Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އަނެއްކާވެސް 3 ދަރަޖަ ފަހަތަށް!

26 އެޕްރީލު 2018 | ބުރާސްފަތި 19:05

ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އޮތީ އަފްގާނިސްތާނާއި ނައިޖީރިއާއަށްވުރެވެސް ފަހަތުގައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 26 އެޕްރީލު 2018 | ބުރާސްފަތި 19:05
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ މިއަހަރު ތިން ދަރަޖަ ފަހަތަށް ވަނީ ގޮސްފައި

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ މިއަހަރު ތިން ދަރަޖަ ފަހަތަށް ވަނީ ގޮސްފައި

ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ އަނެއްކާވެސް ތިން ދަރަޖަ ފަހަތަށް ސޮއްސާލައިފިއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އޮތީ އަފްގާނިސްތާނާއި ނައިޖީރިއާއަށްވުރެވެސް ފަހަތުގައި 120 ގައެވެ. 2017 ވަނަ އަހަރު ރާއްޖެ އޮތީ 117 ވަނާގައެވެ.

Advertisement - newsAdvertisement

ނޫސްވެރިކަމުގެ މިނިވަންކަމުގެ ލިސްޓުގައި ރާއްޖެ ތިން ދަރަޖަ މިއަހަރު ފަހަތަށް ޖެހުނު އިރު ނޫސްވެރިކަމާއި ނޫސްވެރިންނަށް މިއަހަރުވެސް ވަނީ ރާއްޖޭގައި އެތައް ދަތިތަކެއް ކުރިމަތިވެފައެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ މިއަހަރު ތިން ދަރަޖަ ފަހަތަށް ދިޔައިރު، ފްރީޑަމް ހައުސްއިން ނެރޭ ޕްރެސްފްރީޑަމް ލިސްޓްގައި ރާއްޖެ މިދިޔަ އަހަރު ހިމަނާފައިވަނީ އެއްވެސް ވަރަކަށް ނޫސްވެރިކަމުގެ މިނިވަންކަން ނެތް ގައުމެއްގެ ގޮތުގައެވެ. ފްރީޑަމް ހައުސްއިން ޕޮއިންޓް ދޭ އުސޫލުގައިވާ ގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭ ގައުމަކީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުޑަކޮށް ލިބިދީފައިވާ ގައުމެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައި ވަނީ ސައުތު ސޫދާނާއި، ކޮންގޯ، ސާބިއާ، ބޮލީވިއާ އަދި ހަންގޭރީއާ އެއް ހަމައެއްގަ އެވެ.

އެ ޖަމިއްޔާ އިން ސިފަކޮށްފައިވާ ގޮތުގައި 2016 ވަނަ އަހަރަކީ ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި ނޫސްވެރިކަމުގެ ހާލަތު އެންމެ ދަށަށް ދިޔަ އަހަރެވެ. އެގޮތުން ނޫސްވެރިންނަށް ދީފައިވާ މަރުގެ ހަމަލާތަކާއި މީޑިއާތައް ނައްތާލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިން ހަމަލާތަކުގެ ސަބަބުން މިދިޔަ އަހަރު ފާހަގަވަނީ ނޫސްވެރިކަމުގައި ކަޅު އަހަރެއްގެ ގޮތުގައި ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑު ޤައުމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ނޯވޭއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑުން ރާއްޖެ ތިން ދަރަޖަ ފަހަތަށް ސޮއްސާލިއިރު، މިދިޔަ އަހަރުވެސް އަދި މި އަހަރުވެސް އެކި ގޮތްގޮތުން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންނަށް ގޮންޖެހުންތަަކާ ކުރިމަތިލާންޖެހުނެވެ. އެގޮތުން ރާއްޖެޓީވީގެ ނޫންވެރިން ހިފާ ހައްޔަރުކުރުމާއި، ލާއިންސާނީ އަނިޔާދީ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމާއި، އަބުރުގެ ގާނޫނު ފާސްކުރުމާއި، މި ނޫނަސް އެތަކެއް ގޮންޖެހުންތައް ނޫސްވެރިންނަށް ދަނީ ކުރިމަތިވަމުންނެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މި ބަޔާން ނެރެފައި މިވާ ދަނޑިވަޅަކީ ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހުސެއިން ފިޔާޒް މުސާއަށް ވަޅިން ހަމަލާދޭން ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާ ބަޔަކު ކޮންޓްރެކްޓަށް ޒުވާނަކަށް ހަވާލު ކުރި ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް