ކ. މާލެ
|
14 އޭޕްރިލް 2018 | ހޮނިހިރު 12:07
އިލެކްޝަންސް ކޮމިޝަނުގައި ކުރިއަށްދާ ތަމްރީނުތައް
އިލެކްޝަންސް ކޮމިޝަނުގައި ކުރިއަށްދާ ތަމްރީނުތައް
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިހާބާ ގުޅޭ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ފަށައިފި
 
އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮބްޒަވަރުން ތަމްރީނު ކުރުން މިމަހު ފެށޭނެ
 
މި ޓްރެއިނިންގ ހާއްސަ ކުރެވިފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް
 
މިއީ އެއް ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް

އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ރިޔާސީ އިންތިހާބަށް ތައްޔާރު ކުރުމުގެ ޓްރެއިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.

އިންތިހާބާ ގުޅޭ ޓްރެއިނިންގ ކުރިއަށްދަނީ ހެނދުނު 09:00 އިން ހަވީރު 05:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، ރިޔާސީ އިންތިހާބަށް މޮނިޓަރުންނާއި އޮބްޒަވަރުންނަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮބްޒަވަރުންނާއި މޮނިޓަރުން ތަމްރީނު ކުރުމަށް މިމަހުގެ 24 ވަނަ ދުވަހު އަތޮޅުތަކަށް އިލެކްޝަންސް ކޮމިޝަނުގެ ހަތަރު ޓީމެއް ފުރާނެ ކަމަށާއި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އިންތިހާބުގައި ހަރަކާތްތެރިވާ އޮބްޒަރވަރުން ތަމްރީނު ކުރެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

މި ތަމްރީނު ޕްރޮގްރާމުގައި އިންތިހާބު އޮންނަ ދުވަހު  ވޯޓުލާ ސަރަހައްދުގައި ހިނގާ ކަންކަން ބަލަހައްޓައި ސުޕަވައިޒު ކުރުމުގެ އިތުރަށް އިންތިހާބު ކުރިއަށްދާ ވަގުތު ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ވެސް ދެނެގަނެވޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

"ސީނިއަރ މުވައްޒަފުން ފެށިގެން އެންމެ ޖޫނިޔަރ މުވައްޒަފުން ވެސް ބައިވެރިވާނެ. އަޅުގަނޑުމެންގެ އުންމީދަކީ އިލެކްޝަންސް ކޮމިޝަނުގައި ހަރަކާތްތެވާ ހުރިހާ މުވައްޒަފުންނަކީ އިންތިހާބާ ގުޅިގެން ރައްޔިތުން އުފައްދާ ހުރިހާ ސުވާލަކަށް ޖަވާބުދެވޭނެ މުވައްޒަފުންނަށް ހެދުން،" އަކްރަމު ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ފާއިތުވެދިޔަ އިންތިހާބުތަކުގައި ހިނގާފައިވާ ކަންކަމުން މިސާލު ނެގިގެން މި ޓްރެއިނިންގްތައް ކުރިއަށްދާނެ ކަމަށާއި މި ތަމްރީނުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ، އިންތިހާބުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ފަރާތްތައް ކަމަށެވެ.

"އަޅުގަނޑުމެން މި ބާއްވާ އިންތިހާބުތަކުގައި އާންމު ގޮތެއްގައި ގާތްގަނޑަކަށް 4000 އަށް ވުރެ ގިނަ ވޯޓު އޮފިޝަލުން ބައިވެރިވާނެ. މިފަހަރު އަޅުގަނޑުމެން ވޯޓު އޮފިޝަލުންގެ އިތުރަށް އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވެސް އިންތިހާބާ ގުޅޭ މައުލޫމާތުތައް ދިނުމަށް ޓްރެއިނިންގ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި،" އަކްރަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
33%
0%
0%
67%
ކޮމެންޓް
14 އޭޕްރިލް 2018 | ހޮނިހިރު 18:28
ހ މ ޒ
ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރުމުން ކުރިމަތިލާ ފަރާތަކީ މިހާރުގެ ރައީސް ކަމުގައިވިޔަސް، ކުރީގެ ރައީސަކު ކަމުގައިވިޔަސް، އަދި ކުރީގެ ރައީސުން ކަމުގައިވިޔަސް، އަދި އެނޫން ފަރާތެއް ކަމުގައިވިޔަސް، އެ ކުރިމަތިލާ ފަރާތުގެ ކެންޑިޑަންސީ ޞައްޙަތޯ ނުވަތަ ނޫންތޯ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރާނެ ހަމައެކަނި މިންގަނޑަކީ އެކަމަށް ކަނޑައަޅާފައިވާ ޤާނޫނުތައް ކަމަށެވެ.