Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

ޕާޓީތަކުގެ ޕްރައިމަރީ އީސީގެ ބެލުމުގެ ދަށުން ބާއްވާ އިސްލާހު ހުށަހަޅަނީ

13 އެޕްރީލު 2018 | ހުކުރު 06:08

ކައުންސިލާއި އާންމު ޖަލްސާތައް މޮނީޓާކުރުމުގެ ބާރު ވެސް އީސީއަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 އެޕްރީލު 2018 | ހުކުރު 06:08
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު

ސިޔާސީ ޕާޓީތަކުން އާންމު އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރުމަށް ބާއްވާ ޕްރައިމަރީތައް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަންޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށާހަޅަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅުވީ ޕާޓީތައް ރެގިއުލޭޓް ކުރުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ހޯދުމުގެ ގޮތުން، ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޕާޓީތަކުގެ ޕްރައިމަރީތަކާއި ކައުންސިލް ބައްދަލުވުންތަކާއި އާންމު ޖަލްސާތަކާއި މޮނީޓާކޮށް، ރެގިއުލޭޓް ކުރެވޭނެ ގާނޫނީ ބާރު ހޯދުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވާ ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެން އިސްލާހު ކުރާއިރުގައި އިލެކްޝަންސް ކޮމިޝަނަށް އެ ބާރު ލިބިގެންވާކަން އަޅުގަނޑުމެން ހިމަނާނަން. މައިގަނޑު ގޮތެއްގައި ޕާޓީ ރެގިއުލޭޓް ކުރުމަށްޓަކައި ޕާޓީގެ ޖަލްސާތަކާއި ޕާޓީގެ މެމްބާޝިޕާއި ޕާޓީގެ ކައުންސިލާއި ޕާޓީގެ ޕްރައިމަރީ އާއި މި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން، ވާހަކައަކީ ރެގިއުލޭޓް ކުރުމުގެ ނުވަތަ އޮބްޒާވް ކުރުމުގެ ފުރުސަތު ލިބޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މިފަހަރު ޕާޓީތަކުގެ ގާނޫނު މިފަހަރު އިތުރަށް ބައްޓަން ކުރާނީ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ "ލަގަނެއް ނެތް އަހެއް ދޫކޮށްލާ" އުސޫލުން ބޭނުން ދިމާލަކަށް ދެވެން އޮންނަ ގޮތަކަށް ޕާޓީތައް ދިއުމުގެ ފުރުސަތު އެ ކޮމިޝަނުން ނުދޭނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން، ގަވާއިދުތައް ހަދައިގެން ވަރަށް އަވަހަށް ޕާޓީތައް ރެގިއުލޭޓް ކުރެވޭނެ ހަރުދަނާ އުސޫލެއް އިލެކްޝަންސް ކޮމިޝަނުން ގާއިމު ކުރާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މިހާރު އިލެކްޝަންސް ކޮމިޝަންގައި ޕާޓީތައް ރެގިއުލޭޓް ކުރެވޭނެ ގާނޫނީ މެކޭނިޒަމެއް ނެތް. ގާނޫނީ މެކޭނިޒަމެއް ނެތުމުގެ ސަބަބުން، އެ ގާނޫނީ މެކޭނިޒަމް އުފެއްދުމަށްޓަކައި ޕްރޮޕޯޒް މި ކުރަނީ. އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި ސިޔާސީ ޕާޓީތައް ލަގަނެއް ނެތް އަހެއް ދޫކޮށްލާފައި އޮންނަ ފަދައިން ބޭނުން ދިމާލަކަށް ގޮސް ދޫކޮށްލަން އަޅުގަނޑުމެން ގަބޫލެއް ނޫން،" ޕީއޭގެ ސެކަރެޓަރީ ޖެނަރަލްގެ މަގާމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ޝަރީފު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު އޮތީ ހަ ޕާޓީއެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލު ޕާޓީ އާއި ޑީއާރްޕީގެ އިތުރުން އެމްޑީއޭއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް