Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ. ޝައިނީ

ދަލު ބޭރުން ޖެހުމަކީ ޑރ. ޝައިނީގެ އާދަޔަކީތަ؟

އެމަނިކުފާނު މަސައްކަތްކުރައްވާކަމަށް ފެންނަނީ މުޅިންވެސް ސިޔާސީ ލީޑަރުންނާއި ޖަދަލު ކުރައްވަމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 2 މެއި 2018 | ބުދަ 14:11
މިނިސްޓަރު ޝައިނީ މަސްވެރިންނާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިން

މިނިސްޓަރު ޝައިނީ މަސްވެރިންނާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިން

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއަކީ މިސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރުކަމަށް ދައުވާ ކުރައްވާ ވަޒީރެކެވެ. އަމިއްލަފުޅަށް ތިމަން މަނިކުފާނަކީ އޯލް ޕާޓީ ޓޯކްސްގެ ޗެއަރކަމަށް ވިދާޅުވެ، އުޅުއްވާ ގޮތުން ހީވަނީ އެމަނިކުފާނުގެ މަޤާމު ރައްޔިތުން ހަނދާން ނެތިދާނެތީ އުޅުއްވާހެންނެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެމަނިކުފާނަށް ދެއްވި އެންމެ ފުރަތަމަ މަޤާމަކީ އެއީތޯއެވެ؟ ރައްޔިތުންގެ ފައިސާއިން އެމަނިކުފާނަށް މުސާރަ ދެނީ އޯލް ޕާޓީ ޓޯކްސްގެ ޗެއަރއަކަށްވެ، ސިޔާސީ ގޮތުން ބޭބޭފުޅުންނަށް ރައްދު ދެއްވަންތޯއެވެ؟

ޑރ. ޝައިނީ އަކީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޕޯޓްފޯލިއޯއާއި ހަވާލުވެފައިވާ ވަޒީރެވެ. އޯލްޕާޓީ ޓޯކްސްގެ ޗެއަރއަށް ވުމުގެ ކުރިން ޝައިނީއަކީ ކެބިނެޓް ވަޒީރެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވަގުތު ގިނައިން ހޭދަކުރައްވަނީ މިނިސްޓްރީގެ މަސައްކަތަށް ވުރެ ބޮޑަށް ރައީސް އޮފީހުގައި ސިޔާސީ މަސައްކަތުގައި ކަމަށް އެތަނުގައި އުޅޭ މީހުން ބުނަނީ މަދެއް ކޮށެއް ނޫނެވެ. ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ މަސައްކަތް ދަށް، އަދި ސަރުކާރަށް އެންމެ ބޮޑު 'އުނދަގުލަކަށް' ވެފައިވަނީ ފިޝަރީޒް މިނިސްޓްރީ ކަމަށް ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުން ވިދާޅުވަނީ މަދެއް ކޮށެއް ނޫނެވެ.

ރައީސް ޔާމީނާއި ފިޝަރީޒް މިނިސްޓަރ ޝައިނީ ވަނީ ދިވެހިން މަސްވެރިންނަށް އެތައް ވައުދެއްވެ، އެތައް ހުވަފެނެއް ދައްކައި، މަސްވެރިންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލުމުގެ ތުހުމަތު ކުރެވިފައެވެ. ބެޔަސް ނުބެޔަސް 10 ހާސް ރުފިޔާ މަސްވެރިންނަށް ދެއްވާނެ ކަމަށް ދެބޭފުޅުން ވިދާޅުވިއިރު، މިއަދު ދެބޭފުޅުންނަށް ވެސް އެކަމާއި ބެހޭ ގޮތުން ވިދާޅުވެވޭ ނުވެވޭ އެއްޗެއް އެނގިވަޑައެއް ނުގަނެއެވެ.

މަސްވެރިންނަށް އަޅާ ނުލައްވާތީއާއި، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރެއްވުމުގައި ޑރ. ޝައިނީ ފެއިލްވެވަޑައިގެންފައި ހުންނެވި މިންވަރު، މަސްވެރިން އެމަނިކުފާނަށް އެ ދޭ މެސެޖްތަކުން ސާފުވެއެވެ. މިދިޔަ އަހަރު ޝައިނީ އއ. ރަސްދޫއަށް ވަޑައިގަތުމުން، އެރަށުގެ މަސްވެރިޔަކު ފޯމުފުރާފުރާ ގަނޑު ހުސްވެއްޖެ ކަމަށް ޝަކުވާކުރި ވީޑިއޯ އާއްމުވެގެން ދިޔުމުން، މަސްވެރިންނާއި ވަޒީރާއި އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަވެއެވެ.

މި ސަރުކާރަކީ ރާއްޖެއިން ތެޔޮ ނަގާނެ ކަމަށް ވައުދުވެގެން އައި ސަރުކާރެކެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމުތަކުގެ މުއްސަނދިކަން ފެނި، އެފަދަ ޤައުމަކަށް ރާއްޖެ ވެދާނެކަމުގެ އުއްމީދުގައި މިސަރުކާރަށް ވޯޓު ދިން މީހުން މަދެއް ނޫނެވެ. ތެޔޮ ހޯދަން އައިކަމަށް ބުނާ ބަޔަކާއި ބޭރު ޤައުމެއްގައި ބައްދަލުކުރެއްވުމަށް ފަހު ޝައިނީ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅަކު، ހަމަ ދެންމެ ދެންމެ ރާއްޖެއިން ތެޔޮ ނަގައި، ތެޔޮ ލީޓަރެއް ރުފިޔާއަކަށް ލިބިދާނެހެން ވެސް ހީވިއެވެ. އެކަންވެސް ކުރެއްވީ އިގްތިސާދީ ވަޒީރު ހުންނެވިތާ ހުންނަވަނިކޮން އަމިލަފުޅުން ދަލުބޭރުން ޖެހިވަޑައިގެންނެވެ. ރައްޔިތުންނަށް އޮޅުވާލާ އިގްތިސާދު ކުރިއަރުވަން ރާއްޖެއިން ތެޔޮހޯދަން ގެނައި ބޯޓަކީ ދެކުނު އޭޝިޔާގެ މޫސުމާއި ބެހޭ ދިރާސާއެއް ކުރަން އައި ބޯޓެއްކަން ފަޅާއެރުމުން އެކަން ބިލާހަކަށްވެ ނިމިއްޖެއެވެ. އެވައުދުވެސް ނުފުއްދި ޝައިނީ ފެއިލްވެވަޑައިގަތީއެވެ.

މިނިސްޓަރ ޝައިނީއެވެ. މަނިކުފާނަށް ދެއްވާފައި އޮތް މެންޑޭޓަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއެވެ. އެދާއިރާ ތަރައްޤީކުރައްވާށެވެ. ދަނޑުވެރިންނާއި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވާށެވެ. ރައީސް ޔާމީން މަނިފާނަށް މަޤާމެއް ދެއްވާފައި، ދެއްވުނީ ކޮން މަޤާމެއްކަން ހަނދުމަފުޅު ނެތަސް، މަނިކުފާނު ރައީސް ޔާމީން ހިންގަވާ މަގުން ނުހިންގަވާށެވެ.

މަސްވެރިންނާއި ދަނޑުވެރިން މަތިން ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ހަނދުމަފުޅު ނެތިފައި ހުންނެވި މިންވަރު އެމަނިކުފާނުގެ ފޮޓޯތަކުން ފެނެއެވެ. މަސްވެރިޔަކާއިއެކު، ނުވަތަ ދަނޑުވެރިޔަކާއިއެކު ފޮޓޯއެއް ނަންގަވާލައްވާ ކަމަށް ނުކެރެއެވެ. ރައީސް ޔާމީންއާއި އެކު، ނުވަތަ ސަރުކާރުގެ އިސްވެރިޔަކާއިއެކު ފޮޓޯއެއް ނެންގެވުން ފިޔަވައި ދެން މުޅިންވެސް ފެންނަނީ 'ޒުވާނުން'ނާއިއެކު ފޮޓޯ ނަންގަވާތަނެވެ. ކުޅިވަރާއި ޒުވާނުންގެ ކަންތައްތައް ބަލަހައްޓަން ވަކި ވަޒީރަކު ހުންނަވައެވެ. އެކަމަނާ އެކަން ކުރައްވާނެއެވެ. މިނިސްޓަރ ޝައިނީ ވަޑައިގެން މަސްވެރިޔަކާއި ނުވަތަ ދަނޑުވެރިޔަކާއިއެކު ފޮޓޯއެއް ނެންގެވިއްޔާ ކީއްތޯއެވެ؟ ރައީސް ޔާމީންވެސް ހަމައެކަނި މަތީފަންތީގެ ބޭބޭފުޅުންނާއި އެކު އުޅުއްވައި، ފޮޓޯ ނެންގެވިނަމަވެސް، މިނިސްޓަރ ޝައިނީ އަކީ ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރުގެ ގޮތުގައި ބަލާ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ހުންނެވި ވަޒީރެވެ. ފިނިކުރި އޮފީހުގައި ވެލާނާގޭގައި ނުވަތަ ރައީސް އޮފީސްތެރޭގައި ހުންނަވައިގެން މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެއް ނޭރުވޭނެއެވެ.

މިނިސްޓަރ ޝައިނީ އެމަނިކުފާނާއި ހަވާލުކުރެއްވި މަސައްކަތް ނުކުރައްވައި، މާބޮޑަށް ސިޔާސީ މަސައްކަތުގައި އުޅުއްވަނީ ކީއްވެތޯ ބައެއް ފަރާތްތަކާއި ސުވާލުކޮށްލީމެވެ. ލިބުނު ޖަވާބުތަކުން މަންޒަރު ތަންކޮޅެއް ސާފުވިއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރެވުނު ފަހުން ރައީސް ޔާމީނަށް 'އޮޕަރޭޝަންތައް' ހިންގަވައިދެއްވާ ބޭފުޅަކީ ޝައިނީކަމަށް ބައެއް މީހުން ބުނެއެވެ.

ސިޔާސީ މަސްރަހުގައި ޝައިނީ ދައްކަވާ ވާހަކަފުޅުތަކަށް ބަލާއިރު، އެމަނިކުފާނު މަސައްކަތްކުރައްވާ ކަމަށް ފެންނަނީ މުޅިން ވެސް ސިޔާސީ ލީޑަރުންނާއި ޖަދަލުކުރައްވަމުންނެވެ. ކުރިބޯށީގައި ޝައިނީ ހިއްޕަވަނީ 2018ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމަށް ކަމަށް އެޕާޓީގެ ތެރޭގައި އިސްކޮށް މަސައްކަތްކުރާ ބޭބޭފުޅުން ތުންތުން މަތިން ކިޔާތީ އިވެއެވެ. އެކަމަކު އެކަން އެއީ ނާދިރުކަމެކެވެ. ތެދެއްކަމެއް އަދި ޔަގީނެއް ނޫނެވެ.

2018 ގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީން ފަސް އަހަރު ނިންމަވާ، އަނެއް ދައުރަށް ކެމްޕެއިނަށް ނުކުންނަވާއިރު، ވިއްކަވާނެ ރަނގަޅު ޕްރޮޑަކްޓެއް މަސްވެރިކަމުގެ ދާއިރާއިން ނެރެވިފައި ވޭތޯ ޖަވާބުދޭން އަޅުގަނޑު ދޫކޮށްލާނީ ރައްޔިތުންނަށެވެ. މަސްވެރިކަމޭ މަސްވެރިންނޭ ވިދާޅުވެ ރައީސް ޔާމީން ރައްޔިތުންނަށް ދައްކަވާނީ ކޮން މޫނެެއްތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު