Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީގެ ގައުމީ ޓީމު

އިޓަލީގެ ކޯޗުގެ މަގާމަށް މަންޗިނީ ގެންނަނީ!

2 މެއި 2018 | ބުދަ 14:26

59 އަހަރުތެރޭ އެ ޓީމަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 މެއި 2018 | ބުދަ 14:26
ރޮބާޓޯ މަންޗިނީ

ރޮބާޓޯ މަންޗިނީ

އިޓަލީގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ 1958 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާއި ވިދިގެން އޭރު ކޯޗުގެ ގޮތުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ އެ މަގާމުން ވަކިކުރުމުންނެވެ. ކޮލިފައިންގެ ގްރޫޕުގެ ދެވަނަ ލިބުމާއި ވިދިގެން ކުޅުނު ޕްލޭއޮފް މެޗުތަކުގައި އިޓަލީ ވަނީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެފައެވެ. މި ނަތީޖާގެ ސަބަބުން 59 އަހަރުތެރޭ އެ ޓީމަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އައުމަށް މަންޗީނީއާއެކު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައެވެ. މަންޗީނީ އެ މަގާމަށް ގެންނަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވަނީ އޭނާއަކީ އެ ގައުމަށް ނިސްބަތްވާ މީހަކަށްވުމާއެކު އޭނާއަކީ ކާމިޔާބު ގެނެވޭނެ ކޯޗެއް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގަބޫލުކުރެވޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންޗިނީ މިހާރު ފުރަމުން އަންނަނީ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގްގެ ކޯޗުގެ ވަޒީފާއެވެ. އެ ޓީމު މިވަގުތު އޮތީ ރަޝިއަން ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައެވެ. މަންޗިނީގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ތުރުކީގެ ގަލަޓަސަރޭ އަދި އިޓަލީގެ އިންޓަ މިލާނާއި ލާޒިއޯ އަދި ފިއޮރެންޓީނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭނާ ވެގެންދިޔައީ 2012 ވަނަ އަހަރު މެންޗެސްޓާ ސިޓީއަށް އެ ޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގެއް ހޯދައިދިން ކޯޗަށެވެ.

އިޓަލީގެ ކޯޗުގެ މަގާމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން އުޅޭ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. މީގެކުރިން ވެސް ކޮންޓޭ ވަނީ އިޓަލީގެ ކޯޗުގެ މަގާމު އަދާކޮށްފައެވެ. ކޮންޓޭ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެ ޓީމު ކޮލިފައި ކޮށްދީ ރަނގަޅު ނަތީޖާތަކެއް އެ ޓީމަށް ހޯދައިދީފައެވެ. އެގޮތުން ފްރާންސްގައި ބޭއްވި ޔޫރޯގައި ކޮންޓޭ ވަނީ އެވެރެޖް ކުޅުންތެރިން ތިބި ސްކޮޑަކާއެކު އިޓަލީ ކުއާޓާ ފައިނަލަށް ގެންގޮސްދީފައެވެ.

ކޮންޓޭ އަދި މަންޗިނީގެ އިތުރުން ކާމިޔާބު ކޯޗު ކާލޯ އަންޗެލޯޓީ އަދި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ވެސް އެ މަގާމުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި 2020 ވަނަ އަހަރު އޮންނަ ޔޫރޯގެ ކޮލިފައިންގައި އެ ޓީމަށް އިރުޝާދު ދޭނީ މަންޗިނީއެވެ.

ވެންޗޫރާގެ ބަދަލުގައި އައު ކޯޗެއް އިޓަލީއިން ހޯދަމުން އަންނައިރު އެ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާލޯ ޓަވޭޗިއޯ ބުނެފައިވަނީ ދެން އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ގެންނަނީ ތަޖުރިބާކާރު އަދި ނަން މަޝްހޫރު ކޯޗެއް ކަމަށެވެ.

މަންޗިނީ އެ މަގާމާއި ހަވާލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު އޭނާގެ 17 އަހަރުގެ ކެރިއަރުގައި މަންޗިނީ ވަނީ އެކި ޓީމުތަކަށް 725 މެޗުގައި އިރުޝާދު ދީފައެވެ. އޭނާވަނީ މި ޓީމުތަކާއެކު 13 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

ޗެލްސީން އިތުރު ތިން ކުޅުންތެރިޔަކު ގެންނަނީ!

24 އޯގަސްޓު 2017
ޗެލްސީން އިތުރު ތިން ކުޅުންތެރިޔަކު ގެންނަނީ!
17 އޯގަސްޓު 2017

މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!

17 އޯގަސްޓު 2017
މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!
15 ޖުލައި 2017

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!

15 ޖުލައި 2017
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
20 މެއި 2017

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި
18 މެއި 2017

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

18 މެއި 2017
ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!
17 މެއި 2017

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

17 މެއި 2017
ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް