Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ގޯތިގެދޮރުގެ ވާހަކައިގެ ތެރެއިން

މީގެ 100 އަހަރުކުރިން ރާއްޖޭގައި ހުރި ގެތަކުގެ އަދަދު 14000 ހަމަނުވޭ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 9 ޖުލައި 2022 | ހޮނިހިރު 05:10
މާލޭގެ ޗާޓު 1920 - 1990

މާލޭގެ ޗާޓު 1920 - 1990

މީގެ 100 އަހަރުކުރިން ރާއްޖޭގައި ހުރި ގެތަކުގެ އަދަދު 14000 ހަމަނުވެއެވެ. އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެ ރާއްޖޭގެ ވެރިރަށް ފުރަމާލެއާއި ރާއްޖޭގެ ރަށްރަށުގެ ބައެއް ގޯތިތަކުގެ ފަތް ހުރިކަން ފާހަގަކުރެވެއެވެ. އަދި ވާރު ނެގުމުގެ ބޭނުމަށް ގޯތިގެދޮރުގެ ހިސާބުކިތާބު މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެވެސް ބަލާފައިވެއެވެ. ބިންތައް 3 ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ ވަޤުފުބިން، އަމިއްލަ ބިން، އަދި ބަންޑާރަ ބިމެވެ. އާންމު ގޮތެއްގައި އަމިއްލަ މީސްމީހުންގެ އަތުގައި ކުރީ ޒަމާނުގަައި ހުރީ އަމިއްލަ ގޯތީގެ ފަތެވެ.

ވެރިރަށް ފުރަމާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި، ވަޤުފު ބިންތަކާއި ތަންތަނުގެ މަޢުލޫމާތު، މަރުކަޒީ ނިޒާމުން ވެރިރަށް ފުރަމާލޭގައި ދައުލަތުގެ ފަރާތުން ބަލަހައްޓާފައިވެއެވެ. އެހެން ބިންތަކާއި ގޯތިގެދޮރުގެ މަޢުލޫމާތު ބަލަހައްޓާފައި ވަނީ ލާމަރުކަޒީ ނިޒާމުންނެވެ. މީގެ 111 އަހަރު ކުރިން 1911ގައި ރާއްޖޭގައި ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުގައި ހުރީ 13,781 (ތޭރަހާސް ހަތްސަތޭކަ އަށްޑިހައެކެއް)ގައި ކަން ފާހަގަކޮށްފައިވެއެވެ. އޭރު 1911ގެ ރާއްޖޭގެ އާބާދީއަކީ 72,237 (ހަތްދިހަދެހާސް، ދުއިސައްތަ ތިރީސްހަތެއް) މީހުންނެވެ.

ވެރިރަށް ފުރަމާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ރަޖިސްޓްރީ ނުކުރާ ގެއެއް ނެތި، ހުރިހާ ގެއެއްގެ ރަޖިސްޓްރީ ހަދަން ފެށުނީ މީގެ ފަސްދޮޅަހަކަށް އަހަރުކުރިން 1 ޖަނަވަރީ 1959ގަައެވެ. އެއީ ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައެވެ. (އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަމުގަައެވެ) ހުރިހާ ރަށެއްގައި އިދާރާތައް ޤާއިމު ކުރެވުނީވެސް، އަދި ވިހާމަރުވާއާއި އަދި މިނޫންވެސް އިދާރީ ހިސާބުކިތާބު ދުވަހުން ދުވަހަށް ލިޔެ ބަލަހައްޓަން ފެށުނީވެސް 1 ޖަނަވަރީ 1959ގައެވެ.

1911 (މީގެ 111 އަހަރުކުރިން) ރާއްޖޭގެ އެންމެ މީހުންގިނަ ރަށްރަށް ތިރީގައި މިވަނީއެވެ.

ފުރަމާލެ - 5236

މާލެ އާބާދުވެ އާބާދީ އިތުރުވެފައި މިވަނީ އެކިއެކި ރަށްރަށުގެ ނަސްލުތަކުންނެވެ. އަދި މި 50 އަހަރުގެ ތެރޭގައި 50 އިންސައްތަ މާލޭގެ އާބާދީއަކީ އެކިއެކި ރަށްރަށުން މާލެއައިސް ވަޒަންވެރިވި މީހުންނެވެ. ވެރިރަށަކީ އަބަދުވެސް ގައުމުގެ އެންމެންނާ ގުޅިފައިވާ، އެންމެންވެސް އައިސްގޮސްވުން ހިމެނިފައިވާ ރަށެކެވެ.

މީގެ 90 އަހަރުކުރިން ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ން ފެށިގެން، ރައްޔިތުންނަކީ ވެރިންގެ އަޅުންނެއް ނޫނެވެ.

ގޯތި ގެދޮރު

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2024

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!
19 ޑިސެމްބަރު 2024

ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ

19 ޑިސެމްބަރު 2024
ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ
19 ޑިސެމްބަރު 2024

ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރު ދީފި

19 ޑިސެމްބަރު 2024
ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރު ދީފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
31 އޮކްޓޯބަރު 2024

ބަންޑާރަ ނައިބު ވާނުވާގައި ހުއްޓާ ހިކިފަސް ތަނުން ލިބުނު ގޯތި އެ ވެއްޓުނީ ފުން ވިލުގެ ތެރެއަށް!

31 އޮކްޓޯބަރު 2024
ބަންޑާރަ ނައިބު ވާނުވާގައި ހުއްޓާ ހިކިފަސް ތަނުން ލިބުނު ގޯތި އެ ވެއްޓުނީ ފުން ވިލުގެ ތެރެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު