Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮސެކިއުޓާ ޖެނެރަލް

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

7 މެއި 2018 | ހޯމަ 12:53

ރެކޯޑިން އިއްވީ ދައުލަތުން ބުނި އެއްޗެއް ސާފު ނުވެގެން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 މެއި 2018 | ހޯމަ 12:53
ޕީޖީ އޮފީހުގެ ވަކީލަކު ކޯޓުން ނުކުމެވަޑައިގަންނަވަނީ

ޕީޖީ އޮފީހުގެ ވަކީލަކު ކޯޓުން ނުކުމެވަޑައިގަންނަވަނީ

ގަވަމެންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލުމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުމުގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފި އެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ ޝަރީއަތުގައި ދެ ފަރާތަށް ފުރުސަތު ދީފައި ވަނީ ހުލާސާ ބަޔާން ހުށަހެޅުމަށެވެ. ހުލާސާ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލުން ކޯޓުގައި ނުބުނާ ވާހަކަތަކެއް، ދިފާއީ ވަކީލުން ފާހަގަ ކުރެއްވުމާ ގުޅިގެން އެކަން ސާފު ކުރުމަށް، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ވަކީލުން ދެއްކި ވާހަކަތަކުގެ ރެކޯޑިން ޝަރީއަތަށް އިއްވަވާފައެވެ.

Advertisement - newsAdvertisement

ރެކޯޑިން އިއްވަވަން ޖެހުނީ އުއްތަމަފަނޑިޔާރުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ފާހަގަ ކުރެއްވި ނުކުތާއަކާ ގުޅިގެންނެވެ. ހިސާން ވިދާޅުވީ ހުލާސާ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި ހުލާސާ ބަޔާން އިއްވައި ނިމުނީ ކަމަށް ވިދާޅުވެ، އިތުރު ވާހަކަތަކެއް ދައުލަތުގެ ވަކީލާ ދައްކަމުންގެންދާ ކަމަށެވެ.

އެކަމާ ގުޅިގެން އެ މައްސަލާގައި ދައުލަތް ތަމްސީލު ކުރައްވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ ޝަމްރާ ޝަމީމް ވަނީ ހިސާނަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ހިސާންއާ ދިމާލަށް ބަލަހައްޓަވައިގެން ހުންނަވައި، ޝަމްރާ ވިދާޅުވީ ހިސާން ހައްދަވަނީ އިތުރުފުޅު ކަމަށާއި ރެކޯޑިން އަޑުއައްސަވައި އޭނާއަށް ކުރިން ދެއްކެވިފައި ހުރި ވާހަކަތައް އޮޅުން ފިލުވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހިސާން ވެސް އެގޮތަށް އެދިވަޑައިގެންނެވުމުން ގާޒީ ވަނީ އިދާރީ މުވައްޒަފުން މެދުވެރިކޮށް، ޝަރީއަތް އަޑުއަހަން ވަދެ ތިބި މީހުންނަށް ވެސް އަޑުއިވޭ ގޮތަށް ވަކީލުން ޝަރީއަތުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިން އިއްވަވާފައެވެ.

ރެކޯޑިން އިއްވުމުން، އެނގުނު ގޮތުގައި ހިސާން ވިދާޅުވި ގޮތަށް، ޝަމްރާ ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ ޝަމްރާ އެގޮތަށް ވާހަކަފުޅު ދައްކަވާފައި ނުވާ ކަމަށާއި އެހެންކަމުން ހުލާސާ ބަޔާން ހުށަހަޅަން އިތުރު ފުރުސަތު ދައުލަތަށް ލިބޭނެ ކަމަށެވެ.

ގާޒީ އިޒުނަ ނުދެއްވަނީސް ގޮނޑިން ތެދުވެވަޑައިގެން ޝަމްރާ ވިދާޅުވީ ދިފާއީ ވަކީލުން މަސައްކަތް ކުރައްވަނީ ޝަރީއަތުގައި ހިނގާކަންކަން އޮޅުވާލުމަށް ކަމަށެވެ. ޝަމްރާ އެގޮތަށް ވާހަަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، ގާޒީ ވިދާޅުވީ ރައްދު ދެއްވުމުގެ ގޮތުން ވާހަކަފުޅު ނުދެއްކެވުމަށާއި އެކަމުގައި ގާޒީ ހައްލެއް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ.

ޝަމްރާގެ ވާހަކައިގެ ރާގު ހުރިގޮތާ ގުޅޭ ގޮތުން އުއްތަމަފަނޑިޔާރުގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޝަމްރާ ވާހަކަފުޅު ދައްކަވަނީ ރުޅި އިސްކުރައްވައިގެން ކަމަށާއި އެފަދަ ކަންކަން ޝަރީއަތުގައި ހިނގަމުންދާއިރު، ގާޒީ އެފަދަ ކަންކަމަށް ސަމާލުވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ޝަރީއަތުގައި ހިސާން ކަންބޮޑުވުންފާޅު ކުރެއްވީ ހުލާސާ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި ހެކިންގެ ހެކިބަހާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި އެންސީއައިޓީގެ ސިއްރު ތިން ސިޓީ އަކާއި ފުލުހުންގެ ސިއްރު ސިޓީއަކާ ގުޅޭ ވާހަކަތަކެއް ދައްކަވަން ފެއްޓެވުމުންނެވެ. ނަމަވެސް އެ ލިޔުންތަކުގެ ވާހަކަތައް ދައުލަތުން ޝަރީއަތުގައި ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

ހުލާސާ ބަޔާން ހުށަހަޅަން ދިން ފުރުސަތުގައި އުއްތަމަފަނޑިޔާރު ވެސް ވަނީ އެމަނިކުފާނުގެ އުދާސްތައް ބަންޑުން ކޮށްލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަށް ވަޑައިގަތީ ވަގަށް ނޫން ކަމަށާއި އެމަނިކުފާނު ކުށްވެރިއަކަށް ނުހެދޭނެ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ހިންގުމަކީ ވަރަށް ނުރައްކާތެރި ހުޟޫރަތްތެރި ކަމެއް ކަމަށާއި ބާރުތައް ވަކިވެފައިވާ ނިޒާމުގައި އަމަލު ކުރަންޖެހޭ އުސޫލާ ހިލާފަށް ދައުލަތުގެ ނަމުގައި ޕްރޮސެކިއުޓާ ޖެނަރަލް އަމަލު ކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ވަރަށް ނުތަނަވަސްވެވަޑައިގެން ހުންނަވައި އުއްތަމަ ފަނޑިޔާރު ވިދާޅުވި "ސ. މީދޫ، އަލިވާގޭ، އަބްދުﷲ ސައީދު" ކުރެއްވި ކުށެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ދުސްތޫރީ އިމުގެ ތެރެއިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓުގެ އެންމެ މަތީ ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. ސުޕްރީމް ކޯޓުގެ ޕްރޮސީޖަރަލް ކަމެއް އަދި ސުލޫކީ ކަމެއް ހިނގިޔަސް، އެކަން ބަލާނީ ސުޕްރީމް ކޯޓުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެމަނިކުފާނު އިޝާރާތް ކުރެއްވި ގޮތުގައި ދައުލަތުގެ ނަމުގައި ޕީޖީއަށް އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރެވޭނެ އެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ ޕީޖީއަކީ މާ ކުޑަކުޑަ ބައެއް ކަމަށް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 ޖުލައި 2017

ގޮނޑި ގެއްލުނު ހަތަރު މެމްބަރުންގެ ބަހުގެ ހަމަލާ އީސީ އަށް!

19 ޖުލައި 2017
ގޮނޑި ގެއްލުނު ހަތަރު މެމްބަރުންގެ ބަހުގެ ހަމަލާ އީސީ އަށް!
16 ޖުލައި 2017

އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ

16 ޖުލައި 2017
އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ
15 ޖުލައި 2017

ޕީޕީއެމްގެ ބައެއް އިސްވެރިންގެ ބަހުގެ ހަމަލާތަކެއް ރެޑްވޭވް ސަލީމަށް!

15 ޖުލައި 2017
ޕީޕީއެމްގެ ބައެއް އިސްވެރިންގެ ބަހުގެ ހަމަލާތަކެއް ރެޑްވޭވް ސަލީމަށް!
16 ޖޫން 2017

ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އޭޑީކޭ ނާޝިދުގެ ބަހުގެ ހޫނު ހަމަލާތަކެއް!

16 ޖޫން 2017
ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އޭޑީކޭ ނާޝިދުގެ ބަހުގެ ހޫނު ހަމަލާތަކެއް!
22 މެއި 2017

ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

22 މެއި 2017
ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު
15 އެޕްރީލު 2017

ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!

15 އެޕްރީލު 2017
ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!
17 މާރިޗު 2017

ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް

17 މާރިޗު 2017
ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް