Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ސެމީގައި ބަޔާން އަދި ރެއާލްގެ ވަރުގަދަ ކުރިމަތިލުމެއް

13 އެޕްރީލު 2018 | ހުކުރު 12:10

ބަޔާން ކުޅޭނީ ރެއާލްއާ ދެކޮޅަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 އެޕްރީލު 2018 | ހުކުރު 12:10
ސެމީ ފައިނަލުގައި ޓީމުތައް ވާދަކުރާ ގޮތް

ސެމީ ފައިނަލުގައި ޓީމުތައް ވާދަކުރާ ގޮތް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކް ވާދަކުރަން ޖެހިއްޖެއެވެ.

ސްވިޓްޒަލޭންޑުގެ ނިޔޯންގައި ހުންނަ ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާގެ ހެޑްކުއާޓަރގައި ކުރިޔަށްދިޔަ ގުރު ނެގުމުގައި ބަޔާން މިއުނިކް ލައްވާލާފައިވަނީ މިދިޔަ ދެ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. ހަމައެހެންމެ 10 އަހަރަށްފަހު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ލިވަޕޫލް ސެމީގައި ނުކުންނާނީ އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށެވެ.

ބަޔާންގައި ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސްޕެއިންގެ ސެވިއްޔާ ބަލިކޮށްގެންނެވެ. މި ދެ ޓީމު ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 އިން ބަޔާން ކާމިޔާބުކުރިއިރު ބަޔާންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ. ރެއާލް ސެމީއަށް ދަތުރުކުރީ ކުއާޓާގައި އިޓަލީގެ ޔުވެންޓަސް 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި ދެ ޓީމު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-0 އިން ރެއާލް ކާމިޔާބުކުރި ނަމަވެސް ޔުވެންޓަސްއިން ވަނީ ރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު 3-1 އިން ކާމިޔާބުކޮށްފައެވެ.

ލިވަޕޫލް ސެމީއަށް ދަތުރުކުރީ މެންޗެސްޓާ ސިޓީގެ މައްޗަށް 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ލިވަޕޫލްގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު 3-0 އިން ލިވަޕޫލް ކާމިޔާބުކުރިއިރު އެ ޓީމުން ވަނީ ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ވެސް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ ރޯމާ ސެމީގެ ޖާގައެއް ހޯދީ ވަރުގަދަ ބާސެލޯނާ ސިއްސުވާލައި 4-4 ގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުކޮށް ރަށުން ބޭރުގައި ޖެހި ލަނޑުން ކުރި ހޯދައިގެންނެވެ. ބާސާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 4-1 އިން ބާސާ ކާމިޔާބުކުރިއިރު ރޯމާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ރޯމާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލުގެ ފުރަތަމ ލެގުތައް މި މަހުގެ 24 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގުތައް ކުޅުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ ފުރަތަމަ ދުވަހުއެވެ. ފުރަތަމަ ލެގު ބަޔާންގެ ދަނޑުގައި ކުޅޭއިރު ލިވަޕޫލް ވެސް ފުރަތަމަ ލެގު ކުޅޭނީ އަމިއްލަ ދަނޑުގައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 26 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް