Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

ރާއްޖެ މިވަނީ ހިއުމަންރައިޓްސް ކްރައިސަސްއެއްގެ ތެރޭގައި: ގުޅިފައިވާ ޕާޓީތައް

12 އެޕްރީލު 2018 | ބުރާސްފަތި 13:47

ލާއިންސާނީ އަމަލުތައް ހުއްޓުވުމަކީ ގާނޫނުން އެޗްއާރުސީއެމަށް ލާޒިމް ކަމެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އެޕްރީލު 2018 | ބުރާސްފަތި 13:47
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ

ދިވެހިރާއްޖެ މިވަގުތު މިވަނީ ހިއުމަންރައިޓްސް ކްރައިސަސްއެއްގެ ތެރޭގަައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އެކިއެކި ތުހުމަތު ތަކުގައި ޖަލަށްލާފައި ތިއްބެވި ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތަކާމެދު ޖަލުގައި ލާއިންސާނީ އަމަލުތައް ހިންގަމުންދާތީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުންނާ އެކަންކަން ހިއްސާ ކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ޖަލުގައި ތިބޭ މީހުންނާމެދު އަމަލު ކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި އެފަރާތްތަކަށް ދޭންޖެހޭ ހިދްމަތްތައް ނުދޭ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން ދެކޭ ގޮތުގައި ރާއްޖެމިވަނީ ހިއުމަންރައިޓްސް ކްރައިސަސްއެއްގެ ތެރޭގައި. ހިއުމަންރައިޓްސް ކްރައިސަސްއެއްގެ ތެރޭގައިވާއިރު، ހިއުމަންރައިޓްސް ކޮމިޝަން ރަނގަޅަށް ހިނގަންޖެހޭނެ. ކޮމިޝަނުގެ މެމްބަރުން އަބަދުވެސް މިކަމުގައި ތިއްބަވަންޖެހޭނެ. ކަންކަން ހިނގާގޮތް ބެލުމަށް އެލާރޓްގައި ކޮމިޝަނުގެ މެމްބަރުން ތިއްބަވަންޖެހޭނެ،" އިންތި ވިދާޅުވި އެވެ.

މީގެއިތުރުން އިންތި ވިދާޅުވީ ހައްޔަރުކޮށްފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި އެބޭފުޅުންގެ ގާނޫނީ ވަކީލުންނާއި އެބޭފުޅުންގެ އާއިލާއިން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ސަކުވާތައް ބައްލަވާ، ހިއުމަންރައިޓްސް ކޮމިޝަނުން ވަގުތުން އެކަންކަން ބައްލަވާ، ޖަލުތަކުގެ ހާލަތު ބެއްލުވުމަށް ފަހު ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މިވަގުތު ހަމަ ސިސްޓަމެޓިކް އުސޫލުން ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާތީއާއި ނުހައްގުން ޖަލަށް ވަރަށް ގިނަ ފަރާތްތަކެއް ލެވިފައި މިވަނީ. ހާއްސަގޮތެއްގައި ދައުލަތުގެ މުހިއްމު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ފަރާތްތަކެއް ގާނޫނާއި ބައިނަލް އަގްވާމީ މިންގަނޑުތަކާ އެއްގޮތަކަށް ނޫން. އަދި އެބޭފުޅުން ޖަލަށްލުމަށް ފަހު ގާނޫނާ ހިލާފަށް ގިނަ ކަންކަން ހިންގަމުންދާ ކަމަށާއި އަނިޔާވެރި އަމަލުތައް ވެސް ހިންގަމުން އެދަނީ،" އިންތި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިންތި ވިދާޅުވީ ރާއްޖޭގައި ހިނގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަކީ ގާނޫނުން ހިއުމަންރައިޓްސް ކޮމިޝަނަށް ލާޒިމް ކަމެއް ކަމަށެވެ. އަދި އެގޮތުން ޖަލުގައި މިހާރު ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ހިއުމަންރައިޓްސް ކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާނަމަ އެބޭފުޅުންނާ ވެސް ގާނޫނު އަރާ ހަމަ ކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް