Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

12 މެމްބަރުންގެ ގޮނޑި ގެއްލޭ ގާނޫނު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ!

23 އެޕްރީލު 2018 | ހޯމަ 14:10

އަޑުއެހުންތައް ނިންމާލާފައިވާތާ މަސް ދުވަސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 އެޕްރީލު 2018 | ހޯމަ 14:10
ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓު ކުރިމަތީގައި

ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓު ކުރިމަތީގައި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭގެ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށް، އެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީވެފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިއުލާންކޮށްފައި ވަނީ އެ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އަންގާރަ ދުވަހުގެ މެންދުރު 1:30 ގައި އެޖެންޑާކޮށްފައި ވަނީ އެ މައްސަލައިގެ ހުކުމް ކުރުން ކަމަށް ބެލެވެއެވެ.

ނަމަވެސް ފަނޑިޔާރުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، ހުކުމް ކުރަން ބޭއްވި ޝަރީއަތުގައި ވެސް ވަނީ އިތުރުކަންކަން ޝަރީއަތުން ސާފުކޮށްފައެވެ. އެ މައްސަލާގައި ހުކުމްނުކޮށް، އެ ދުވަހު ކުރިއަށް ގެންދިޔައީ އިތުރު އަޑުއެހުމެއްގެ ގޮތުގައެވެ.

އެހެންކަމުން އަންގާރަ ދުވަހު ބާއްވާ އެންޓި ޑިފެކްޝަންގެ މައްސަލައާ ގުޅޭ އިތުރު ކަންކަން ސާފު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ވަކާލަތު ކުރައްވާ ގާނޫނީ ވަކީލު ސަފާ ޝަރީފު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަންގާރަ ދުވަހަށް ތާވަލުކޮށްފައި ވަނީ ސީދާ ހުކުމް ކުރުމަށް ކަމެއް ކަށަވަރު ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ ކަމަށާއި މާދަމާ އަޑުއެހުން ބާއްވަނީ ކޮން ކަމަކާ ގުޅޭ ގޮތުންކަން އެނގިފައި ނުވާ ކަމަށް ސަފާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ބިލު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން، ޕާޓީ ބަދަލުކޮށްފައިވާ މެމްބަރުންނާއި ޕާޓީން ވަކިކޮށްފައިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން، މަޖިލީހުގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިކޮށްފައެވެ.

ޕާޓީ ބަދަލުކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ވަނީ އަންގާފައެވެ. ނަމަވެސް އެކަމުގައި ފަހު ނިޔާ ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް