Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯ އިން މުއްދަތު ހަމަވެފައިހުރި ބިހެއް ނުވިއްކާނެ!

8 މެއި 2018 | އަންގާރަ 13:49

ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ، ފިނި ނުކޮށް، އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތައް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މެއި 2018 | އަންގާރަ 13:49
މާލޭގެ ބާޒާރުން ބިސް ކޭހެއް ގަނެގެން ބޯޓަކަށް އަރުވަނީ

މާލޭގެ ބާޒާރުން ބިސް ކޭހެއް ގަނެގެން ބޯޓަކަށް އަރުވަނީ

އެސްޓީއޯ އިން މުއްދަތު ހަމަވެފައިހުރި ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިހުރި ބިސް ނުވިއްކާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގައި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ފިޔާ، ބިސް، އަދި އަލުވި ފޯރުކޮށްދިނުމަށްޓަކައި އެތަކެތި ރާއްޖެ އެތެރެކޮށް އެސްޓީއޯ ވިއްކަމުންދާ ކަމަށެވެ. މިގޮތުން އެސްޓީއޯ އިން މިއަހަރު ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބިހަކީ މިނިސްޓްރީ އޮފް ހެލްތު އިން 2017 ވަނަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު އާއްމުކޮށްފައިވާ އިއުލާނަށް ފެތޭ ގޮތައް އެތެރެ ކުރެވިފައިވާ ބިސް ކަމަށް މި އިއުލާނުގައިވެއެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ، ފިނި ނުކޮށް، އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަކަށެވެ. އެސްޓީއޯ އިން ބުނެފައިވަނީ އެ 28 ދުވަހުގެ ތެރެއިން ބިސް އެތެރެކޮށް ގުދަންކުރުމަށް 7 ދުވަސް ނަގާނެ ކަމަށާއި ބާކީ އޮންނަ 21 ދުވަހަކީ ބިސް ވިއްކުމަށް ބަހައްޓަން ލިބޭ ދުވަސްތައް ކަމަށެވެ.

އެސްޓީއޯ އިން އެތެރެކުރާ އެންމެހާ ކާބޯތަކެތި ގެނެވެނީ މިނިސްޓްރީ އޮފް ހެލްތާއި އެމް.އެފް.ޑީ.އޭ ގެ ޤަވާއިދުތަކުގެ ދަށުން ކަމަށާއި މުއްދަތު ހަމަވާން ކައިރިވެފައިހުރި ނުވަތަ މުއްދަތު ހަމަވެފައި ހުރި ތަކެތި އެސްޓީއޯ އިން އެތެރެ ކޮށް ނުވިއްކާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެކުންފުނިން ނެރުނު ބަޔާނުގައިވެއެވެ.

އެސްޓީއޯ އިން އިއުލާން ނެރެފައި މިވަނީ އެސްޓީއޯ އިން ވިއްކަމުންދާ ބިހަކީ މުއްދަތު ހަމަވެފައިހުރި ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިހުރި ބިސް ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ތަފާތު ވާހަކަތައް އާއްމު ވެފައިވާ ދަނޑިވަޅެއްގައެވެ.

އެސްޓީއޯ އިން ބުނީ މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުން ދާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖުލައި 2017

ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

31 ޖުލައި 2017
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
16 ޖޫން 2017

ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި

16 ޖޫން 2017
ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
28 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި
29 އެޕްރީލު 2017

ގެޓްސެޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

29 އެޕްރީލު 2017
ގެޓްސެޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
12 އެޕްރީލު 2017

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2017
ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
10 އެޕްރީލު 2017

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

10 އެޕްރީލު 2017
ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް