Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން ސިއްރު ހެކިންގެ ގޮތުގައި 16 މީހަކު

ޖުމްލަ 32 ހެކި ހުށަހެޅި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2018 | ހޯމަ 17:17
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ދެކޮޅަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ކުށުގެ ދައުވާ ސާބިތުކުރަން 16 މީހަކު ސިއްރު ހެކީގެ ގޮތުގައި ހުށަހަޅައިފި އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި ކޯޓުއަމުރާ ގުޅިގެން ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ ސާބިތުކުރަން ޖުމްލަ 32 ހެކި ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހެކިންގެ ގޮތުގައި ހުށަހެޅި އެންމެންގެ ހެކިބަސް ވެސް ސިއްރުން ނަގައިދޭން ދައުލަތުން އެދުނުއިރު ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ގިނަ ލިޔުންތައް ވެސް ވަނީ ސިއްރުކޮށްފަ އެވެ.

Advertisement - newsAdvertisement

އަބްދުﷲ ސައީދާ ދެކޮޅަށް އުފުލި ދައުވާގައި ބުނެފައިވަނީ އަބްދުﷲ ސައީދު ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް ގާނޫނީ ވެރިކަން ވައްޓާލަން ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް އަބްދުﷲ ސައީދަށް ލިބުނު ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރިފައިވާ އަމުރެއް ކަމަށް ދައުލަތުގެ ވަކީލު ވަނީ ދައުވާ އިއްވަމުން ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަލުކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށް ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތައް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރި ކުރުވާފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ތުހްމަތުކޮށްފައިވެ އެވެ.

އެމަނިކުފާނުވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ދައުވާއަކީ އަސްލެއް ނެތް އަދި އެ ކޯޓަށް ނުބެލޭނެ ދައުވާއެއް ކަމަށެވެ.

މި ދައުވާއާ ގުޅިގެން އަބްދުﷲ ސައީދުގެ ފަރާތްޕުޅުން ވަނީ ގިނަ ނުކުތާތަކެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ދިފާއީ ވަކީލު ނޫރުއް ސަލާމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުލަތުން ކޮށްފައިވާ ދައުވާގައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހްމަތު އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާއިރު ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމުގެ ކުށް ބަޔާން ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގައި ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލިކަމުގެ ތުހްމަތުކުރާނަމަ ބާރުގެ ބޭނުންކޮށްގެން ވެރިކަން ވައްޓާލުމުގެ އުންސުރު އެމީހެއްގެ މައްޗަށް ފުރިހަމަވާން ޖެހޭނެ ކަމަށް ވެސް ދިފާއުން ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން އަބްދުﷲ ސައީދުގެ ދިފާއީ ވަކީލް ހިސާން ހުސެއިން ވަނީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ހިންގި އަމަލުތަކުގެ މައްޗަށް ވަކި ވަކިން ދައުވާތަކެއް އުފުލިފައިވާއިރު ހުރިހާ ކުށްތައް އެއްކޮށްލައިގެން އެއް ދައުވާއެއް ނުކުރެވޭނެ ކަމަށް ފާހަގަ ކުރައްވާފަ އެވެ. ހިނގި ވަކި ކަމަކާ ގުޅިގެން ވަކިން ވަކިން ވެސް އަދި އެއްކޮންވެސް ދައުވާ ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އަމަލު ކުރަން ޖެހެނީ އޭގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށް ކަމަށް ހިސާން ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރަކީ އުސޫލުތަކުން ބޭރުން ނެރެފައިވާ އަމުރެއް ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ފާހަގަ ކުރީ ޖުޑިޝަލް ސާވީސް ކޮމިޝަނުގެ ބާރު ކަނޑުވާލެވޭ ގޮތަކަށް އެ އަމުރުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ. އޭގެ އިތުރުން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ބަހުސް ކުރެވޭނެ އެއްވެސް ގޮތަކަށް ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހެޅި ނުބެލޭނެ ކަމަށް އެ ކޯޓުގެ ރަޖިސްޓްރާ މީގެ ކުރިން ނިންމަވާފައިވާ ނިންމުމެއް ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެއީ އެކެއް ފެބްރުއަރީ ގައި ނެރުނު އަމުރުގެ ބައެއް ބާތިލް ކުރުމުގެ ކުރިން އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ގާޒީ ބަލައިގެންފައިނުވެ އެވެ.

އޭގެ އިތުރުން ގާޒީ ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވިދާނެ ދައުވާއެއް ކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި މި މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ކޯޓަށް ހުށަހަޅަން ވާނެ ކަމަށް ވަނީ އަންގާފަ އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް މި ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު