ކ. މާލެ
|
6 މެއި 2018 | އާދީއްތަ 22:39
ޕާކިސްތާނުގެ ދާޚިލީ ވަޒީރު އަހްސަން އިގްބާލް
ޕާކިސްތާނުގެ ދާޚިލީ ވަޒީރު އަހްސަން އިގްބާލް
ވިކިޕީޑިއާ
ޕާކިސްތާނުގެ ހަމަނުޖެހުން
ޕާކިސްތާނުގެ ދާޚިލީ ވަޒީރަށް ބަޑިން ހަމަލާދީ ޒަޚަމް ކޮށްލައިފި
 
ހަމަލާދިން މިހާ ވަނީ އަތުލައިގަނެފައި

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އަހްސަން އިގްބާލަށް ބަޑިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ހަމަލާ ދިން އިރު އެމަނިކުފާނު ގެންދަވަނީ ގާނޫނު ހަދާ މަޖިލީހުގައި އެމަނިކުފާނު ތަމްސީލް ކުރައްވާ ދާއިރާ ކަމަށްވާ ނަރޮވާލް އަށް ޒިޔާރަތް ކުރައްވަމުންނެވެ.

މިނިސްޓަރ އިގްބާލަށް ހަމަލާ ދިނީ ޕަންޖާބް ސިޓީ ގައި އޮތް އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން އުޅުއްވަނި ކޮށްނެވެ.

އެމަނިކުފާނުގެ ހަށިކޮޅަށް އެރީ އެއް ވަޒަނެވެ. ވަޒަން އަމާޒުވީ އަތްޕުޅަށް ކަމަށްވެސް އޮފިޝަލުން ވިދާޅުވެފައިވެއެވެ.

ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވާ ގޮތުގައި މިއީ އެމަނިކުފާނު އަވަހަރާ ކޮށްލުމަށް ދެވުނު ހަމަލާ އެކެވެ.

ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށާއި، ހަމަލާ އާ ގުޅިގެން އެމަނިކުފާނުވަނީ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިނިސްޓަރ އިގްބާލަށް ހަމަލާދިން މިހާ މިހާރުވަނީ ހައްޔަރު ކޮށްފައެވެ.

ޕާކިސްތާނުން ގެންދަނީ ޖުލައި 15 ގައި އޮންނަ އާއްމު އިންތިޚާބަށް ތައްޔާރު ވަމުންނެވެ.

އިގްބާލަކީ ނަވާޒް ޝަރީފްގެ ޕާކިސްތާނު މުސްލިމް ލީގުގެ އިސް މެމްބަރެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ހަރުކަށި އިބާރާތުން މި ހަމަލާ ކުށްވެރި ކުރައްވާފައެވެ. ޕަންޖާބުގެ ފުލުހުންނަށް ހާދިސާ އާ ގުޅޭ ރިޕޯޓެއް އެކުލަވާ ލުމަށްވެސް އެމަނިކުފާނުވަނީ އަންގަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް