ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 13:41
ފަނޑިޔާރު އަލީ ހަމީދު
ފަނޑިޔާރު އަލީ ހަމީދު
އަޒުމޫން އަހުމަދު
ފަނޑިޔާރު އަލީ ހަމީދުގެ މައްސަ
ފަނޑިޔާރު އަލީ ހަމީދުގެ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލަ އަނެއްކާ ބަލަނީ!
 
މި މައްސަލަ ޖޭއެސްސީންވަނީ ނުބަލަން ނިންމާފައި
 
މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނޫން:ޕޮލިސް
 
މި މައްސަލަ ބަލަން ފެށީ އަލީ ހަމީދު ހައްޔަރު ކުރިފަހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ  ކަމަށް ބުނާ ވިޑިއޯގެ މައްސަލަ އަނެއްކާ ވެސް ތަހުގީގު ކުރަން ފަށައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވި އިތުބާރު ހުރި މަސްދަރަކުން ވަނީ ފަނޑިޔާރު އަލީ ހަމީދުގެ ވީޑިއޯ މައްސަލަ ފުލުހުން ބަދަލުމުންދާކަން ކަށަވަރު ކޮށްދީފަ އެވެ. އަދި މި ވީޑިއޯގެ މައްސަލަ ބަލަން ފަށާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން ކަމަށް ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

ފުލުހުން އަނެއްކާ މި މައްސަލަ ބަލަންފަށާފައިވާ އިރު މި މައްސަލައާއި ގުޅިގެން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވެސް މައްސަލައެއް ބަލާފައިވެ އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަނީ މައްސަލަ ކުރިއަށް ނުގެންދަން ނިންމާފަ އެވެ.

ހިލޭ އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގާ ކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލައިގައި އަލީ ހަމީދު މީގެ ކުރިން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ކޮރަޕްޝަނާއި ބިރު ދެއްކުމާއި ބްލެކް މެއިލް ކުރުމުގެ ތުހުމަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
22%
0%
0%
11%
0%
67%
ކޮމެންޓް
17 އޭޕްރިލް 2018 | އަންގާރަ 09:27
ޓުވިސް ކަމަށް
ފަނޑިޔާރު އަލީ ހަމީދުގެ ޓުވިސް ކަމަށް ތިވާނީ
17 އޭޕްރިލް 2018 | އަންގާރަ 09:04
ދޮންފުތުބެ
ކުރީގަ. ހުދުޖަނގިޔާއޭ ބުނިމީހަކުވިއްޔާ ޖަލަށް އެކަމަކު މިއަދު ހުދުޖަނގިޔާއޭ ބުނާމީހާއައް ދެނީ ސާބަސް
17 އޭޕްރިލް 2018 | އަންގާރަ 09:00
ހެއްރަބެ
ކުރީގެ ތަހްޤީޤުން އަލީހަމީދުއަކީ އަލީހަމީދަށްނުވި!!! އެކަމަކު މިފަހަރު އަލީހަމީދުވާނީ ހަމަ އަލީހަމީދަށް!!! ތިޔަކުރަނީވާ ވަރުގަދަ ތަހްޤީޤްތަކެއް!!! ހީނހީނ ހަލާކުވާވަރުވޭ
17 އޭޕްރިލް 2018 | އަންގާރަ 08:39
އެޑަމް
ބަލަގަ ފުލުހުން ތިމައްސަލަ ބަލާ ވީޑިއޯއިން ފެންނަނީ ޢަލީ މުޙައްމަދު ނޫންކަމަށް ބުނެފައެއްނު އޮތީ. ދެން މިހާރު ތިއުޅެނީ އާ ވީޑިއޯއެއްތަ އަނެއްކާ؟