Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތާޖް މަހަލް

ތާޖް މަހަލްގެ މުންނާރުތަކަށް ގެއްލުންވެއްޖެ

އިންޑިއާ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބުނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 އެޕްރީލު 2018 | ހުކުރު 23:31
ތާޖް މަހަލްގެ ފޮޓޯއެއް

ތާޖް މަހަލްގެ ފޮޓޯއެއް

އިންޑިއާ އަށް ކުރަމުންދާ ވިއްސާރާގައި އާގަރާއަށް ވައި ގަދަވުމުގެ ސަބަބުން ދުނިޔޭގެ ހަތް އަޖާބުތަކުގެ ތެރޭގައި ހިމެނޭ ތާޖް މަހަލްގެ މުންނާރުތަކަށް ގެއްލުންވެއްޖެއެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް 130 ކިލޯ މީޓަރު ބާރުމިނުގައި ވައިޖެހުމުގެ ސަބަބުން މުންނާރުތަކަށް ގެއްލުންވެފައިވެއެވެ. އަދި 12 ފޫޓުގެ މުންނާރުތައް ވެއްޓިފައިވާ ކަމަށްވެސް އެ ނޫހުގައިވެއެވެ.

ވެއްޓުނު އެއް މުންނާރަކީ ރޯޔަލް ގޭޓް ކައިރީ ހުންނަ މުންނާރެކެވެ. އެ ގޭޓުން ވަންނަ މީހުންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަންނަ މުންނާރަކީވެސް މިއެވެ. ދެން ވެއްޓުނީ ދެކުނު ގޭޓު ކައިރީ ހުންނަ މުންނާރެކެވެ.

ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ތާޖް މަހަލް އަކީ ހިންދުސްތާންގެ އާގަރާގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު ކުރެވުނު ހަދާނީ ބިނާއެކެވެ. މި އިމާރާތުގެ މަސައްކަތުގައި ވިހި ހާހަށް ވުރެ ގިނަ މީހުން އުޅެފައިވެއެވެ. މިއީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.

ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 1632 ވަނަ އަހަރުއެވެ. މުޅި އިމާރާތް އެއްކޮށް ބިނާކޮށް ނިމިފައިވަނީ 1653 ގައެވެ.

ތާޖު މަހަލް ގެ ޢިމާރާތް ފަރުމާ ކުރުމުގައި އިސްދައުރެއް އަދާކުރެއްވި މައި ފަރުމާ ކުރުންތެރިޔަކީ އުސްތާޛު އަހުމަދު ލަހޯރީ އެވެ.

ތާޖް މަހަލް އަކީ މުގަލް އާކިޓެކްޓަރ ދައްކައިދޭ ވަރަށް ރީތި މިސާލެކެވެ. ތާޖު މަހަލްގެ ޢިމާރާތުން ފާރިސީ، ތުރުކީ، ހިންދީ، އަދި އިސްލާމީ ދައުލަތް ތަކުގެ ޢިމާރާތްތައް ކުރުމުގައި ގެންގުޅެފައިވާ ފަންނުތައް ފެންނަން އެބަހުއްޓެވެ.

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2020

ތާޖް މަހަލް އާއި އާގްރާ ފޯޓް އާންމުންނަށް އަލުން ހުޅުވަނީ

08 ސެޕްޓެމްބަރު 2020
ތާޖް މަހަލް އާއި އާގްރާ ފޯޓް އާންމުންނަށް އަލުން ހުޅުވަނީ
07 ޖުލައި 2020

ތާޖް މަހަލް ހުޅުވުން ފަސްކޮށްފި

07 ޖުލައި 2020
ތާޖް މަހަލް ހުޅުވުން ފަސްކޮށްފި
01 މާރިޗު 2020

ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ތާޖްމަހަލްގައި ނެގި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން

01 މާރިޗު 2020
ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ތާޖްމަހަލްގައި ނެގި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން
02 މެއި 2018

ތާޖް މަހަލްގެ ކުލަ ބަދަލުވާތީ އިންޑިއާގެ ސުޕްރީމް ކޯޓް ކަންބޮޑުވެއްޖެ

02 މެއި 2018
ތާޖް މަހަލްގެ ކުލަ ބަދަލުވާތީ އިންޑިއާގެ ސުޕްރީމް ކޯޓް ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު