Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނީ ވަކީލު ހުސައިން ޝަމީމް

ދެ ފަނޑިޔާރުން ކުރެއްވި ހުކުމްތައް އަލުން ބަލަން ޖެހޭނެ: ޝަމީމު

3 މެއި 2018 | ބުރާސްފަތި 05:28

ނުފޫޒު ފޯރުވުމުގައި އިތުރު ބަޔަކު ޝާމިލުވޭތޯ ބަލަންޖެހޭ: ޝަމީމް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 މެއި 2018 | ބުރާސްފަތި 05:28
ޝަމީމް

ޝަމީމް

ހުކުމްތަކެއް ކުރެއްވީ ބައެއްގެ ނުފޫޒުން ކަމަށް ދެ ގާޒީއަކު އިއުތިރާފު ވެވަޑައިގެންފައިވާ ބަޔާންތަކެއް ލީކުވެފައި ވާތީ، އެ ގާޒީން ކުރައްވާފައިވާ ހުކުމްތައް އަލުން ބަލަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލު ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ބައެއް ނިންމުންތައް ނިންމާފައި ވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަންގަވަމުން ގެންދެވި ގޮތަށް ކަމަށް ގާޒީ އާދަމް އާރިފާއި ގާޒީ މުހައްމަދު ހަލީމް އިއުތިރާފުވެވަޑައިގެންފައިވާ ބަޔާންތަކެއް ލީކުވެފައިވަނިކޮށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ "ބޮޑުންގެ ޝަރީޝަމީމް ވިދާޅުވި ގޮތުގައި އެ ބާޔާންތަކަކީ ސައްހަ ބަޔާންތަކަކަށްވާނަމަ، އެ ބަޔާންތަކުގައިވާ ކަންތައްތައް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭނެއެވެ. އެ ބަޔާންތަކުގައި ބުނާ ގޮތުން އެބޭފުޅުން ކުރެއްވި ހުކުމްތަކަކީ އިންސާފުން ބޭރުން ކުރެއްވި ހުކުމްތަކެއް ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވާތީ އެ ހުކުމްތައް އަލުން ރިވިއު ކުރަންޖެހޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސްޕްރީމް ކޯޓުން ވެސް އެކަން ހިނގާފައިވާ ގޮތް ބަލައި އަލުން މުރާޖާ ކުރަންވާނެ ކަމަށެވެ.

"އެގޮތަށް ނިންމާފައިވާ ކަމަށް އެ ބުނާ މައްސަލަތައް އަޅުގަނޑު ދެކޭ ގޮތުގައި އަލުން ބެލެންޖެހޭނެ. ކަށަވަރުން ވެސް އިންސާފުގާއިމުވެފައި ނެތް ކަމަށް ތުހުމަތުކޮށް، ޝުބުހާ އުފެދޭ ކަހަލަ ކަންތައްތަކެއް އެހެރީ ދިމާވެފައި. ޝައްކުތައް ފިލައިގެންދާ ވަރަކަށް ފަނޑިޔާރުން އަމިއްލަފުޅަށް އެ ވާހަކަ ދައްކަވާފަ އެހެރީ،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކާ އެކަން ހިނގާފައި އޮތީ ކިހާ މިންވަރުލަށްތޯ ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން އެހެން ބަޔަކު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތަކެއް ނެރުމަށް އަންގާފައިވޭތޯ ބަލަން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އެހެން ފަނޑިޔާރުންނަށް ވެސް މިކަލަ ނުފޫޒެއް އައިސްފައި އޮއްތޯ؟ އެހެން ފަނޑިޔާރުން ވެސް އެ ނުފޫޒަށް ބޯ ލަނބަންކަމަށް ބުނެ، ކންތައްތަކެއްކޮށްފައި ހުރިތޯ؟ ނުވަތަ ނޫންތޯ ބަލަންޖެހޭ. ހަމައެކަނި ފަނޑިޔާރުން [ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން] ތޯ ނުފޫޒު ފޯރުވައިގެން އުޅެނީ. މިސާލަކަށް އެހެންތަނަކުން އެހެން މީހަކު އެބަހުރިތޯ ބޭބޭފުޅުންނަށް ގުޅާފަ ވަކިގޮތަކަށް ކަންތައްތަކެއް ކުރަން ބުނެފަ. މި މައްސަލައިގެ ތަހުގީގު ހިނގަންޖެހޭ. މި ހިސާބުން އަދި ނުއެއް ނިމޭ،" ޝަމީމް ވިދާޅުވިއެވެ.

ލީކުވެފައިވާ ބަޔާންތަކުން ހާމަވެފައިވާ ވާހަކަތަކަކީ ރާއްޖޭގެ ތާރީހުގައި ފަނޑިޔާރުންނާ ގުޅުވައިގެން މިހާތަނަށް ހިނގައިފައި ނެތް ވަރުގެ ކަމެއް ކަމަށް ޝަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަންތައްތަކާ ގުޅިގެން އެކަމުގައި ޝާމިލުވާ ދެ ފަނޑިޔާރުން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.

ލީކުވެފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފް، އެ ކޯޓުން ބައެއް އަމުރުތައް ނެރުއްވާފައި ވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަށެވެ. އެ ދެ ބޭފުޅުން އެންގެވި ގޮތަށް ހުކުމްތަކެއް ނެރެދެއްވި ކަމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ފުލުހުންގެ ތަހުގީގަށް ދެއްވާފައިވާ ބަޔާނުގައި ވެސް ވިދާޅުވެފައިވެއެވެ. ހަލީމް ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލައަކާއި "ހަވީރު" ނޫހުގެ މުވައްޒަފުންގެ މައްސަލަ އާއި ވިލާ ގްރޫޕުގެ ބައެއް މައްސަލަތައް ނިންމާފައި ވާނީ އަބްދުﷲ ސައީދާއި އަލީ ހަމީދު އެންގެވި ގޮތަށެވެ.

ލީކުވެފައިވާ ބަޔާންތަކަކީ ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ހޯދާފައިވާ ބަޔާންތަކެކެވެ. އެ ބަޔާންތައް ލީކުކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް