Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑެނީ އަލްވޭސް

ޗެމްޕިއަންކަން ލިބުމުން އުފަލެއްވެސް ނުވި: އަލްވޭސް

އަލްވޭސްގެ ކަނާތު ފައިގެ ކަކުލު ހުޅަށް ވަނީ އަނިޔާވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 13 މެއި 2018 | އާދީއްތަ 18:04
ބްރެޒިލްގެ ގައުމީ ޓީމުގެ ޖާޒީގައި އަލްވޭސް

ބްރެޒިލްގެ ގައުމީ ޓީމުގެ ޖާޒީގައި އަލްވޭސް | ގެޓީ އިމޭޖަސް

ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ލިބުނު ނަމަވެސް އެވަގުތު އެއްވެސް ވަރަކަށް އުފާނުވި ކަމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފިއެވެ.

އަލްވޭސް މިހެން ބުނެފައިވާއިރު އޭނާއަށް ފްރެންޗް ކަޕްގެ ފައިނަލުގައި ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލެސް ހެބިއާސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ, ވޯލްޑް ކަޕް ވެސް ވަނީ ގެއްލިފައެވެ. އެ މެޗުގައި އޭނާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ކަނާތު ކަކުލުގެ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އެ މެޗުގެ 86 ވަނަ މިނެޓުގައި ދަނޑުން ބޭލިއެވެ.

ޕީއެސްޖީއިން އުއްމީދުކުރި ގޮތުގައި އޭނާއަށް ވޯލްޑް ކަޕް ނުގެއްލޭނެއެވެ. އެގޮތުން ފުރަތަމަ ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި އަލްވޭސް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނީ ތިން ހަފްތާގެ މުއްދަތަކަށެވެ. އެހެން ނަމަވެސް ފަހުން ހެދި ޓެސްޓްތަކަށް ފަހު އޭނާ ސާޖަރީއެއް ފުރިހަމަ ކުރަންޖެހޭކަން ކަށަވަރުވުމާއެކު އޭނާ ހަ މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަން ކަށަވަރު ވެގެންދިޔައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އަލްވޭސް ބުނީ ކަކުލަށް ތަދުވި ވަގުތުވެސް އޭނާއަށް ވޯލްޑް ކަޕް ގެއްލޭނެކަން އެނގިގެންދިޔަ ކަމަށާއި އެވަގުތު ކުރެވުނު އިހުސާސްތައް ކިޔައިދޭންވެސް ނޭނގޭ ކަމަށެވެ. އޭނާ ބުނީ ޗޭންޖިންގ ރޫމްގައި ޑޮކްޓަރުން އޭނާ ގާތުގައި ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ވަގުތު އެނގޭނީ ހަދާ ޓެސްޓްތަކަށްފަހު ކަމަށް ބުނިކަމަށާއި އެހެން ނަމަވެސް އޭރުވެސް ސީޒަން ނިމުނު ކަން އެނގުނު ކަމަށެވެ.

ތަށި ކާމިޔާބުކުރުމަށްފަހު ހުރިހާ ކުޅުންތެރިންވެސް އުފާ ފާޅުކުރުމަށް ޗޭންޖިންގ ރޫމަށް ދިޔަ ވަގުތު އޭނާ އެއްވެސް ވަރަކަށް އުފާ ފާޅުނުކުރާ ކަމަށާއި އެކަމާއި ކުޅުންތެރިން ސުވާލު ކުރިކަމަށްވެސް އަލްވޭސް ބުނެފައިވެއެވެ. ކުޅުންތެރިންނާއެކު އެވަގުތު މަޖާ ކުރުމަށް މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް އެކަން ކުރުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށް ކަމަށް އަލްވޭސް ބުނެފައިވެއެވެ. އަލްވޭސް ބުނީ ވޯލްޑް ކަޕަށް ނުދެވުނު ނަމަވެސް އޭނާގެ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި ކެރިއަރުގައި ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

ވޯލްޑް ކަޕަށްދާ ބްރެޒިލްގެ ޓީމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އަލްވޭސް ބުނީ މިވަގުތު އޮތް ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި މިވަގުތު ހުރި ކޯޗަކީ ތަށްޓާއި ހަމަޔަށް ޓީމް ގެންގޮސްދޭނެ ކޯޗެއް ކަމަށެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި އަލްވޭސް ނުފެންނާނެކަން ކަށަވަރުކޮށްދީފައެވެ. އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ ގައުމީ ޓީމުގެ ޓެކްނިކަލް ޓީމުން އެދެނީ ވީހާވެސް އަވަހަށް އޭނާ އަނިޔާއިން ރަނގަޅުވެ ޓީމާއި އަލުން އެނބުރި ގުޅުން ކަމަށާއި އޭނާގެ ލީޑާޝިޕާއި މަސައްކަތް ޓީމަށް ބޭނުންވާ ކަމަށެވެ.

އަލްވޭސް ވަނީ އޭނާގެ ކެރިއަރުގައި ބްރެޒިލްގެ ގައުމީ ޓީމަށް 2006 ވަނަ އަހަރުން ފެށިގެން 106 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިދީފައެވެ. 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބްރެޒިލް ކުޅުނު ވޯލްޑް ކަޕްގައި އަލްވޭސް ރަނގަޅު ކުޅުމެއް ދެއްކިއިރު އޭނާގެ ބަދަލުގައި މިފަހަރު ސްކޮޑަށް ނަގާނެ ކަމަށް ބެލެވެނީ މެންޗެސްޓާ ސިޓީގެ ޑެނީލޯ ނުވަތަ މޮނާކޯއަށް ކުޅެމުން އަންނަ ފަބީނިއޯއެވެ.

ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް މިފަހަރު ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު