Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު ލަންކާގައި

އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދުމާއި، ބިން ފޭރިގަތުން: ރައީސް ނަޝީދު

27 އެޕްރީލު 2018 | ހުކުރު 17:03

ރައީސް ނަޝީދު ވަނީ ޗައިނާއަށް ބަހުގެ ހަމަލާ ދެއްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 އެޕްރީލު 2018 | ހުކުރު 17:03
ރައީސް ނަޝީދު ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ނަޝީދު ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި މިހާރު ޖެހިގެން އުޅޭ މައިގަނޑު މައްސަލަތަކަކީ ދާދި ފަހުން އުފެދުނު 2 މައްސަލަކަމަށާއި، އެއީ ރާއްޖޭގެ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެއްދުމާއި، ބިންތައް ފޭރިގަތުމަށް އިރުމަތީގެ ޤައުމުތަކުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދައުލަތަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތައްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ހިތާމަހުރި އަދި ގެއްލުންހުރި ކަންތައްތައްކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކަކީ ހިތް ކުދިކުދިވާ ކަންކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބިންތަކަށް ވެރިވެގަތުން، ނުވަތަ 'ލޭންޑް ގްރެބް' ސިޔާސަތުގެ ދަށުން ބައެއް ޤައުމުތަކުން ހުދުމުޚުތާރު ވެރިން އެހެން ޤައުމުތަކުން ހޯދައި، އެވެރިންނަށް މަދަދުވެރިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއަށްފަހު އުޞޫލުތަކުން ބޭރުން ކޮންޓްރެކްޓްތައް ހޯދައި، ބޮޑު އަގުގައި މަސައްކަތް ނަގާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތްތަކުގެ އަގު ބޮޑުވެފައިވާ މިންވަރަކީ އެއަގަކީ އަނބުރާ ދެއްކޭނެ ވަރުގެ އަދަދެއް ނޫންކަން މަސައްކަތްކުރާ ފަރާތުން ކަަށަވަރުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެދަރަނިތައް އަދާނުކުރެވުނީ ދޫކޮށްލަން ޖެހެނީ ޤައުމުގެ އިސްތިޤްލާލުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު އެންމެ ފުރަތަމަ ޗައިނާގެ ނަން ބޭނުން ނުކޮށް އެވާހަކަ ދެއްކެވިނަމަވެސް، ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ އެމަނިކުފާނު އެދައްކަވަނީ ޗައިނާގެ ވާހަކަކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި، އެވާހަކަ ދެއްކެވުން ހުއްޓަވާ ނުލައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެޕިޓަލް މަހާރާޖާ ގްރޫޕަކީ މީޑިއާ، އައިޓީ، މެނުފެކްޗަރިންގ އަދި މީގެ އިތުރުންވެސް އެހެން ބައެއް ސިނާޢަތްތަކުގައި އިންވެސްޓްކޮށްފައިވާ ކުންފުންޏެކެވެ. މަހާރާޖާ ގްރޫޕަކީ ލަންކާގެ އެންމެ ބޮޑު އެއް މީޑިއާ ކުންފުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް