Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާ އާއްމު އިންތިޚާބު

މެލޭޝިއާގެ އިންތިޚާބުން ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު ނަތީޖާ ގަބޫލުފުޅު ކުރައްވައިފި

10 މެއި 2018 | ބުރާސްފަތި 06:08

އިދިކޮޅު ކޯލިޝަނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށްވުރެ ގިނަ ގޮނޑި ވަނީ ކާމިޔާބުކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 10 މެއި 2018 | ބުރާސްފަތި 06:08
އިންތިޚާބުން ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު

އިންތިޚާބުން ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު

މެލޭޝިއާގެ އިދިކޮޅު ކޯލިޝަން (ޕަކަޓަން ހަރަޕަން) ބުދަ ދުވަހު ބޭއްވުނު އެގަައުމުގެ އިންތިޚާބު ކާމިޔާބު ކޮށްފައިވާއިރު، ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު ނަތީޖާ ގަބޫލުފުޅު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ދެއްވި ތަގުރީރެއްގައި ބޮޑުވަޒީރު ރައްޒާގު ވަނީ ބަލިގަބޫލުކުރެއްވުމުގެ އިތުރަށް އިންތިޚާބުގައި އޮޅުވާލުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މެލޭޝިއާގައި ދިގު މުއްދަތަކަށް ބަރިސަން ނޭޝަނަލްގެ ވެރިއެއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރެއްވި، މަހާތީރު މުހައްމަދު އިދިކޮޅު ލީޑަރަކަށް ހުންނަވައި އޭނާގެ އައު ކޯލިޝަން (އިދިކޮޅު ކޯލިޝަން) ޕަކަޓަން ހަރަޕަންއިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ނަގާފައެވެ.

ބޮޑުވަޒީރު ނަޖީބު ބުރާސްފަތި ދުވަހު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ސިމްޕަލް މެޖޯރިޓީ ލިބިފައިނުވުމުގެ ސަބަބުން ގައުމުގެ ރަސްގެފާނަށް އާ ބޮޑުވަޒީރަކީ ކޮންބޭފުޅެއްކަން ކަނޑަނޭޅުއްވޭނެ ކަަމަށެވެ. ނަޖީބު އިތުރަށް ވިދާޅުވީ ގައުމަށް ބަދަލުއަންނާނެ ކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށާއި ކަންކަން ރަނގަޅަށް ގެންދަން އެއްބަސްވުމަކަށް އަންނަން ތައްޔާރު ކަމަށެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ލީޑަރުކަމުގެ ހުވާ މަހާތީރު މުހަންމަދު ކުރައްވަން ހަމަޖެހިފައިވާއިރު މަހާތީރުގެ އުމުރުފުޅަކީ 92 އަހަރެވެ.

ބަރިސާން ނެޝަނަލް އާއި، އެކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ)ގެ މަޤްބޫލުކަން ފާއިތުވި އަހަރުތަކުގައި ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައި ވަނީ ކުޑަވެފައެވެ. މިހާރުގެ އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދަކީ އަމްނޯގެ ކުރީގެ ލީޑަރެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު އެމަނިކުފާނު އަމްނޯ ދޫކުރައްވައި، ބޮޑުވަޒީރު ނަޖީބު ރައްޒާގައި ދެކޮޅަށް ތެދުވެވަޑައިގަތީ ސަރުކާރާއި ބޮޑުވަޒީރު އިންތިހާއަށް ކޮރަޕްޓްވެފައިވާ ކަމަށް ތުހުމަތު ކުރައްވައެވެ. ކުރިން ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު މަގާމުން ވަކިވެވަޑައިގެން ހުންނެވި އުމުރުފުޅުން މިހާރު 92 އަހަރުވެފައިވާ މަހާތީރު އަނެއްކާ ވެސް ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން، އަނެއްކާވެސް ބޮޑު ތާޢީދެއް ހޯއްދެވިއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް