Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރާޖްޕަލް

ޗެކް ބައުންސްވި މައްސަލައެއްގައި ރާޖްޕަލް ޖަލަށް

ހަތް ޗެކެއް ބައުންސް ވި މައްސަލަ ވަނީ އޭނާގެ މައްޗަށް ހުށައަޅާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 އެޕްރީލު 2018 | އަންގާރަ 09:41
ރާޖްޕަލް ޔަދަވް

ރާޖްޕަލް ޔަދަވް

ބޮލީވުޑް އެކްޓަރ ރާޖްޕަލް ޔަދަވް ހަމަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އިންޑިއާގެ ދިއްލީ ކޯޓުން އަންގާރަ ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އޭނާ ޖަލަށް ލުމަށް ހުކުމް ކުރީ ވިޔަފާރިވެރިއެއްގެ އަތުން އަށް ކުރޯޑް އިންޑިއަން ރުޕީސް ނަގައި އެ އަނބުރާ ދިނުމަށް އޭނާ ދިން ޗެކް ބައުންސްވި މައްސަލާގައި ކަމަށެވެ.

މިމައްސަލާގައި ރާޖްޕަލް އާއި އޭނާގެ އަންހެނުން ރާދާ ޔާދަވް ބައިވެރިވުން ހިމެނޭ ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވާއިރު އޭނާގެ އަންހެނުން ޖަލަށް ލުމަށް ހުކުމް ކޮށްފައެއް ނުވެއެވެ.

އެދެމީހުންގެ މައްޗަށް ހަތް ޗެކެއް ބައުންސްވި މައްސަލަ ކޯޓަށް ހުށައަޅާފައިވާއިރު ހަ މަސްދުވަހުގެ ޖަލު ހުކުމަކީ އެ ހުރިހާ މައްސަލަތަކުގެ އަދަބެވެ.

ރާޖްޕާލްއަށް ހަމަސްދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވީ ނަމަވެސް އޭނާ ޖަލަށް ނުލާ ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.

ރާޖްޕާލްގެ މައްޗަށް ހުށައެޅުނު އެއް މައްސަލައަކީ 2010 ވަނަ އަހަރު އޭނާ ޑައިރެކްޓް ކުރި ފިލްމެއް ކަމަށްވާ އާތާ ޕާތާ ލަޕްތާ ފިލްމު އުފެއްދުމަށް އިންޑީއާގެ ވިޔަފާރި ވެރިއެއްގެ އަތުން 5 ކުރޯޑް އިންޑިއަން ރުޕީސް ނެގުމެވެ. އެ ފިލްމު 2012 ވަނަ އަހަރު ނެރެފައިވާއިރު އެ ފިލްމު އުފައްދަން ނެގި ފައިސާއެއް އޭނާ އަނބުރާ ދައްކާފައެއް ނުވެއެވެ.

ރާޖްޕާލް ކަފާލާތުގެ ދަށުން މިނިވަން ވެފައިވަނީ ކޮންމެ މައްސަލައަކަށް 1.60 ކުރޯޑް އިންޑިއަން ރުޕީސް ދެއްކުމުންނެވެ.

ރާޖްޕަލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު ޖުޑްވާ 2 އިންނެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2023

"7 ފަހަރު ޖަލަށް ލި، އެކަމަކު މަސްތުގެ ދުނިޔެއަކުން ނުނިކުމެވުނު": ހައްލަކީ؟

14 އެޕްރީލު 2023
"7 ފަހަރު ޖަލަށް ލި، އެކަމަކު މަސްތުގެ ދުނިޔެއަކުން ނުނިކުމެވުނު": ހައްލަކީ؟
08 ސެޕްޓެމްބަރު 2020

މަސްތުވާތަކެތީގެ މައްސަލައެއްގައި ރިއާ ޗަކްރަބޯތީ ހައްޔަރުކޮއްފި

08 ސެޕްޓެމްބަރު 2020
މަސްތުވާތަކެތީގެ މައްސަލައެއްގައި ރިއާ ޗަކްރަބޯތީ ހައްޔަރުކޮއްފި
03 ޑިސެމްބަރު 2018

ކޮމެޑިއަން ރާޖްޕަލް ޔާދަވް ޖަލަށް ލައިފި

03 ޑިސެމްބަރު 2018
ކޮމެޑިއަން ރާޖްޕަލް ޔާދަވް ޖަލަށް ލައިފި
31 ޖެނުއަރީ 2018

ފްލައިޓް ޓިކެޓެއް ގަންނަން ދަރިފުޅު ވިއްކާލި އަންހެނަކު ޖަލަށްލައިފި

31 ޖެނުއަރީ 2018
ފްލައިޓް ޓިކެޓެއް ގަންނަން ދަރިފުޅު ވިއްކާލި އަންހެނަކު ޖަލަށްލައިފި
30 ޑިސެމްބަރު 2017

މަކަރު ހީލަތުގެ ކުށުގައި ތައިލެންޑް މީހަކު 13،275 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

30 ޑިސެމްބަރު 2017
މަކަރު ހީލަތުގެ ކުށުގައި ތައިލެންޑް މީހަކު 13،275 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު