Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: 10 އަހަރަށް ފަހު ލިވަޕޫލް ސެމީއަށް

11 އެޕްރީލު 2018 | ބުދަ 16:51

ލިވަޕޫލް ކޮލިފައިވީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 11 އެޕްރީލު 2018 | ބުދަ 16:51
މުހައްމަދު ސަލާހު އަދި ސަދިއޯ މާނޭ

މުހައްމަދު ސަލާހު އަދި ސަދިއޯ މާނޭ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން 10 އަހަރަށް ފަހު އިނގިރޭސިވިލާތުގެ ލިވަޕޫލް ޖާގަ ހޯދައިފިއެވެ.

ލިވަޕޫލް ސެމީއަށް ދަތުރު ކުރީ ކުއާޓާ ފައިނަލުގައި 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ. މި ދެ ޓީމު ލިވަޕޫލްގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު 3-0 އިން ލިވަޕޫލް ކާމިޔާބުކުރިއިރު އެ ޓީމުން ވަނީ ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ވެސް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ސިޓީގެ ފުރަތަމަ އެގާރައިން ބޮޑު ބަދަލުތަކެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައިވަނީ އެންމެ ތިން ޑިފެންޑަރުންނަށެވެ. އެޓޭކަށް ވިސްނައިގެން ނުކުތް ސިޓީގެ ޓީމުން ލެރޯއި ސާނޭ އާއި ބަނާޑޯ ސިލްވާ އަދި ރަހީމް ސްޓާލިން ފެނިގެންދިޔައިރު ލިވަޕޫލްގެ ފުރަތަމަ އެގާރައިން ހަތަރު ބަދަލެއް ވަނީ ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ދެވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިދިނީ ގެބްރިއެލް ޖީސަސްއެވެ. މި ލަނޑަށް ފަހު ވެސް ސިޓީއިން ލިވަޕޫލްގެ ގޯލާއި އަމާޒުކޮށް ފުލުފުލުގައި ހަމަލާ އުފައްދަމުންދިޔައިރު ލިވަޕޫލްގެ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވުމަށް ބުރަ މަސައްކަތްތަކެ އްކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބަނާޑޯ ސިލްވާގެ ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ދަނޑީގައި ޖެހުނުއިރު ލެރޯއި ސާނޭ ޖެހި ލަނޑެއް ރެފްރީ ވަނީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި ނިންމާފައެވެ. އެހެން ނަމަވެސް އެ ލަނޑު ޖެހިއިރު އޭނާހުރީ އޮފްސައިޑް މަގާމެއްގައި ނޫންކަން ރިޕްލޭތަކުން ފެނިގެންދެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއަށް ބެންޗުން ފުރުސަތު ދީފައެއް ނުވެއެވެ. އޭނާ ބެންޗުން ފޮނުވާލީ ފުރަތަމަ ހާފަށް ފަހު ރެފްރީއާ ޒުވާބު ކުރުމާއި ގުޅިގެންނެވެ. މި ހާފުގައި ލިވަޕޫލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ކައުންޓާގައި ސިޓީގެ ގޯލަށް ނުރައްކާކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހާ ލިވަޕޫލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސިޓީއިން އަލުން އަނބުރާ މެޗުގެ ލީޑު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް ލިވަޕޫލްއިން ވަނީ އިތުރު ލަނޑެއް ޖަހާ ސިޓީގެ އުއްމީދުތައް ފުނޑުފުނޑު ކޮށްލާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ސަލާހު އަދި ފިރްމީނޯ ވަނީ ޗެމްޕިއަންސް ލީގުގައި އަށް ލަނޑު ޖަހާފައެވެ. އެ ދެ ކުޅުންތެރިންނާއި އެއް އަދަދަކަށް ލިވަޕޫލްގެ ތާރީހުގައި ވެސް އެހެން އެއްވެސް ކުޅުންތެރިންތަކަކަށް އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގުގައި މިވަރަށް ލަނޑު ޖެހިފައެއް ނުވެއެވެ. ހަމައެހެންމެ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 33 ލަނޑު ޖަހައި ލިވަޕޫލްއިން ވަނީ 2003 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްއިން ގާއިމުކުރި ރެކޯޑު މުގުރާލާފައެވެ. ހަމައެހެންމެ މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ލިވަޕޫލް ޖާގަ ހޯދި 10 ވަނަ ފަހަރެވެ.

ލިވަޕޫލްގެ އިތުރުން ރޯމާއިން ވެސް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް