Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު މަހުލޫފު

ގާޒީ ވިދާޅުވާ އެއްޗަކަށް އާއެކޭ ބުނަން ވެސް މިހާރު ބިރުގަނޭ: މަހުލޫފު

23 އެޕްރީލު 2018 | ހޯމަ 10:01

ކުށް ސާބިތުވެއްޖެ ނަމަ، 4 މަހުގެ ޖަލު ހުކުމެއް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 އެޕްރީލު 2018 | ހޯމަ 10:01
މަހުލޫފު: ކޯޓަށް ހާޒިރު ކުރީ ކަރެކްޝަން މެދުވެރިކޮށް

މަހުލޫފު: ކޯޓަށް ހާޒިރު ކުރީ ކަރެކްޝަން މެދުވެރިކޮށް

ކްރިމިނަލް ކޯޓުގައި ގާޒީން ކުރައްވާ ސުވާލަށް، އާ ބަސް ބުނަން ވެސް މިހާރު ބިރު ގަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު އެހެން ވިދާޅުވީ އޭނާ ގޭ ބަންދުގައި ހުއްޓާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްގެން ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. ހޯމަ ދުވަހު މަހުލޫފުގެ މައްޗަށް ކުރިއަށް ގެންދިޔައީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. އެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލީ އޭނާ ކުރެެއްވި ޓްވީޓަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެ މައްސަލައިގެ ދައުވާ ސާފުވެއްޖެތޯ ގާޒީ ސުވާލު ކުރެއްވުމުން މަހުލޫފު ވިދާޅުވީ ލިޔަން ކިޔަން އެނގޭތީ، ދައުވާގައި ބުނާ އިބާރާތް އެނގޭ ކަމަށާއި ނަމަވެސް އެ ދައުވާ ސާފު ނުވާ ކަމަށެވެ. ސަބަބެއް ކަމުގައި މަހުލޫފު ވިދާޅުވީ ދައުވާގައި ބުނާ ޓްވީޓަކީ އެއްވެސް އިދާރާއަކަށް މައުލޫމާތެއް ފޯރުކޮށްދިނުމަށް ކުރި ޓްވީޓެއް ނޫން ކަމަށާއި އެ ޓްވީޓަކީ އޭނާގެ ކަންބޮޑުވުން ހިއްސާ ކުރުމަށް ކުރެއްވި ޓްވީޓެއް ކަމަށެވެ. އެހެންކަމުން ދައުވާގައި ބުނެފައިވާ ދައުލަތުގެ އިދާރާއަކަށް މައުލުމާތެއް ދިން ކަމަށް ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އެހެން ވިދާޅުވުމުން، އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދައުވާ ސާފުވާ ކަމަށް ބުނުމަކީ ކުށެއް ސާބިތުވާންޖެހޭ ކަމެއް ނޫން ކަމަށާއި ދައުވާގައިވާ ވާހަކަަތައް އެނގޭ ކަމަށްވާ ނަމަ ސާފުވާ ކަމަށް ބުނެވިދާނެ ކަމަށެވެ.

ގާޒީ އެހެން ވިދާޅުވުމާ އެކު މަހުލޫފު ވިދާޅުވީ މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތުން ގާޒީ ކުރައްވާ ސުވާލަކަށް އާނ ބަސް ބުނަން ބިރުގަންނަ ކަމަށެވެ.

ދައުވާގައި ބުނާ ޓްވީޓާ ގުޅޭ ގޮތުން މަހުލޫފު ވިދާޅުވީ އޭނާ އެ ޓްވީޓު ކުރެއްވީ ފަރުވާ ނުލިބި ޖަލުގައި މީހުން މަރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ކަމަށެވެ. އޭނާ އެ ޓްވީޓު ކުރެއްވީ އެއްވެސް އިދާރާއެއް ޓެގުކޮށް، އިދާރާއަކަށް މައުލޫމާތެއް ދިނުމަށް ނޫން ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ސްރީލަންކާގައި ހުންނަވާ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހުލޫފު ކުރެއްވި އެ ޓްވީގައި ވިދާޅުވެފައި ވަނީ ކ. މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަމުންދާ ކަމަށާއި އަހަރެއްގެ ތެރޭ 10 ގައިދީން މަރުވީމަ އެއީ ސީރިއަސް މައްސަލައެއް ކަމަށް އެ ޓްވީޓqގައިވެއެވެ. ކަރެކްޝަނަލް ސާވިސްގެ އިސް ވެރިން އެކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނެ ކަމަށް ވިދާޅުވެ، މަހުލޫފު ކުރެއްވި ޓްވީޓުގައި ބުނެފައި ވަނީ އޭނާ ޖަލުގައި އޮތް އިރު އެ ޝަކުވާ ކަރެކްޝަނާ ކުރެވުނު އަދަދެއް ވެސް ނޭނގޭ ކަމަށެވެ.

މަހުލޫފު ކުރެއްވި އެ ޓްވީޓާ ގުޅިގެން، ކުރާ ދައުވާ ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް