްގަރު ދާޢިރާގެ މެމްބަރު ފާރިސް މައުމޫނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.

އެ ހަ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގާނީ އެއް އަޑުއެހުމަކަށް ހާޒިރުކޮށްގެންނެވެ. އަޑު ފެތުރިފައިވާ ގޮތުގައި އެ ޝަރީއަތް ކުރިއަށް ގެންދާނީ ދަރުބާރުގޭގައެވެ.

ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އަލީ ހަމީދުގެ ދިފާއީ ވަކީލުން ހުށަހެޅުއްވި ކަންކަން ގާޒީ ބަލައިގެންފައެއް ނުވެއެވެ.

އެގޮތުން ދިފާއީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަނީ ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމެއްގެ ސައްހަކަމާމެދު ބަހުސް ކުރެވޭ ގޮތަށް ކްރިމިނަލް ކޯޓުގައި އެ ޝަރިއަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުން ބުނީ އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ނޫން ކަމަށެވެ. ދައުވާ އުފުލީ އެ އަމުރު ނެރުމުގައި އަލީ ހަމީދު ނުބައި ނިޔަތެއް އޮތުމުން ކަމަށާއި ޝަރީއަތުގެ މަރުހަލާގައި އަލީ ހަމީދުގެ ގެންގުޅުއްވި ނިޔަތް ސާފުކޮށްދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ނުބައި ނިޔަތެއް އޮވެގެން، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކޮށް، ރައްޔިތުންގެ ސަލާމަތަށް ނުރައްކާ ކުރުވަފާނެ ހާލަތެއް މެދުވެރި ކުރުވަން 2013 ވަނަ އަހަރުން ފެށިގެން އަލީ ހަމީދު މަސައްކަތް ކުރެއްވި ކަމަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވާތީ، ގާޒީ ހައިލަމް ވަނީ އެކަމާ ސުވާލު އުފައްދަވާފައެވެ. އެކަމާ ގުޅޭ ގޮތުން ގާޒީ ހައިލަމް ވަނީ ދައުލަތާ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ.

އަލީ ހަމީދާއި އޭނާގެ ބައިވެރިން 1 ފެބްރުއަރީގެ އަމުރު ނެރެން ޕްލޭން ކުރީ 2013 ވަނަ އަހަރުން ފެށިގެންތޯ ގާޒީ ސުވާލު ކުރެއްވިއެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ ޝަރީއަތުގެ މަރުހަލާގައި އެކަމުގެ ތަފްސީލަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް