ކ. މާލެ
|
14 އޭޕްރިލް 2018 | ހޮނިހިރު 13:39
އދ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެވޯޑް ލިބުނު ފަރާތްތަކަށް ސިއްހަތާ ބެހޭ ވަޒީރު އެވޯޑް ހަވާލުކޮށްދެއްވަނީ
އދ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެވޯޑް ލިބުނު ފަރާތްތަކަށް ސިއްހަތާ ބެހޭ ވަޒީރު އެވޯޑް ހަވާލުކޮށްދެއްވަނީ
ހެލްތު މިނިސްޓްރީ
ދުނިޔޭގެ ސިއްހަތު ދުވަސް
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ސިއްހީ ތިން ދާއިރާއަކުން ފާހަގަކުރެވޭ ފަރާތްތަކަށް އެވޯޑްތައް ދީފި
 
ސިއްހީ ހިދުމަތްތެރިކަމުގެ އެވޯޑް ރެޑް ކްރެސެންޓަށް
 
އެންމެ ރަގަޅަށް މަސައްކަތް ކުރި ހޮސްޕިޓަލަކަށް ދ. އަތޮޅު ހޮސްޕިޓަލް

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ސިއްހީ ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކަށް އެވޯޑް ދީފި އެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަފްލާ ބާއްވާފައިވަނީ އދ. މަހިބަދޫގައެވެ.

ހޮނިހިރު ދުވަހު ހެނދުނު އޮތް މިހަފްލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ތަފާތު ތިން ދާއިރާއަކުން އެވޯޑް ދީފައި ވެއެވެ.

އެގޮތުން "ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކޮށްދީފައިވާ ހޮސްޕިޓަލަކަށް ދޭ އެވޯޑު" ލިބިފައި ވަނީ ދ. އަތޮޅު ހޮސްޕިޓަލަށެވެ. "ސިއްހީ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ ޚިދުމަތެއް ކޮށްދައިވާ އަމިއްލަ ފަރާތަކަށް ދޭ އެވޯޑް" މިފަހަރު ދީފައި ވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓަށެވެ. މިދެ އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ހެލްތު މިނިސްޓްރީން ދޭ އެވޯޑެކެވެ. "ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން އެންމެ ފާހަގަކޮށްލެވޭ ދިރާސާއެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑު" ލިބިލައްވާފައި ވަނީ ޑރ. އާއިޝަތު ޝިފާޒާ އަށެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

މީގެ އިތުރުން، މިނިސްޓަރ ނާޒިމް ވަނީ "މޯލްޑިވްސް ހެލްތު ރިސަރޗް ބުލެޓިން" ގެ 5 ވަނަ އަދަދާއި "ސިއްހީ ދާއިރާގެ ކާމިޔާބީތަކުގެ ފޮތް 2014-2017" ވެސް ނެރެދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލޯގޯ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް