Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލާގެ އެކައުންޓްތައް

މީރާ އިން ފްރީޒްކުރި ވިލާގެ އެކައުންޓްތައް ދޫކޮށްލައިފި

މިފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން މީރާއިން ވިލާގެ އެކައުންޓްތައް ރިލީޒްކޮށްފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2018 | އަންގާރަ 14:57
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިލާ ހައުސް ސަރަހައްދުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިލާ ހައުސް ސަރަހައްދުގައި

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި އޮތް ފަސް ރަށެއް ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން މީރާ އިން ފްރީޒްކުރި އެކައުންޓްތައް ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒް ކުރި ހުރިހާ އެކައުންޓެއް ވަނީ ދޫކޮށްލާފައެވެ. މިކަމާ ގުޅޭ ގޮތުން ވިލާ ކުންފުނިން ވެސް އަދި މީރާ އިން ވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

Advertisement - newsAdvertisement

ވިލާ އަށް ދޫކޮށްފައިވާ ފަސް ރަށަކުން ދައުލަތަށް ލިބެންވާ ކުއްޔާއި ކުލި ނުދައްކައި އޮތުމުން އަރާފައިވާ ޖޫރިމަނާ ކަމަށް ބުނެ 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ދެއްކުމަށް 2015 ވަނަ އަހަރުގެ ތެރޭގައި މީރާ އިން އެކުންފުންޏަށް އަންގާފައިވެއެވެ. ވިލާއަށް ދޫކޮށްފައި ހުރި ރަށްތަކެއް އަތުލައި ބައެއް ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް، ކާޑެއްދޫ އެއާޕޯޓް އަތުލާފައިވެއެވެ.

އެފަހަރު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދެވެން އޮތީ ވިލާގެ އެކައުންޓްތައް ދޫކޮށްލުމުން ކަމަށް ވާތީ މީރާ އިން އެދުނު ގޮތަށް ފައިސާ ދައްކަން އޭރު އެއްބަސްވީ ކަމަށް ވެސް ވިލާ ގުރޫޕުން ބުނެފައިވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ މަރޗު މަހު ވެސް ވިލާ ޝިޕިންގެ އެކައުންޓްތައް މީރާ އިން ފްރީޒްކުރިއެވެ. ވިލާއިން މިމައްސަލަ މީރާއަށް ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.

ވިލާ ޝިޕިންގް އެކައުންޓްތައް ފްރީޒްކޮށް އާންމުކޮށްފައިވާ ސިޓީގައި ބުނެފައި ވަނީ ތ. އެލާގެ ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ 3.8 މިލިއަން ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރާއި އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ ދެ ލައްކަ ޑޮލަރު ދޭންޖެހޭ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިހުރިހާ އަދަދެއް އެއްކޮށް ޖުމްލަ 18.6 މިލިއަން ޑލޮލަރު ދައްކަން ޖެހޭ ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.

މިމަހުގެ 18 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ނިންމި ނިންމުމުގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދުކޮށްފައި އޮތް ފަސް ރަށެއް މި ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ބުނެ މީގެ ކުރިން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްފައެވެ.

ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ފަސް ރަށުގެ ތެރޭގައި ހިމެނެނީ، ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފިނޮޅުގެ އެއްބަސްވުންތައް 2015 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރުމުން ވިލާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ވިލާއާ އެއްކޮޅަށް ނިންމި އިރު ހައުކޯޓުން ފަހުން ވަނީ ދައުލަތުން އެ ހުކުމް އިސްތިއުނާފުކުރުމުގެ ސަބަބުން އެރަށްތައް ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ކަނޑައަޅާފައެވެ.

ސަރުކާރުން ހުއްޖަތެއްގެ ގޮތުގައި ކޯޓުގައި އޭރު ބުނެފައި ވަނީ ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓްގައި ޝަރުތު ކޮށްފައިވާނެ ކަމަށާއި ވިލާއާ ގުޅުން އޮތް ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރި ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ވިލާއިން ޚިލާފްވުން ކަމަށެވެ.

ނަމަވެސް ވިލާއިން ބުނެފައި ވަނީ ޑަބްލިއުއެލްޓީއަކީ ސެޓްލްމަންޓް އެގްރިމެންޓްގެ ބައިވެރިއެއް ނޫން ކަމަށާއި އެހެންވެ ޑަބްލިއުއެލްޓީން ދައުވާ ކުރި ކުރުމަކީ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑަބްލިއުއެލްޓީން ދައުވާކުރާ މައްސަލައަކީ ސެޓްލްމަންޓް އެގްރިމެންޓް ހެދިއިރު ވެސް ހިނގަމުން ދިޔަ މައްސަލައެއް ކަން ވެސް ވިލާއިން ކޯޓުގައި ބުނެފައިވެއެވެ.

ވިލާގެ ކުންފުނިތަކަށް ދޫކޮށްފައިވާ މި ފަސް ރަށުގެ ސެޓްލްމަންޓް އެގްރިމެންޓް ބާތިލްކޮށް، އެ އެގްރިމެންޓްގެ ދަށުން ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން ހެދި އެމެންޑެޑް އެންޑް ރީ އިންސްޓޭޓެޑް ލީސް އެގްރިމެންޓް ވެސް ސަރުކާރުން ބާތިލްކޮށްފައިވެއެވެ.

ވިލާ އިން ދައްކަން އެންގި 1.5 މިލިއަން ރުފިޔާ ސުޕްރީމް ކޯޓުގެ ހުކުމާ އެކު ދައްކަން ނުޖެހޭނެ ކަމަށް ވިލާ އިން ވަނީ ބުނެފައެވެ. އެކައުންޓްތައް ދޫކޮށްލާފައި މި ވަނީ ވެސް އެ ހުކުމަށް ފަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު