Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ދައުވާ ލިބޭ ފަރާތްތަކުންވެސް ބޭނުންވޭ: ސަފާ

23 އެޕްރީލު 2018 | ހޯމަ 01:44

އިންސާފުވެރި ޝަރީއަތެއް ނުލިބޭކަމުގައިވާނަމަ، ލިބޭ ހުކުމެއްވެސް އިންސާފުވެރިއެއްނުވާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 23 އެޕްރީލު 2018 | ހޯމަ 01:44
ޤާނޫނީ ވަކީލް ސަފާ ޝަރީފް - އޭނާ ވަނީ އިންސަފުވެރިކަމާއެކު މައްސަލަތައް ތަހުޤީޤްކުރުމަށް ފުލުހުންގެ އިދާރާއަށް ގޮވާލައިފައި

ޤާނޫނީ ވަކީލް ސަފާ ޝަރީފް - އޭނާ ވަނީ އިންސަފުވެރިކަމާއެކު މައްސަލަތައް ތަހުޤީޤްކުރުމަށް ފުލުހުންގެ އިދާރާއަށް ގޮވާލައިފައި

އަނިޔާވެރި، ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ފަރާތުންވެސް ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަމަށް ޤާނޫނީ ވަކީލް ސަފާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދު މަރާލިތާ އެއް އަހަރުވުމާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން, އާއިލާގެ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވަމުން އަންނަ ސަފާ ޝަރީފް ވިދާޅުވީ، އިންސާފުވެރި ޝަރީއަތެއް ޤާއިމްވެއްޖެކަން ގަބޫލުކުރޭވޭނެ ގޮތަކީ، އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމަށް އޮންނަ ޑިއު ޕްރޮސެސް ފުރިހަމަވެގެން ކަމަށެވެ. އެ ޑިއު ޕްރޮސެސް ފުރިހަމަނުވާކަމުގައިވާނަމަ އާހިރުގައި އެއީ އިންސާފުވެރި ޝަރީއަތަކަށް ނުވާނެކަމަށް ސަފާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސަފާ ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ނުލިބޭކަމުގައިވާނަމަ، ލިބޭ ހުކުމެއްވެސް އިންސާފުވެރިނުވާނެކަމަށެވެ.

"އެހެންވީމާ، މި މައްސަލާގައި ހުދު ދައުވާ ރައްދުވާ ފަރާތްތަކުން އާންމުންނަށް ހުޅުވާލަިއގެން ޝަރީއަތް ކުރިއަށްގެންދިއުމަށް ބޭނުންވާއިރު އަދި ޔާމީން ރަޝީދުގެ އާއިލާއާއި މުޅި މި ދިވެހިރާއްޖެ ރައްޔިތުންވެސް އެ ޝަރީއަތުގައި ކަންތައްތައް ކުރިއަށްދާ ގޮތް އެނގެން ބޭނުންވާއިރު ކޮބައިތޯ މީގެ އޮތް އިންޓްރެސްޓަކީ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށްގެންދިއުމުގެ. އަޅުގަނޑަކަށް އެއްގޮތަކަށްވެސް އަންޑަސްޓޭންޑެއް ނުވޭ"

ސަފާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިތުބާރުކުރެވޭނީ ހަމަހަމަކަމާއެކު މައްސަލަތައް ބަލާ ތަހުޤީޤްކުރާ ތަން ފެނުމުން ކަމަށާއި ފުލުހުންގެ މުއައްސަސާއަށް އިތުބާރު ކުރެވޭނީ ކުށް ތަހުޤީޤްކުރުމަށްފަހު އެ ކުށްކުރާ ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެންނަ މަންޒަރު ފެނުމުންކަމަށްވެސް ސަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަތައް އިންސާފުވެރިކަމާއުކު ތަހްޤީޤްކޮށް، ކުށްކުރާ މީހާ އިންސާފުގެ ކުރިމައްޗަށް ނުގެންނަކަމުގައިވާނަމަ އެއީ ކުށްކުރާ ފަރާތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެއީ ހުރިހާ ދިވެހި ރައްޔިތުންވެސް ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއް ކަމަށް ސަފާ ވިދާޅުވި އެވެ.

"ކުށްކުރާ މީހާ، ކުށެއް ކޮށްފަ އޭނާ އަމިއްލައަށް އޭނައަށް ރައްކާތެރިކަމެއް ލިބޭކަމަށް ގަބޫލުކުރެވޭ ހިސާބަށް ކަންތައްތައް ދިއުމަކީ ހަޤީޤަތުގައިވެސް އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމެއް. އަދި އޭނާ އެކަންޏެއް ނޫން. އެހެން މީހުންނަށްވެސް އޭގައިން ހިތްވަރު ލިބޭނެ"

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް