Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއޯ ފުލުހުން

ހައްޔަރުކުރި އެސްއޯ ފުލުހުންގެ ނުރުހުމުގައި ބޯ ކޮށާލި މައްސަލަ ހޫނުވެއްޖެ

17 އެޕްރީލު 2018 | އަންގާރަ 10:19

އެ އަމަލަކީ އެންޓި ޓޯޗާ އާއި ގާނޫނުލް އުގޫބާތުން ކުށެއް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 އެޕްރީލު 2018 | އަންގާރަ 10:19
އެސްއޯ ފުލުހުންގެ ބޯ ކޮށާލާފައި: އެކަން ކުރީ އެ މީހުންގެ ނުރުހުމުގައި

އެސްއޯ ފުލުހުންގެ ބޯ ކޮށާލާފައި: އެކަން ކުރީ އެ މީހުންގެ ނުރުހުމުގައި

ހައްޔަރުކޮށްފައިވާ ސްޕެޝަން އޮޕަރޭޝަން (އެސްއޯ) ފުލުހުންގެ ނުރުހުމުގައި އެ މީހުންގެ ބޯ ކޮށާލުމަކީ އެންޓި ޓޯޗާގެ ގާނޫނާއި ގާނޫނުލް އުގޫބާތާ ހިލާފު ކުށެއް ކަމަށް ބުނެ، ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެސްއޯ ފުލުހުންގެ ގާނޫނީ ވަކީލުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު، ގާނުނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި އެސްއޯ ފުލުހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު އެ ފުލުހުން ކޯޓަށް ހާޒިރުކުރިއިރު ތިބީ ބޯ ކޮށާލާފަ ކަމަށެވެ.

Advertisement - newsAdvertisement

އެންޓި ޓޯޗާގެ ގާނޫނާ ހަވާލާދީ ގާނޫނީ ވަކީލުން ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހެއްގެ ރުހުމަކާ ނުލައި، އެ މީހުންގެ ބޯ ބޭލުމަކީ ޓޯޗާގެ އަމަލުގެ ތެރެއިން ނަފްސާނީ އަނިޔާއެއް ކަމަށެވެ.

އެންޓި ޓޯޗާގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އަމަލު ހިންގި މީހާ އާއި އެހީތެރިވި މީހާ އާއި އެކަމުގެ މައުލުމާތު ލިބި އެކަން ނުހުއްޓުވުމަކީ ވެސް ކުށެކެވެ. ނުރުހުމުގައި ބޯ ބޭލުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބުތައް ގާނޫނުލް އުގޫބާތުގައި ވެސް ބަޔާންކޮށްފައި ވެއެވެ.

ވަކީލުން ވިދާޅުވީ ޝަރުއީ ނަޒަރަކުން ވިސްނާއިރު، އިސްޓަށްޓަކި އިސްލާމް ދީނުގައި ދިޔަ ދިނުން ލާޒިމުވާ އެއްޗެކެވެ. އެގޮތުން ރުހުމަކާ ނުލައި އިސްތަށި ކޮށުމަކީ އަތް ބުރިކޮށްލުން ކަހަލަ ކަމެއް ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

"އިސްތަށްޓާއި އަތާ އެއީ އިންސާނާގެ ހަށިގަނޑުގެ ގުނަވަނަކަށްޓަކައި އެއްވެސް ތަފާތރއް ނެތް ދެ ގުނަވަނެވެ. އެހެންކަމުން އަތެއް ފަޔެއް ބުރިކޮށްލުމެކޭ އިސްތަށްޓެއް ބުރި ކުރުމެކޭ އެއްވެސް ތަފާތެއް ނޯންނާނެއެވެ،" ވަކީލުން ނެރުނު ބަޔާނުގައިވެއެވެ.

ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކަރެކްޝަނަލް ސާވިސް އިން އެ އަމަލު ހިންގާފައި ވާތީ، އެ ސާވިސްގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ޝަރުއީ ގޮތުން ދިޔަ ނަގައިދިނުން ލާޒިމުވާނެ ކަމަށެވެ. ކަރެކްޝަނަލް ސާވިސްއިން ކަނޑައެޅިގެން ގާނުނާ ހިލާފުވެފައިވާތީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.

އެސްއޯ ފުލުހުންގެ ނުރުހުމުގައި އެ މީހުންގެ ބޯ ކޮށާލި މައްސަލާގައި ކަންބޮޑުވުން ހިއްސާ ކުރުމަށް ގާނޫނީ ވަކީލުން ކަރެކްޝަނަލް ސާވިސްއަށް އަންގާރަ ދުވަހު ވަޑައިގަތުމުން، އެ ސާވިސްގެ އިސް ބޭފުޅުން އެ ބޭފުޅުންނާ ބައްދަލެއް ނުކުރެއްވިއެވެ.

ކަރެކްޝަނަލް ސާވިސް އިން ނުކުމެވަޑައިގެން މީޑިއާތަކަށް މައުލުމާތު ދެއްވަމުން ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެސްއޯ ފުލުހުންގެ ބޯ ކޮށާލިކަން އެނގުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. ބަންދުގައި ތިބި އަށް ފުލުހުންގެ ބޯ ބާލާފައިވާ ކަމަށާއި އެކަން ކުރީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރެގެން އަޅުގަނޑުމެން މި ދިޔައީ ކަރެކްޝަނަށް. އެންމެ ބޮޑު ކަންބޮޑުވުމަކީ އެސްއޯ ފުލުހުންގެ ނުރުމުގައި ބޯ ބޭލި މައްސަ. އެއީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރިއްޔާ މަނާ ކުރާކަމެއް. އެހެންވީމަ މިފަދަ ލާއިންސާނީ ޓޯޗާގެ އަމަލެއް ހިންގާފަ ހުރީމަ އެ ކަންބޮޑުވުން އޮތީމަ [ކަރެކްޝަނަށް މި ދިޔައީ]،" ހިސާން ވިދާޅުވިއެވެ.

ދެހާސްދިހަ ވަނަ އަހަރު އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާންގެ އަމުރަށް ކަމަށް ބުނެ، 18 ޒުވާނެއްގެ ބޯ ބޭލި މައްސަލަ ވަނީ ހޫނުވެގެން ގޮސްފައެވެ. އެ މައްސަލާގައި ރިޝްވާންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް އޭރުގެ ޕޮލިސް އިންޓަގްރިޓީން، ޕީޖީއަށް މައްސަލައެއް ވެސް ފޮނުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް