Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔާޔާ ޓޫރޭ

ޕްރިމިއާ ލީގަކާއެކު ޓޫރޭ ސިޓީ ދޫކޮށްލަން ނިންމައިފި

5 މެއި 2018 | ހޮނިހިރު 12:28

ޓޫރޭ ސިޓީއާ ގުޅުނީ ސްޕެއިންގެ ބާސެލޯނާ ދޫކޮށް 24 މިލިއަން ޕައުންޑްގެ ފީއަކަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 މެއި 2018 | ހޮނިހިރު 12:28
ޔާޔާ ޓޫރޭ

ޔާޔާ ޓޫރޭ

މި ސީޒަނަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ މެންޗެސްޓާ ސިޓީ ދޫކޮށްލުމަށް އެ ޓީމަށް ކުޅެމުން އަންނަ އައިވޮރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ސިޓީ ދޫކޮށްލާނެކަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކަށަވަރުކޮށްދީފައެވެ. 2010 ވަނަ އަހަރު ޓޫރޭ ސިޓީއާ ގުޅުނީ ސްޕެއިންގެ ބާސެލޯނާ ދޫކޮށް 24 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސިޓީއާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުން އިތުރު ނުކުރުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވުމާއެކު އަންނަ ސީޒަނުގައި އޭނާ ސިޓީގެ ނޫ ޖާޒީއިން ނުފެންނާނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރޭ ސިޓީ ދޫކޮށްލާނެކަން ކަށަވަރުކޮށްދެމުން ގާޑިއޯލާ ބުނީ ޓޫރޭ ސިޓީއާ ގުޅުނީ އޭނާގެ ކެރިއަރުގައި އާ ކަމެއް ފެށުމަށް ކަމަށާއި ސިޓީ މިހާރު އޮތް ހިސާބަށް އާދެވުނީ ޓޫރޭ ކުރި ބުރަ މަސައްކަތުން ކަމަށެވެ. އޭނާ ބުނީ ސިޓީގެ ކޯޗުގެ މަގާމުގައި މެނެއުލް ޕެލްގްރިނީ އަދި ރޮބާޓޯ މަންޗިނީ ހުރި ދުވަސްވަރު އެ ޓީމަށް ލިބުނު ކާމިޔާބުގެ ފަހަތުގައި ހުރީ ޓޫރޭ ކަމަށެވެ.

ބްރައިޓަންއާ ދެކޮޅަށް ބުދަ ދުވަހު ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ވެގެންދާނީ އޭނާ ސިޓީއަށް ކުޅެދޭ އެންމެ ފަހު މެޗަށެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އެ މެޗަކީ ޓޫރޭގެ އެންމެ ފަހު މެޗަށް ވުމާއެކު އޭނާގެ ޝަރަފުގައި އެ މެޗުގައި ހާއްސަ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓޫރޭ ފަދަ ކުޅުންތެރިޔަކަށް އަލްވަދާއު ކިޔަންޖެހޭނީ އެންމެ ފުރިހަމަޔަށް އެކަން ކުރާނެ ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.

ޓޫރޭ ވަނީ އޭނާގެ ކާމިޔާބު ކެރިއަރުގައި ސިޓީއަށް ޕްރިމިއާ ލީގުގައި 229 މެޗު ކުޅެދީފައެވެ. ހަމައެހެންމެ ޗެމްޕިއަންސް ލީގާއި އެހެން މުބާރާތްތައް ހިމެނޭ ގޮތަށް އޭނާ ވަނީ ސިޓީއަށް ޖުމްލަ 315 މެޗު ކުޅެދީ 82 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު ތިން ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށް ދެ ފަހަރު ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ އެ ޓީމާއެކު އޭނާވަނީ އެފްއޭ ކަޕަކާއި ކޮމިއުނިޓީ ޝީލްޑެއް ވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް