Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މަސްވެރިކަން

ހަފްތާއެއްގެ ތެރޭގައި މަސްވެރިއަކަށް 25،000 ރުފިޔާ ޖެހުނު

13 އެޕްރީލު 2018 | ހުކުރު 14:06

ހަފްތާއެއްގެ ތެރޭގައި ދޯނިތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 އެޕްރީލު 2018 | ހުކުރު 14:06
ދޯންޏަކުން ބަސް ބާނައި ތައްޓުމަތި ފުރާލާފައި

ދޯންޏަކުން ބަސް ބާނައި ތައްޓުމަތި ފުރާލާފައި

ރެކޯޑު އަދަދަކަށް މިދިޔަ ހަފްތާގައި މަސް ބޭނުމުން، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބައެއް ދޯނިތަކަށް ލިބިފައިވާ ކަމަށާއި އެވްރެޖުކޮށް މަސްވެރިއަކަށް 25،000 ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މަސްވެރިން ބުނެފިއެވެ.

އަދާޔާ ހިފާލަށް މަސްވެރިކަން ރަނގަޅުވުމުން، އެންމެން ވެސް އުންމީދުކޮށްގެން ތިބީ މަސްވެރިންގެ އަތްމަތި ތަނަވަސް ވެގެންދާނެ ކަމަށެވެ. ކަން ދިމާވީ ވެސް އެގޮތަށެވެ. ދެކުނުގައި މަސްވެރިކަން ކުރި ދޯނިތަކަށް އެވްރެޖުކޮށް ހަފްތާއެއްގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. ދޯނިތަކަށް ލިބުނު ފައިސާ ހަފްތާ ނިމުމާއެކު، މަސްވެރިންނަށް ވަނީ ބަހާފައެވެ.

Advertisement - newsAdvertisement

ގދ. ފަރެސްމާތޮޑާ "ސަފީނާ" ދޯނީގެ ކެޔޮޅު ހުސައިން މަނިކު "ރާއްޖެއެމްވީ"އަށް ބުނީ އެ ދޯންޏަށް ނިމުނު ހަފްތާ ތެރޭގައި 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ކޮންމެ މަސްވެރިއަކަށް ހަފްތާ ތެރޭގައި 25،000އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި ފީނުމުގެ މަސައްކަތުގައި އުޅުނު މަސްވެރިންނަށް 30،000 ރުފިޔާ ލިބުނު ކަމަށް ހުސައިން މަނިކު ބުންޏެވެ.

ސަފީނާ ދޯންޏަކީ އެއް ދުވަހެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސް ބޭނި ދޯންޏެވެ. އެ ދޯނިން މިދިޔަ ހޮނިހިރު ދުވަހު ވަނީ 43 ޓަނުގެ މަސް ބާނާފައެވެ. ބައްތިރީސް ފަޅުވެރިންނާއެކު ދެކުނުގައި މަސްވެރިކަން ކުރާ ސަފީނާ ދޯންޏަކީ އެއްފަހަރާ 100 ޓަނުގެ މަސް ބޭނުމުގެ ގާބިލުކަން ލިބިފައިވަ ދޯންޏެއް ކަމަށް އެ ދޯނީގެ ކެޔޮޅު ބުންޏެވެ.

ނަމަވެސް އެކަށީގެންވާ ވަރަށް މިފްކޯއިން އައިސް ފޯރުކޮށް ނުދޭތީ، ބާނާ މަސް ކުނިވެދާނެ ކަމުގެ ބިރައްޓަކައި އެ ދޯނިން މަސް ބާނަނީ ކޮންޓްރޯލު ކޮށްގެންނެވެ. މަސްވެރިކަން ރަނގަޅުވި ހަފްތާގައި ވެސް، އައިސް ނުލިބިގެން ދެ ދުވަހު އެ ދޯނި މަހަކަށް ނުފުރައެވެ. އެންމެ ފަހުން ޖެހުނީ ދިގު ދަތުރެއްކޮށްފައި، ފުވައްމުލަކަށް ގޮސް އަމިއްލަ ބައެއްގެ އަތުން ބޮޑު އަގުގައި އައިސް ގަންނާށެވެ.

"ކުއްޑޫއަކުން އައިސްއެއް ނުލިބޭ. ފަރެސްމާތޮޑާއަކުން އަދި ދެއްވަދޫއަކުން ވެސް އައިސްއެއް ނުލިބޭ. އެއްވެސް ގޮތަކަށް ނުލިބިގެން މިދިޔަ ހަފްތާގެ ހޯމަ އަންގާރައިގައި މަހަކަށް ނުދަން،" އުމުރުން 53 އަހަރުގެ ކެޔޮޅު ހުސައިން މަނިކު ބުންޏެވެ.
"އެންމެ ފަހުން ޖެހުނީ ފުވައްމުލަކަށް ގޮސްގެން ބޮޑު އަގުގައި އައިސް ގަނެގެން މަހަށް ފުރަން. ބުދަ ބުރާސްފަތީގައި މަހަށް ދިޔައީ ފުވައްމުލަކުން ބޮޑު އަގުގައި އައިސްގަނެގެން،"

މިފްކޯއިން ދެކުނުގައި އަށް އައިސްޕްލާންޓު ގާއިމުކޮށްފައިވާއިރު، އެތަންތަނުން މަސްވެރިންނަށް އައިސް ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ނަމަވެސް މިފްކޯއިން މަސްވެރިންގެ ވާހަކަތައް ދޮގުކުރެއެވެ. ބައެއް ދޯނިތަކުން ބާނާ މަހަށް ފައިސާ ނުދީ ބިލުކުރާ ކަމުގެ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ބިލު ކުރި ދޯނިތަކަށް މިފްކޯއިން ވަނީ ފައިސާ ދޫކޮށްފައެވެ.

މިދިޔަ ހަފްތާގައި މަސްވެރިންނަށް އައިސް ލިބުމުގައި ދަތިތަކާ ކުރިމަތި ނުވި ނަމަ، ބައެއް ދޯނިތަކަށް ދެ މިލިއަނާ ގާތް ކުރާ އަދަދަކަށް ފައިސާ ލިބޭނެ ކަމަށް މަސްވެރިން އަންދާޒާ ކުރެއެވެ. އަދި އެވްރެޖުކޮށް ކޮންމެ މަސްވެރިއަކަށް ހަފްތާއެއްގެ ތެރޭގައި 40،000 ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ވެސް އަންދާޒާ ކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް