ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 15:17
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ގޫގުލް
އިސްލާމިކް މިނިސްޓްރީން އެކުލަ
ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާ މެދު ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރާނޭ އުސޫލެއް އެކުލަވާލައިފި
 
މިފަދަ ފަރާތްތަކަށް ދިވެހި ސަރުކާރުންދޭ ހިދުމަތްތަކުން މަހުރޫމު ކުރެވޭނެ
 
ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ވަނީ ފާހަގަކޮށްފައި
 
މި އުސޫލުގައި ވަނީ އަޅާނެ ފިޔަވަޅުތައް ހިމަނާފައި

ދީނީ މިނިވަންކަމާއި ދީނަށް މަލާމާތް ކުރުމުގައި ދީނުގެ ނަމުގައި ހަނގުރާމައަށް ދިޔުމާއި، ދީނުގެ ނަމުގައި މާރާމާރީ އާއި ހަނގުރާމަވެރި ހަރަކާތްތައް ހިންގުމާ ބެހޭ މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރާނޭ އުސޫލެއް އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މި އުސޫލުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން މިފަދަ އުސޫލެއް އެކުލަވާލުމުގެ މަގްސަދަކީ އިސްލާމްދީން ދޫކޮށްލުމާއި، ފާޅުގައި އިސްލާމްދީނަށް ތައުހީނުކޮށް ދީނާ ދެކޮޅަށް ވާހަކަދައްކައި ދީނާ ދެކޮޅު ގޮވާލުންތައް ގޮވާލުން ހުއްޓުވުމެވެ. ދީނުގެ ނަމުގައި ހަނގުރާމައަށް ދިޔުމާއި، ދީނުގެ ނަމުގައި މާރާމާރީ އާއި، ހަނގުރާމަވެރި ހަރަކާތްތައް ހިންގުމާއި، މިފަދަ ވިސްނުންތައް ގެންގުޅޭ މީހުންގެ ތެރެއިން، މީހެއްގެ ނުވަތަ އެ ބައެއްގެ ވިސްނުންތަކާއި ތަފާތު ވިސްނުން ގެންގުޅޭ ނުވަތަ ގެންގުޅޭކަން އެނގޭ ފަރާތްތަކަށް ފާޅުގައްޔާއި އަދި ސިއްރިއްޔާތުގައި ހަނގާކުރުމާއި، ބިރުދެއްކުމުގެ ހަރަކާތްތައް ހުޓުވުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި އުސޫލު ބައްޓަން ކުރެވިފައި ވަނީ މުރުތައްދުވުމައި ރާއްޖެއިން ބޭރުގައި ދީނުގެ ނަމުގައި ކުރާ ހަނގުރާމައަށް ދިޔުމުގެ އިތުރަށް އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އިސްލާމްދީނަށް މަލާމާތްކުރުމާއި، އިސްލާމްދީނާ ބެހޭ ގޮތުން ނުބައި މައުލޫމާތު ފެތުރުން އަދި "ހޭޓް ސްޕީޗް"އަށް ވާނޭ ފަދަ ވާހަކަ ދެއްކުމުގެ މައްޗަށެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް އިސްލާމިކް  މިނިސްޓްރީން ބުނެއެވެ. އެގޮތުން މަދަނީ އަދަބުތަކެއް ކަނޑައެޅުމަކީ ކުރަންޖެހިއްޖެ ކަމެއް ކަމަށް ޤަބޫލުކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިގޮތުން މިފަދަ މަދަނީ ފަރާތްތަކުގެ ޕެންޝަނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ފިޔަވައި، ދިވެހި ސަރުކާރުން ދޭ އެކިއެކި އެހީތަކާއި، އާސަންދަ އާއި، ބިމުގެ ލޯނު ސްކީމް ފަދަ ކަންކަމުން، މަޙުރޫމް ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިފިޔަވަޅުތައް އެޅުމައްޓަކާއި ޤާނޫނުގައި ކަނޑައެޅޭނޭ ގޮތެއްގެ މަތިން މަދަނީ ފިޔަވަޅު އެޅުމަކީ މިއަދު ކުރަންޖެހޭ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިކަންކަމަށް މަގުފަހިކުރެވޭނޭ ގޮތަކަށް ޤާނޫނީ އޮނިގަނޑު ބައްޓަންކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
100%
0%
0%
0%
0%
0%
ކޮމެންޓް