Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގުމަތިން ފޭރުން

މޫނަށް ޕެޕަސްޕްރޭ ޖަހައި އެއް މިލިއަން ރުފިޔާ ފޭރުނު މައްސަލަ: މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ: ޕޮލިސް

28 އެޕްރީލު 2018 | ހޮނިހިރު 11:59

މިމަހުގެ ދެވަނަ ދުވަހު ވެސް ޕެޕަރސްޕްރޭ ޖެހުމަށްފަހު މިލިއަނެއްހާ ރުފިޔާ ފޭރިގަނެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 އެޕްރީލު 2018 | ހޮނިހިރު 11:59
ފުލުހުން މަގު ބަންދުކޮށްފައި: ފައިސާތަކެއް ފޭރިގެން މައްސަލަ ދަނީ ބަލަމުން

ފުލުހުން މަގު ބަންދުކޮށްފައި: ފައިސާތަކެއް ފޭރިގެން މައްސަލަ ދަނީ ބަލަމުން

ހަތަރު މީހުންގެ ގުރޫޕަކުން މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު، އޭނާގެ އަތުން މިލިއަނެއްހާ ރުފިޔާ ފޭރުނު މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހޮނިހިރު ދުވަހު ރާއްޖެއެމްވީއަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު މަގުމަތިން މީހަކަށް ހަމަލާދީ އެއް މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި ނަމަވެސް އެމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގީ ފަރީދީ މަގުގައި ހުންނަ ނޮވެލްޓީ ބުކްޝޮޕް ކުރިމަތީގައި އޮންނަ މާފަންނު ބެންތެޔޮ ގޯޅިން އޯކިޑް މަގަށް ނުކުންނަނިކޮށް ބުދަ ދުވަހު ހެނދުނު 7:30 ހާއިރު ދެ މީހަކު ސައިކަލްގައި ކުރިމައްޗަށް އަރައި ފައިސާތަކުގައި ހިފި ތަނުން އެހެން ދެ މީހަކު ގޮސް އޭގެ ތެރެއިން އެކަކު މޫނަށް ޕެޕާ ސްޕެރޭ ޖަހައިގެން ކަމަށެވެ.

ފައިސާތަކުގެ ވެރިފަރާތުން ބައެއް މީޑިޔާތަކަށް ބުނެފައިވާ ގޮތުގައި އެއީ ބަޔަކު ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ކުރިކަމެއް ކަމަށާއި ފޭރިގެން ފައިސާތަކުގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެފައިސާއަކީ އޭނާ ޗާންދަނީމަގުގައި ހިންގާ ވެސްޓަން ޔުނިއަންގެ ގޮތްޕެއްގެ ފައިސާއެވެ. އެ ތަން ކޮންމެ ދުވަހަކު މެންދުރު ފަހު ބަންދު ކުރުމުން އެ މަސައްކަތް ކުރަނީ ގޭގައި ކަމަށާއި އެއީ އަންގާރަ ދުވަހުގެރޭ ލިބުނު ފައިސާ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ޑޮލަރާއި ސިންގަޕޫރު ޑޮލަރާއި ދިވެހި ފައިސާ ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ޕެޕަރ ސްޕްރޭ ޖަހައިގެން ބުދަ ދުވަހު ފައިސާތަކެއް ފޭރިގެންފައިވާއިރު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ސޭޓު) ގެ މޫނަށް ވެސް ޕެޕާ ސްޕްރޭ ޖަހައި މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފައެވެ. އޭނާގެ އަތުން ގާތްގަނޑަކަށް ނުވަ ލައްކަ އާއި 1.1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފައެވެ. މިމައްސަލާގައި ވެސް މިހާތަނަށް މީހަކު ހައްޔަރުކުރިކަން އެނގިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް