Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުއްތަމަ ފަނޑިޔާރު

ޖެމްސްގެ ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި: ހެކި

އިރުޝާދު ދެއްވީ ފޯނުންނާއި ބައްދަލުކޮށްގެން: ހެކިވެރިޔާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 4 މެއި 2018 | ހުކުރު 04:18
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު

ސަރުކާރުގެ އިދާރާތަކުން ސުޕްރީމް ކޯޓަށް ފޮނުވާ ލިޔުންތައް އެ ކޯޓަށް ނުލިބޭ ގޮތަށް، ގަވަމެންޓް އީލެޓާރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި ކަމަށް ސުޕްރީމް ކޯޓުގެ އިސް މުވައްޒަފަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

ކާކުކަން ނޭނގޭ ގޮތަށް، އަޑު ބަދަލުކޮށްގެން ސުޕްރީމް ކޯޓުގެ އިސް މުވައްޒަފަކު، ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އެގޮތަށް ހެކިބަސް ދީފައި ވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަކަށް ހުރަސް އެޅި ކަމުގެ ދައުވާއާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެ ދައުވާއާ ގުޅިގެން ހެކިބަސް ދެމުން ހެކިވެރިޔާ ބުނީ ޖެމްސްގެ ހިދުމަތް މެދުކަނޑާލުމަށްފަހު، އަލުން ހިދުމަތް ދިނުމަށް ވެސް އުއްތަމަފަނޑިޔާރު އެންގެވި ކަމަށެވެ. އެ "އިންސްޓްރަކްޝަން" ދެއްވާފައި ވަނީ ފޯނުންނާއި "ފޭސް ޓު ފޭސްކޮށް" ކަމަށް ހެކިވެރިޔާ ބުންޏެވެ.

އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު އޭނާގެ ފޯނަށް ގުޅުއްވި ކަމަށާއި ޖެމްސްގެ ސާވާ ޑައުން ކުރުމަށް އެމަނިކުފާނު އެންގެވި ކަމަށެވެ. އުއްތަމަ ފަނޑިޔާރު އެންގެވި ގޮތަަށް ކަމާބެހޭ ސެކްޝަނަށް އަންގައި، މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ޖެމްސްގެ ހިދުމަތް މެދުކަނޑާލާފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ. އެގޮތަށް އަމަލު ކުރެއްވީ އުއްތަމަފަނޑިޔާރު އެންގެވުމުން ކަމަށާއި އެކަން ކުރިއިރު، އެއީ މަނާ ކަމެއްކަން ނޭނގޭ ކަމަށް ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު ސުޕްރީމް ކޯޓުގައި "ފޭސް ޓު ފޭސްކޮށް" ވާހަކަ ދައްކަވަމުން ވެސް، ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އެންގެވި އެވެ. އުއްތަމަފަނޑިޔާރު އެގޮތަށް އެންގެވިއިރު، އެ ވަގުތު އެތަނުގައި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަބްދުﷲ އަރީފުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ވެސް ހުންނެވި ކަމަށް ހެކިވެރިޔާ ބުންޏެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަކަށް ހުރަސް އެޅި ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހަތަރު މީހެއްގެ ހެކިބަސް ކޯޓުގައި ބުރާސްފަތި ދުވަހު ނަގާފައިވެއެވެ. އެގޮތުން ތިން މީހަކު ހެކިބަސް ދީފައި ވަނީ ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެންނެވެ.

ސިއްރުން ހެކި ބަސް ދިން މީހުންގެ ތެރޭގައި ޖެމްސްގެ ހިދުމަތް ކަނޑާލަން އަމަލީ ގޮތުން މަސައްކަތް ކުރި ސުޕްރީމް ކޯޓުގެ އައިޓީ ޑިޕާޓްމަންޓުގެ މުވައްޒަފަކު ވެސް ހިމެނެއެވެ. ހެކިބަސް ދެމުން އޭނާ ބުނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) މެދުވެރިކޮށް، ސުޕްރީމް ކޯޓަށް ގުޅާފައިވާ ޖެމްސްގެ ހިދުމަތް ލިބޭ ސިސްޓަމްގެ ވާގަނޑު އުފުރާލީ އޭނާ ކަމަށާއި އެގޮތަށް އަމަލު ކުރެއްވީ ސުޕްރީމް ކޯޓުގެ އިދާރީ އިސް މުވައްޒަފެއްގެ އެންގެވުމަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި ޖެމްސްގެ ހިދުމަތް މެދުކަނޑާލަން ސީދާ އުއްތަމަ ފަނޑިޔާރު އަންގަވާފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގައި އެންސީއައިޓީގެ މުވައްޒަފަކު ވެސް ސިއްރުން ހެކިބަސް ދީފައިވެއެވެ. ދައުލަތުގެ ވަކީލުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުން އެންސީއައިޓީގެ މުވައްޒަފު ބުނީ ފެބްރުއަރީ ހަތަރެއް، އަދި ފަސް ވަނަ ދުވަހު ސުޕްރީމް ކޯޓުން ޖެމްސްގެ ހިދުމަތް މެދުކެނޑުނުކަން އެނގިގެން، އެ ކޯޓުގައި އެކަމަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓަށް ގުޅައި، ވެގެން އުޅޭ ގޮތް ސާފު ކުރި ކަމަށެވެ. ޖަވާބުގައި "ޖެމްސްގެ ހިދުމަތް މެދުކެނޑުނީ ނޫން ކަމަށާއި މެދުކަނޑާލީ ކަމަށް" އެ ކޯޓުގެ ފޯކަލް ޕޮއިންޓު ބުނެފައިވާ ހެކިވެރިޔާ ބުންޏެވެ. "ވެގެން އުޅޭ ގޮތް އަންޑަސްޓޭންޑުވާނެ" ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުނި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

އުއްތަމަފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން، ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ދިފާއީ ހެކި ނެގުމެވެ. އެ މައްސަލާގައި އުއްތަމަފަނޑިޔާރުގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުންގެ ޓީމުގައި ހިސާން ހުސައިން އާއި ނޫރުއްސަލާމް އަބޫބަކުރު ހިމެނިވަޑައިގަންނަވައެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަކަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ ހުކުމް އެ މަނިކުފާނުގެ މައްޗަށް ސާބިތުވެ، ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ އެމަނިކުފާނުގެ ފަނޑިޔާރުކަން ގެއްލޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު