Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތަކަންދޫ

އަލިތަކުރުފާނު އިންދެވި ތާރީޚީ ކާނި ގަހުގައި ރޯކޮށްލީ ކީއްވެގެންތަ؟

ތަކަންދޫގައި ޒިޔާރަތް ހުންނަކަން އެނގެނީ ކިތައް ދިވެހިންނަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2018 | އާދީއްތަ 14:08
އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަސް

އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަސް

ހއ. ތަކަންދޫއަކީ ދިވެހި ރާއްޖޭގެ ތާރީޙާ ގުޅިފައިވާ ރަށެކެވެ. އެރަށް ހާއްސަ ވަނީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ރަށަކަށް ވުމުންނެވެ. ތާރީހީ އެތައް ކަމެއް ތަކަންދޫގައި ހިނގާފައިވާއިރު، އެރަށުގައި އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ އާސާރީ ކާނި ގަސް މިއަދު ފެންނާކަށް ނެތެވެ. ބަޔަކު މީހުން އެގަހުގައި އަލިފާން ރޯކޮށްލުމުން، ގަސް ވައްޓާލަން ކައުންސިލަށް މަޖުބޫރުވިއެވެ. މީހެ 400 އަހަރު ކުރިން އަލިތަކުރުފާނު އެ ގަސް އިންދެވިކަން ތާރީހް ހެކިވެއެވެ. ރޯކޮށްލި ކާނި ގަހަކީ، އަލިތަކުރުފާން ޒިޔާރަތުގެ ހުޅަނގު އަތިމަތީގައި ހުރި ގަހެކެވެ. މިއަދު މިކަން އިނގެނީ ކިތަށް ދިވެހިންނަށްތޯއެވެ. މިފަދަ ތާރީހީ ގަހެއްގެ ހުޅު ޖަހާއިރު، އެ ގަސް ތާރީހާ ގުޅިފައިވަނީ ކިހާ ވަރަކަށްތޯ ހުޅު ޖެހި މީހުންނަން ވެސް ނޭނގެނީ ތޯއެވެ.

ކޮންމެއަކަސް ހ.އ އޮތޮޅަށް ކުރި ދަތުރެއްގެ ތެރޭގައި އަލިތަކުރުފާނުގެ ޒިޔާރަތް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ބަލާލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އޭރު އަލިތަކުރުފާނުގެ ޒިޔާރަތާއި ޖެހިގެން ދިގުކޮށް ހެދި ހިކިފަ އެ ކާނި ގަސް ހުރެއެވެ. އެރަށުގެ ދުވަސްވީ މީހެއް ކައިރީގައި އެގަހުގެ ވާހަކަ އަހާލުމުން، ވެސް ފަށަނީ އަލިތަކުރުފާންގެ ވާހަކައިންނެވެ. އެހެންކަމުން ތާރީހުގެ ތެރެއަށް ޖެހިލާނަމެވެ.

އަލިތަކުރުފާނާއި ތަކަންދޫ އާއި އޮތީ ކޮން ގުޅުމެއް!

ތަކަންދޫގައި ހުންނަ ޒިޔާރަތުގައި އަލިތަކުރުފާގެ ހަށިކޮޅު ވަނީ ފަސްދާނު ލެވިފައެވެ. އެ ޒިޔާރަތަކީ ޕޯޗްގީޒުން ޝަހީދުކުރި އުތީމު އަލިތަކުރުފާނުގެ ޒިޔާރަތެވެ. ޝަހީދުވި ޢަލިތަކުރުފާނަކީ އުތީމް ހުސެއިން ޙަތީބު ތަކުރުފާނުގެ ދޮށީދަރިކަލުންނެވެ. މައިކަނބަލަކީ މާރަންދޫ ކަމަނާއެވެ. މި ތަކުރުފާނުގެ ހަޔާތްޕުޅު ވޭތުކުރެއްވީ މީލާދީން 16 ވަނަ ގަރުނު ފެށުނުކޮޅުގެ އަހަރުތަކުގެ ތެރޭގައެވެ. އަލިތަކުރުފާނު ޝަޙީދު ކުރީ ޕޯޗްގީޒުން އަތްދަށުން ދިވެހި ރާއްޖެ ސަލާމްތްކުރުމަށް ކުރެވުނު ހަނގުރާމައިގައި މުހައްމަދު ތަކުރުފާނާއެކު އެ މަސައްކަތުގައި އުޅުއްވުމުގެ ތެރޭގައި ތަކަންދޫގައި ހުންނަވަނިކޮށް ފޯޗުގީޒުން ގެންގުޅުނު ދެކުނު އިންޑިޔާގެ (މަލާބާރި) ހޮޅީންނެވެ.

އަލިތަކުރުފާނު ޒިޔާރަތް

ހޮޅީން އަލިތަކުރުފާނު ޝަހީދު ކޮށްލުމަށް ފަހު އިސްތަށިފުޅު ހަށިކޮޅާ ވަކިކޮށްލިއެވެ. ނުވަތަ ބޯ ބުރިކޮށްލިއެވެ. އެތަކުރުފާނުގެ އިސްތަށިފުޅު ފަހުން މާލެ ގެނައެވެ. ތާރީޙީ ފޮތްތަކުގައިވާ ގޮތުން އަލިތަކުރުފާނުގެ އިސްތަށިފުޅު މާލެ ގެނައީ އޭރު މާލޭގައި ހުންނަ ހޮޅީންގެ ވެރިޔާއަށް ވެދުން ކުރުމަށެވެ. އެހެނަމަވެސް މާލޭގެ ބަޔަކު އެ އިސްތަށިފުޅު ސިއްރިއްޔާތުގައި ނެގިއެވެ. ނައިގެން ގެންގޮސް މާލެ އަތޮޅު ފުނަދޫގައި ފަސްދާނުލީއެވެ. އަލިތަކުރުފާނުގެ ހަށިކޮޅު ތަކަންދޫގައި ފަސްދާނުލައިފައިވާއިރު އެ ތަކުރުފާނުގެ އިސްތަށިފުޅު ވަނީ ކ. ފުނަދޫގައެވެ. އެހެން ނަމަވެސް ހިތާމައަކީ އަލިތަކުރުފާނަކީ އެ ހަނގަރުރާމައިގައި ޝަހީދުވި ފުތަރަމަ ބަތަލް ކަންވެސް ތަކަންދޫގެ ގިނަ މީހުންނަން ނޭނގޭކަމެވެ. ތަކަންދޫގައި ޒިޔާރަތް ހުރި އިރު، އެކަން ހިނގީ މީލާދީން 1572 ވަނަ އަހަރުގައިކަން އިނގެނީ އެރަށުގެ ދުވަސްވީ މީހުންނަށެވެ. ޒުވާން ކުދިންނަށް އެކަންކަމެއް ނޭނގެއޭ ބުންޏަސް ދޮގަކަށް ނުވާނެވެ.

އަލިތަކުރުފާނު ޒިޔާރަތް

ކާނި ގަހުގައި ރޯކޮށްލީ ކީއްވެގެން!

ކާނި ގަހުގައި ބަޔަކު ރޯކޮށްލިކަމަށް ތަކަންދޫ ކައުންސިލުން ވެސް ތުހުމަތުކުރެއެވެ. ރަށުގެ ތެރޭގައި އެކި ގޮތްގޮތަށް އެވާހަކަ ދެކެވެއެވެ. ކާނި ގަހުގައި ރޯކޮށްލުމަކީ އެރަށުގެ ބައެއް މީހުން ދެކޭ ގޮތުގައި ސިޔާސީ ކަމެކެވެ. އެއީ ކާނިގަސް ހުންނަނީ އެރަށުގެ އެމްޑީޕީއަށް ތާއިދުކުރާ މީހުން ހަރުގެއެއްގެ ގޮތުގައި ބޭނުންކުރާ ރައްޔިތުންގެ ހޮޅުއަށި ކައިރީގައެވެ. އެ ގަހުގައި އެމްޑީޕީގެ ދިދަ ދަނޑިއެއް ހުރެއެވެ. އަދި ތަންކޮޅެއް ހުރިން އެމްޑީޕީގެ ދިދަ ވެސް ނަގާފައި ހުއްޓެއެވެ. މިކަންކަމަށް ބަލާފައި އެރަށުގެ ބައެއް މީހުންގެ ދެކެނީ ކާނިގަހުގައި ރޯކޮށްލި ބަޔަކު ރޯކޮށްލީ، އެގަސް ނައްތާލުމުގެ ބޭނުމުގައި އެއް ނޫނެވެ. އެއީ ސިޔާސީ ގޮތުން، އެމްޑީޕީ ހަރުގެ ރޯކޮށްލުމަށް ބަޔަކު މީހުން ކުރި ކަމެއް ކަމަށް އެރަށުގެ ބައެއް މީހުން ބުންޏެއެވެ.

ތަކަންދޫގައި އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނި ގަހުގައި ރޯކޮށްލާފައި

"ކާނި ގަސް ބަޔަކު ރޯކޮށްލައިގެން އެކަމުން އެބަޔަކަށް ކުރާނީ ކޮން ފައިދާއެއްތަ، އެއްވެސް ފައިދާއެއް ނުކުރާނެ، އެއީ ކާނިގަސް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގެ ރޯކޮށްލަން ދިން އެޓޭކެއް، އެކަން ދެން އެގޮތަށް ނުވީ" ރާއްޖެއެމްވީއަށް މައުލޫމާތު ދިން ތަކަންދޫ މީހަކު ބުންޏެއެވެ.

ކޮންމެއަކަސް ކާނިގަސް ރޯކޮށްލި މައްސަލަ ކައުންސިލުން މިހާރު ވަނީ ފުލުހަށް ވެސް ހުށައަޅާފައެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެއެވެ.

ގަސް ވައްޓާލަން ކައުންސިލަށް މަޖުބޫރުވީ!

ތަކަންދޫ ކައުންސިލްގެ ރައީސް އަހުމަދު ނިޔާޒު ވިދާޅުވީ ކާނިގަހުގެ އެތެރޭގައި އަލިފާން ވަރަށް ގަދައަށް ހިފާފައިވާ ކަމަށެވެ. އަދި ރައްޔިތުންނާއި ފުލުހުންގެ އެހީތެރިކަމާއި އެކު ކާނިގަހުގައި ރޯވެފައިވާ އަލިފާންގަނޑު ހޮނިހިރު ދުވަހުގެ ރޭ ނިންވާލެވުނު ނަމަވެސް، ދިގުކޮށް، ހިކިފައި ހުރި އެ ގަސް ބެހެއްޓުމަކީ ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށް ކައުންސިލަށް ގަބޫލުނުކުރެވޭތީ، ފުލުހުންގެ މަޝްވަރާގެ މަތިން ގަސް ކަނޑާލަން ނިންމީ ކަމަށް އަހުމަދު ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ހަރުގެ

"އަލިފާން ރޯވުމުގެ ސަބަބުން، އެ ގަހުގެ އެތެރޭގައި ވަނީ އަލިފާން ހިފާފަ. އަދި ގަހުގެ ބުޑުގައި ވަރަށް ގަދައަށް އަލިފާން ހިފައި އަނދާފައި ހުރުމުން، އެގަސް ބަހައްޓައިފި ނަމަ ވެއްޓި މީހަކަށް ގެއްލުމެއް ވެދާނެތީ ގަސް ވައްޓާލަން ނިންމީ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ތަކަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ތާރީޙީ އެތައް ކަމެއް ތަކަންދޫގައި ހިނގާފާއިވާއިރު، އެރަށުގައި އުތީމް އަލިތަކުރުފާނު އިންދެވިކަމަށް ބުނާ އާސާރީ ކާނި ގަސް ބިމައްޗަށް ވައްޓާލަން މަޖުބޫރު ކުރުވުމަކީ ހިތާމަވެރި ކަމެކެވެ. އެ ތަންތަން ހިމާޔަތްކޮށް ބެލެހެއްޓުމުގެ ޒިންމާ ކޮންމެވެސް ބައެއްގެ ކޮޑުގައި ވެސް ވަނީ އެޅިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުތަކުރުފާނު  ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

08 ނޮވެމްބަރު 2025
ބައިނަލްއަޤުވާމީ ޢަދުލު އިންސާފުގެ ނިޒާމަށް ތާރީޚީ ދުވަހެއް: އިސްރާއީލާ ދެކޮޅު އަޑުއެހުންތަކެއް އައިސީޖޭގައި ފުރަތަމަ ފަހަރަށް!

ބައިނަލްއަޤުވާމީ ޢަދުލު އިންސާފުގެ ނިޒާމަށް ތާރީޚީ ދުވަހެއް: އިސްރާއީލާ ދެކޮޅު އަޑުއެހުންތަކެއް އައިސީޖޭގައި ފުރަތަމަ ފަހަރަށް!

11 ޖެނުއަރީ 2024
ހުރިހާ ސިޔާސީ ޕާޓީތައް އެކުވެ އެއް މިސްރާބަކަށް މަސައްކަތްކޮށް ތާރީޚީ އިންކުއަރީ ނިމުމަކަށް

ހުރިހާ ސިޔާސީ ޕާޓީތައް އެކުވެ އެއް މިސްރާބަކަށް މަސައްކަތްކޮށް ތާރީޚީ އިންކުއަރީ ނިމުމަކަށް

08 ޖުލައި 2021
އަފްޣާނިސްތާނު ސަރުކާރާއި ޠާލިބާނާ ދެމެދު ކުރިޔަށްދާ ތާރީޚީ ވާހަކަތައް، ނަތީޖާ ހާސިލްވާނެބާ؟

އަފްޣާނިސްތާނު ސަރުކާރާއި ޠާލިބާނާ ދެމެދު ކުރިޔަށްދާ ތާރީޚީ ވާހަކަތައް، ނަތީޖާ ހާސިލްވާނެބާ؟

12 ސެޕްޓެމްބަރު 2020
ކޮވިޑް-19: ފަރުދާގެ ފުރަގަހުގައި ޚާރިޖިއްޔާގެ ގިނަ މަސައްކަތްތަކެއް!

ކޮވިޑް-19: ފަރުދާގެ ފުރަގަހުގައި ޚާރިޖިއްޔާގެ ގިނަ މަސައްކަތްތަކެއް!

07 މެއި 2020

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު