Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

ޖިނާއީ ކުށް ސާބިތުވުމުން ފަނޑިޔާރުން ވަކިވާ އިސްލާހު ބާތިލެއް ނުކުރި

25 އެޕްރީލު 2018 | ބުދަ 13:09

ހާލަތުލް ޟަރޫރާގެ ދަށުން ބިލު ފާސްކުރެވިދާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 25 އެޕްރީލު 2018 | ބުދަ 13:09
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފި ނަމަ، އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ އެ ގާނޫނު ފާސްކުރަން ޖެހޭ ގާނޫނީ އަދަދު މަޖިލީހުގެ ތަޅުމުގައި ނެތީސް ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ލާޒިމުކުރާ ގާނޫނެއް ކަމަށާއި އެ ގާނޫނު ފާސްކުރަން ޖެހޭނީ 43 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވާ ޖަލްސާއެއްގައި ކަމަށް ހުކުމްގައި ވެެއެވެ. ނަމަވެސް އެ ބިލު ފާސްކުރި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ 39 މެމްބަރުން ކަމަށާއި އެ ގާނޫނު ފާސްކުރަން ވޯޓު ދެއްވީ 36 މެމްބަރުން ކަމަށް ހުކުމްގައި ވެއެވެ.

Advertisement - newsAdvertisement

ނަމަވެސް އެ ގާނޫނު ފާސްކުރަންޖެހޭ ގާނޫނީ އަދަދު ނެތި، ސިންޕަލް މެޖޯރިޓިއަކުން އެ ގާނޫނު ފާސްކޮށްފައި ވަނީ "ޑޮކްޓަރިން އޮފް ނެސަސެޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން ކަމަށް ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާތީ، ހުކުމްގައި ބުނެފައި ވަނީ އެއީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށެވެ. ހާލަތުލް ޟަރޫރާއަކީ ދުސްތޫރީ ގޮތުން އަމަލު ކުރާ ހާލަތެއް ކަމަށާއި އެ ހާލަތު ހިނގާނީ ކަމެއް ހައްލު ނުކުރެވޭ ހާލަތުގައި އިޔާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ކުރިމަތިވާ ދަނޑިވަޅުތަކުގައި ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނެފައިވެއެވެ. އެ ހާލަތަކީ އާންމު ހާލަތުގައި ހުއްދަވާނެ ހާލަތެއް ނޫން ކަމަށް ވެސް ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ގާނޫނީ މަސައްކަތް ނުކުރެވި ހުއްޓިފައި ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ގަބޫލު ނުކުރެވޭ ކަންތައްތަކެއް މަޖިލީހުގައި ހިނގާތީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން މަޖިލީހުގައި ނަގާ ވޯޓުތަކުގައި 43 މެމްބަރަކު ތަކުރާރުކޮށް، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވަނީ ގަސްތުގައި ކަމަށާއި މަގުބޫލު އުޒުރެއް ނެތި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވުމަކީ މެމްބަރުންނަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ވެސް ހުކުމްގައި ވެއެވެ.

އެހެންކަމުން މަޖިލިސް ހުއްޓިފައިވާ މި ދަނޑިވަޅުގައި، ހާލަތުލް ޟަރޫރާއަކީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށާއި އެގޮތުން ފަނޑިޔާރުންގެ ގާނޫނަކީ މިހިނދުން މިހިނދަށް ފާސްކުރަންޖެހޭ ބިލެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ހުކުމްގައިވެއެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށް، މަޖިލީހަށް ހުށަހަޅައި އެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ފާސްކޮށްގެންނެވެ.

ނަމަވެސް ޕީޕީއެމުން މަޖިލީހަށް ހުށަހަޅައި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ވޯޓުން ފާސްކުރި ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ، އެ ފަނޑިޔާރެއްގެ މައްޗަށް ކުރާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ. ނިހާއީ ހުކުމްތަކަކީ ޝަރުއީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްފައިވާ ހުކުމްތަކެވެ. ނަމަވެސް އިސްތިއުނާފު ކުރަން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުކުމް އިސްތިއުނާފު ނުކޮށްފި ނަމަ، އެ ހުކުމަކީ ނިހާއީ ހުކުމަކަށް ވެދެއެވެ.

ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނިކޮށް، ގާނޫނުއަސާސީއާ ހިލާފަށް ގާނޫނެއްގައި ފަނޑިޔާރުން ވަކިނުކުރެވޭނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ކޯޓުގައި ފާހަގަކޮށްފައި ވާތީ، ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރުން ވަކިކުރެވޭނެ އެހެން ހާލަތްތަކެއް ގާނޫނެއްގައި ކަނޑައެޅިދާނެ ކަމަށެވެ.

އެގޮތުން ޖިނާއީ ކުށެއް ސާބިތުވުމުން ފަނޑިޔާރުން މަގާމުން ވަކިކުރެވިދާނެ ކަމަށާއި ސަބަބަކީ ފަނޑިޔާރަކީ އާންމު މީހުންނަށް ވުރެ، އަހުލާގީ ގޮތުން މާ ރަނގަޅު ސިފަތަކެއް ހުންނަންޖެހޭ ބައެއް ކަމަށެވެ. އެގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި ހަނަފީ މަޒުހަބުން އެނގޭ ގޮތުގައި އިންސާފުކަނޑައަޅާ ގާޟީންނަކީ އަދުލުވެރި މީހުންނަށް ވާންޖެހޭނެ ކަމަށާއި ބޮޑެތި ފާފަތައް ނުކުރާ އަދި ކުދި ފާފަތައް ތަކުރާރު ނުކުރާ ބަޔަކަށް ވެސް ވާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.

އދ. ގެ އާންމު މަޖިލީހުން ފާސްކޮށް، ގައުމުތަކުން ބައިވެރިވެފައިވާ މުއާހަދާތަކާއި ޝަރީއަތް ކުރުމާގުޅޭ ބައިނަލް އަގުވާމީ އުސޫލުތަކާ ހަވާލާދީ ހުކުމްގައި ބުނެފައި ވަނީ އަދުލުވެރިކަމުގެ ސިފަ ނެތް، ފާސިގަކު ފަނޑިޔާރުކަމަށް އައްޔަންކޮށްގެން ނުވާނެ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާ އެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެ ބޭފުޅުންގެ މައްޗަށް ދަށު ކޯޓުން ކުރާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާ ހިސާބުން އޮޓަމެޓިކުން ފަނޑިޔާރުކަމުން ވަކިވާނެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

އެންޓި ޑިފެކްޝަންގެ ބިލު ބާތިލު ކުރަން އެ ބޭފުޅުން ހުށަހެޅުއްވި މައްސަލަ ވެސް ނިންމާފައި ވަނީ "ހާލަތުލް ޟަރޫރާ"ގެ ދަށުން އެ ބިލު ފާސްކުރެވޭނެ ކަމަށް ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް