Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމްގެ ދައުވާ

ޓެރަރިޒަމްގެ ދައުވާ ވަނީ ހަގީގީ ޓެރަރިސްޓުންނަށް ނިވާފަތްގަނޑަކަށްވެފަ: ރޮޒޭނާ

9 މެއި 2018 | ބުދަ 23:40

ރައީސް ޔާމީނާއި ހިޔާލު ތަފާތުވާ ކޮންމެ މީހަކަށް ދަނީ ޓެރަރިޒަމްގެ ދައުވާ އުފުލަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 9 މެއި 2018 | ބުދަ 23:40
ރައްޔިތުންގެ މަޖލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދާމް

ރައްޔިތުންގެ މަޖލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދާމް

ހަގީގީ ޓެރަރިސްޓުންނަން ފިލައިގެން އުޅުމުގެ ނިވާފަތްގަނޑަކަށް ވެފައި ވަނީ ޓެރަރިޒަމްގެ ދައުވާ ކަމަށް ރައްޔިތުންގެ މަޖލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދާމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ އާދަމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި ޓެރަރިސްޓެއް ކަމަށް ހުކުމްކުރަނީ ބޮޑެތި ކުށްވެރިންނަށް ކަމަށެވެ. އެހެންނަމަވެސް މިއަދު ރާއްޖެއަށް ބަލާލާނަމަ ފެނިގެންދަނީ ރައީސް އަބްދުﷲ ޔާމީނާ ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، އެމަނިކުފާނުގެ ސިޔާސަތު ތަކާއި ނުރުހޭ ކޮންމެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ މަންޒަރުކަމަށެވެ.

Advertisement - newsAdvertisement

ސިޔާސީ ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި އެކި އެކި ބޭފުޅުންނަން ޓެރަރިޒަމްގެ ދައުވާ އުފުލައި، ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އެކަމުގެ ނަތީޖާ އަކީ ހަގީގީ ޓެރަރިސްޓުންނަން ފިލައިގެން އުޅުމުގެ ނިވާފަތް ގަނޑަކަށް ޓެރަރިޒަމްގެ ދައުވާ ވުން ކަމަށެވެ. މިއަދު ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ރާއްޖޭގައި ޓެރަރިޒަމްގެ ކުށް ސާބިތުވެފައި މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ނުބަލާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހެއްގެ މައުލޫމާތު އެކި އެކި ގައުމުތަކުން ސާފުކުރާއިރު އެންމެ ފުރަތަމަ ބަލަނީ އެ ބޭފުޅަކީ ސިޔާސީ ބޭފުޅެއްތޯ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ގުޅޭގޮތުން މިހާތަނަން މަޝްވަރާ ކުރި އެކި އެކި ވަފުދުތަކާއި މަދަނީ ޖަމިއްޔާތަކުން ވެސް އެވާހަކަ ބުނެފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މެމްބަރު އިލްހާމް އަހްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން އޭނާ އެދުނު އެއްވެސް ކަމެއް ކޮށްދެއްވެން ނެތް ކަމަށް ނިންމައި، ޝަރީއަތް ފަށަން ނިންމާފައިވާތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް