Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލ. ގަން

ގަމު ކަރަންޓްގެ މައްސަލަ: ރައްޔިތުން ބޭނުން ވަނީ ރޯދައިގެ ކުރިން ހައްލެއް

28 އެޕްރީލު 2018 | ހޮނިހިރު 07:00

އަންނަ ހަފްތާގައި ޖަނަރޭޓަރެއް ބޭނުންވާ ނަމަ ފޮނުވާނެ ކަމަށް ފެނަކައިން ބުނި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 28 އެޕްރީލު 2018 | ހޮނިހިރު 07:00
ލ. ގަމު މަތިމަރަދޫ އިންޖީންގެ

ލ. ގަމު މަތިމަރަދޫ އިންޖީންގެ

ހައްދުންމަތީ ގަމުގެ ބައެއް އަވަށްތަކުން ކަރަންޓް ކެނޑޭތީ އެރަށުގެ ގިނަ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ ގަމުގެ ބައެއް އަވަށްތަކުން ކަރަންޓް ކެނޑޭތީ އެރަށު ގިނަ ރައްޔިތުންނަން ދަތިތަކާ ކުރިމަތިވާ ކަމަށެވެ. މި ވަގުތު ވެސް ތުނޑީ އަވަށުގެ ބައެއް ސަރަހައްދުތަކުން 30 މިނެޓުން 30 މިނެޓުން ކަރަންޓް ކަނޑާލާ ކަމަށް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތުނޑީ އަވަށު އަލަށް އާބާދުވާ ސަރަހައްދުގައި މިވަގުތު ހުންނަނީ ޖުމްލަ 4 ޖަނަރޭޓަރު ކަމަށާއި އޭގެ ތެރެއިން އެއް ޖަނަރޭޓަރ ހަލާކުވުމުން، ތުނޑީގެ ބައެއް ސަރަހައްދުތަކުން ކޮންމެ ދުވަހު ވެސް ކަރަންޓް ކަނޑާލުމަށް ގަމު ފެނަކަ ކޯޕަރޭޝަނަން މަޖުބޫރުވެފައިވާ ކަމަށް ވެސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

"މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ވެސް ގަމު ރައްޔިތުން ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ މުޒާހަރާކުރި. މިއަދާ ހަމައަށް އައިރު ހައްލެއް ނުވޭ. ގަމު ރައްޔިތުންގެ އެދުމަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބުން،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ތުނޑީގެ އިތުރުން މުކުރިމަގު މަތިމަރަދޫގައި ވެސް ކަރަންޓްގެ މައްސަލަ ދިމާވާ ކަމަށާއި އެހެންނަމަވެސް ވަގުތީ ހައްލެއް ނުލިބޭކަން ގަމުން ވާހަކަދެއްކި ބައެއް މީހުން ބުންޏެއެވެ.

ލ. ގަމު މަތިމަރަދޫ އިންޖީންގެ

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގަމު ރައްޔިތަކު ބުނީ ކަރަންޓްގެ މައްސަލަ ދިމާވުމުން ގަމު ފެނަކަކޯޕަރޭޝަންގެ ޓީމުން މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ކަމަށެވެ. އެހެންނަމަވެސް ބޭނުންވާ ބައެއް ސާމާނާއި ޖަނަރޭޓަރެއް ބޭނުވާ ނަމަ ޖަނަރޭޓަރެއް ފެނަކަ ކޯޕަރޭޝަނުން ފޯރުނުކޮށްދޭ ކަމަށާއި، އެކަމުގެ ސަބަބުން ދާއިމީ ހައްލެއް ނުލިބޭ ކަމަށެވެ. އަބަދުވެސް ލިބެނީ ވަގުތީ ހައްލު އެއީ ކުޑަ ދުވަސްކޮޅަކަށް ލިބޭ ހައްލެއް ކަމަށް އެނާ ފާހަގަކުރިއެވެ.

"މަތިމަރަދޫގެ ކަރަންޓްގެ މައްސަލަ ދިމާވުމުން، މިހާރު އެ ވަނީ ހައްލުކޮށްފަ، އެކަމް ހައްލުކުރީ ތުނޑީގައި ހުރި 800 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސްގެން ހަދައިގެން. އެއީ ދާއިމީ ހައްލެއް ނޫން އަބަދު ކަރަންޓްގެ މައްސަލަ ދިމާވާ ތަނެންގައި،" ގަމުން ރާއްޖެއެމްވީއަށް ވާހަކަ ދެއްކި މީހަކު ބުންޏެއެވެ.

ލ. ގަމު މަތިމަރަދޫ އިންޖީންގެ

ފެނަކަ ކޯޕަރޭޝަން ހިންގުމާއި ހަވާލުވެ ހުރި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ ގަމުގެ ކަރަންޓްގެ މައްސަލަ ހައްލުކުރަން މިހާރު ވެސް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ޓެކްނިކަލް ޓީމުން އެ ރަށުގައި މަސައްކަތްކުރުމަށް ފަހު، ކަރަންޓްގެ މައްސަލަ ހައްލުކުރަން އިންޖީނެން ބޭނުންވާ ނަމަ އަންނަ ހަފްތާގައި އިންޖީނެން ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށް ލަމްއާން ވިދާޅުވިއެވެ.

ލ. ގަމު ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒިފަކު ނަންނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ގޮތުގައި މި ވަގުތު ގަމު ބުރާންޗަށް ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އަބަދުވެސް ކަރަންޓްގެ މައްސަލައެއް ދިމާވުން މައްސަލަ ހައްލުކުރަން ގެންނަނީ އެހެން ރަށެއްގައި ބޭނުންކޮށްފައިވާ ޖަނަރޭޓަރެއް ކަމަށާއި އެއީ ހައްލެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް