Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ގައުމީ މަޖިލިސް

އެމްޑީޕީގެ ޕްރައިމަރީ މެއި 30 ވަނަ ދުވަހު ބާއްވަން ގާރަރެއް ފާސްކޮށްފި

3 މެއި 2018 | ބުރާސްފަތި 12:10

މި މަހުގެ 15 ވަނަ ދުވަހު ވާދަކުރައްވާ ކެނޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 3 މެއި 2018 | ބުރާސްފަތި 12:10
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 162 ވަނަ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 162 ވަނަ ބައްދަލުވުމުގެ ތެރެއިން

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 30 ވަނަ ދުވަހު ބާއްވަން އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ އާއި ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމާފައި ވަނީ ބުދަ ދުވަހުގެރޭ މާބުލް ހޮޓަލްގައި ބޭއްވި އެޕާޓީގެ 162 ވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ މީޑިއާތަކަށް ނުވަދެވޭގޮތަށް، ސިއްރު މަޖިލީހެއްގެ ގޮތުގައެވެ.

Advertisement - newsAdvertisement

ފަހުގެ ތާރީހެއްގައި މިހާތަނަން އެންމެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރި ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދުގެ ފަރާތުން ހުށައެޅި" ރިޔާސީ އިންތިހާބްގައި އެމްޑީޕީން ކަނޑައަޅާ ކެނޑިޑޭޓެއް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަރާރު" ހުށައަޅުއްވާފައި ވަނީ އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒްއެވެ. އެގަރާރު ހުށައަޅާފައި ވަނީ ވެސް އެޕާޓީގެ ގައުމީ މަޖިލީހުގެ 20 މެމްބަރުންނަން ވެރެ ގިނަ މެމްބަރުންގެ ތާއިދާއެކުގައެވެ. ގަރާރަށް ބަހުސް ކުރުމަށް ފަހު އެ ޖަލްސާއަށް ހާޒިރުވި 85 މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ވޯޓާއެކު އެމްޑީޕީގެ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށާއި، ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންނަން ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ވަނީ ފާސްކޮށްފައެއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ރައީސް ނަޝީދުގެ ގަރާރު ޝިފާޒު ގައުމީ މަޖިލީހަށް އިއްވަނީ

އެމްޑީޕީން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީން އެއްބަސްވެ އިގްރާރުވަނީ، މި ހިނގާ 2018 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި، އަދި 2018 ވަނަ އަހަރުގެ 30 މެއި ވަނަ ދުވަހުގައި ޕްރައިމަރީގައި ވޯޓަށް އެހުމަށާއި، އެ ވޯޓްއިން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަޑައެޅުމަށާއި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީއާއި، އަދި 2013 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ޕްރައިމަރީ ބެއްވުމުގައި އަމަލުކުރެވުނު ގޮތާއި، އަދި އެޕާޓީގެ ރައީސްގެ ރައީސް ކަމުގެ ޝަރުތުތައް ހަމަ ކަމަށް އެޕާޓީން ބަލައިގަނެ، ކުރިއަށް ގޮސްފައިވާ ގޮތާއި އަދި އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ އެ ޕާޓީން ކަނޑައަޅާ ހަމަތަކެއްގެ މަތީން ނިންމާ ދަފްތަރަކަށް ވުމަށާއި، އަދި އެފަދަ އެތައް އެ ބާވަތުގެ ކަންކަމާއި އެކު އެ ޕާޓީގެ ގައުމީ މަޖިލީސް އިތުރަށް އެއްބަސްވެ އިގުރާރު ވަނީ އެ ޕާޓީގެ އިންތިހާބާއިގުޅޭ ގަވައިދުގާ ހިމެނޭ އެންމެހާ ކަންކަން މާނަކޮށް ހިންގާނީ އިސްވެ ދެންނެވެނު، އިހުވެސް އެޕާޓީން އަމަލުކޮށްފައިވާ އުސޫލްތަކާއި ހަމަ ތަކުގެ މަތީންކަމަށާއި، އަދި އެއާއިކު، ގައުމީ މަޖިލީސް އެއްބަސްވެ އިގްރާރު ވަނީ ޕްރަމަރީއިން ކަނޑައެޅޭ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބުގައި ބައިވެރިނުވެވޭނެ އެއްވެސް ސަބަބެއް މެދުވެރިވެއްޖެނަމަ، ދެން އެޕާޓީން ކަންކުރާނެ ގޮތެއް ނިންމާނީ ގައުމީ މަޖިލީހުން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 162 ވަނަ ބައްދަލުވުމުގެ ތެރެއިން

މި ގަރާރަށް އެޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވާހަކަ ދެއްކެވިކަން ފާހަގަކުރެއެވެ. ގަރާރަށް ބަހުސް ކުރުމަށް ފަހު، ކުރެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ބަރީ އެ ގަރާރަށް ހުށައެޅި އިސްލާހު ފާހެއް ނުވެއެވެ. ބާރީ ހުށައެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް އިންތިހާބުގައި ބައިވެރިނުވެވޭ އެއްވެސް ސަބަބެއް މެދުވެރިވެއްޖެނަމަ، ޖުލައި މަސް ނިމުމުގެ ކުރިން އަލުން ޕްރައިމަރީއެއް ބޭއްވުމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 162 ވަނަ ބައްދަލުވުމުގެ ތެރެއިން

މިފަދަ ނިންމުމެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ނިންމިއިރު، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އެމަނިކުފާނު މިހާރު ހުންނެވި ޖަލު ޙުކުމެއްގައިކަމުން، އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު، މި ހާލަތުގައި އެމަނިކުފާނަން ލިބިއެއް ނުލައްވާނެއެވެ. ކަންމިހެން އޮތް ނަމަވެސް، ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި ދެއްވި ތަގުރީރަކަށް ފަހު ރައީސް ނަޝީދު ވަނީ، ފަހުވަގުތު އެމަނިކުފާނަށް އިތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު ބާއްވާނެ ކަމާއި، ޖޫން މަހު ކެނޑިޑަސީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަން އިލެކްޝަން ކޮމިޝަނުން އިޢުލާނު ކޮށްފައިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ރޫޙު ހުރީ ވެސް ރައީސް ޔާމީން އާއި ދެކޮޅަށް ރިޔާސީ އިންތިޚާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށެވެ. ނަމަވެސް އެފަރާތްތަކުން ވަނީ މިހާރު އޮތް އިލެކްޝަން ކޮމިޝަނާއި އެކު އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފައްދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް