Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މާލޭގައި ހުރި 300 އަށް ވުރެ ގިނަ ގަސް ސަރުކާރުން ކަނޑާލައިފި: މާލޭ ސިޓީ ކައުންސިލް

21 އެޕްރީލު 2018 | ހޮނިހިރު 04:09

ގިނަ ދުވަސްވީ ބިޔަ ގަސްތައް ވެސް ވަނީ ކަނޑާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 21 އެޕްރީލު 2018 | ހޮނިހިރު 04:09
ޝަމާއު ޝަރީފު: އޭނާ ވިދާޅުވީ ޒަމާންވީ ގަސްތައް ކަނޑާފައިވާ ކަމަށް

ޝަމާއު ޝަރީފު: އޭނާ ވިދާޅުވީ ޒަމާންވީ ގަސްތައް ކަނޑާފައިވާ ކަމަށް

މާލޭގައި ހުރި 300 އަށް ވުރެ ގިނަ ގަސް ސަރުކާރުން ކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުން ހުކުރު ދުވަހުގެ ރޭ "ރާއްޖެޓީވީ"ގައި ވާހަކަފުޅު މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ މާލެއިން ކަނޑާލި ގަސްތަކުގެ ތެރޭގައި ގިނަ އަހަރުތަކެއް ވެފައިވާ ބިޔަ ގަސްތައް ހިމެނޭ ކަމަށެވެ. ބޮޑު ތަކުރުފާނު މަގުގެ އިތުރުން، ބަންޑާރަ މިސްކިތާއި ޞަލާހުއްދީން މިސްކިތުގައި ހުރި ގަސްތަކާއެކު، އެހެންް ސަރަހައްދުތަކުން ވެސް ގަސްތައް ކަނޑަމުންދާ ކަމަށް ކަމަށް ޝަމާއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން ބެލި ބެލުމުން 300 އަށް ވުރެ ގިނަ ގަސް ކަނޑައިފި. މިފަހުން، މިދިޔަ ދުވަސްތަކުގެ ތެރޭގައި. އޭގެ ތެރޭގައި ބޭރު މަގަކުން އެކަންޏެއް ވެސް ނޫން. ބަންޑާރަ މިސްކިތް. ސޯލާހުއްދީން މިސްކިތް. އެކަހަލަ ބޮޑެތި މިސްކިތްތަކުގައި ހުރި ބޮޑެތި ޒަމާންވީ ގަސްތައް ކަނޑައިފި،" ޝަމާއު ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޒަމާނާ އެއްގޮތަށް ލިބުނު ކުރިއެރުންތަކާއެކު ތިމާވެއްޓަށް ނުބަލައި ގަސްތައް ކަނޑާލި ގައުމުތަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި މާލެއިން ގަސް ކެނޑުމަކީ ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސާފު ވައި ލިބުމަށް ދަތިތަކަކާ ކުރިމަތިވެދާނެ ކަމަށެވެ.

ޝަމާއު ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއްވެސް ޕްލޭނެއް ނެތި އެފަދަ މަސައްކަތުގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަކާމެދު ވިސްނަންޖެހެ އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ހިޔާލައި ނުލައި، ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމަމުންދާ ކަމަށެވެ. ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ކައުންސިލްތައް ކަމަށާއި ނަމަވެސް އެ ކުންސިލްތަކުގެ ބާރު ކަނޑުވާލައި ލާމަރުކަޒީ ގާނޫނުން، ރައްޔިތުންނާ ބީރައްޓެހި ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅެމުންދާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

މާލޭގެ ކުނީގެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކުންފުންޏެއް ހަދައިގެން މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތާމެދު ކަންބޮޑުވާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ކުންފުނިތައް ކުއްލިއަކަށް އުވާލައި، އަދި ކުންފުނިތަކުގެ ބާރު އެހެން ކުންފުނިތަކަށް ދެމުން ގެންދާ ގޮތަށް ކުނި މެނޭޖުކުރަން އުޅެފިނަމަ، އެކަން ނުކުރެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލޭގައި ހުރި ބިޔަ ގަސްތައް ކަނޑަމުންދާއިރު، މަޖީދީ މަގުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކަނޑާލީ މާސްކް އަޅައިގެން ތިބި ބަޔަކު ދަންވަރު ނުކުމެ އެވެ. އެއީ މި ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބަޔަކު އަޑީގައި ތިބެގެން ފުލުހުން ލައްވައި ކުރިވި ކަމެއް ކަމަށް ތުހްމަތުކުރެ އެވެ. އެކަމަށް ސަރުކާރުން، ވެސް ފުލުހުން ވެސް ރައްދެއް ދީފައެއް ނެތެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް