Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ބާސާ ސިއްސުވާލައި ރޯމާ ސެމީއަށް

ދެ ޓީމު އެއްވަރުވީ 4-4 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 11 އެޕްރީލު 2018 | ބުދަ 05:42
ބާސާ ޗެމްޕިއަންސް ލީގުން ކަޓުވާލި ލަނޑުޖެހި މަނޯލާސް

ބާސާ ޗެމްޕިއަންސް ލީގުން ކަޓުވާލި ލަނޑުޖެހި މަނޯލާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވަރުގަދަ ބާސެލޯނާ ސިއްސުވާލައި އިޓަލީގެ އޭއެސް ރޯމާއިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ރޯމާ ސެމީއަށް ދަތުރުކުރީ 4-4 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމާއެކު ރަށުން ބޭރުގައި ޖެހި ލަނޑުން އެ ޓީމަށް ކުރި ލިބޭތީއެވެ. ބާސާގެ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގު 4-1 އިން ބާސާއިން ކާމިޔާބުކުރި ނަމަވެސް އަންގާރަ ދުވަހުގެ ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗު މުޅި ދުނިޔެ ސިއްސުވާލައި އެ ޓީމުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ލެގާނޭސް އަތުން މޮޅުވި ބާސާގެ ޓީމުން ހަތަރު ބަދަލެއް ފެނިގެންދިޔައިރު ފިއޮރެންޓީނާ އަތުން ބަލިވި ރޯމާގެ ޓީމުން ވެސް ވަނީ ހަތަރު ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާއިން ލަނޑު ޖެހުމާ ގާތަށް ދިޔަ ނަމަވެސް ރޯމާއިން ވަނީ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް ނަގާފައެވެ. އެ ޓީމުން ފުލުފުލުގައި ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާ އަމާޒުކުރިއިރު ބާސާގެ ކީޕަރު ވަނީ މި ހަމަލާތައް ދިފާއުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް ރޯމާއިން ވަނީ މެޗުގެ ހަވަނަ މިނެޓުގައި ބާސާގެ ގޯލު ހުޅުވާލާފައެވެ. ޑެނިއެލޭ ޑެރޯސީ ދިން ބޯޅައަކުން މި ލަނޑު ރޯމާއަށް ޖަހައިދިނީ ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯއެވެ. މި ލަނޑަށް ފަހު ވެސް ރޯމާއަށް އެ ޓީމުގެ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު ބާސާއިން ކުޅެފައިވަނީ ޑިފެންސަށް ވިސްނައިގެންނެވެ. ފުރަތަމަ ހާފުގައި ރޯމާއިން 10 ހަމަލާއެއް ބާސާގެ ގޯލަށް އަމާޒުކުރިއިރު އެހެން އެއްވެސް ޓީމަކަށް ބާސާގެ ގޯލާއި އަމާޒުކޮށް މިވަރަށް ހަމަލާ ފޮނުވާލެވިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައިއޮވެ ރޯމާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ބާސާގެ ހާފަށް ބާރުބޮޑުކޮށްފައެވެ. ބާސާއަށް ހަމަލާ އުފެއްދިފައިނުވާއިރު ރޯމާއަށް ސެމީގެ އުއްމީދު އާވެގެންދިޔައީ މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއާއެކުއެވެ. ކެޕްޓަން ޑެނިއެލޭ ޑެރޮސީ ވަނީ މި ޕެނަލްޓީ ގޯލަށް ވައްދާލައި ރޯމާއަށް ސެމީގެ އުއްމީދު ދަމަހައްޓައިދީފައެވެ. ބާސާގެ ފަރާތުން މި ލަނޑަށްފަހު ވެސް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާއިރު އެ ޓީމަށް ނުރައްކާތެރި ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެއެވެ. ބާސާގެ ކީޕަރަށް ނުކުޅަދާނަވާ ވަރަށް ރޯމާއިން ހަމަލާ އުފެއްދިއިރު 82 ވަނަ މިނެޓުގައި ރޯމާއިން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު ސެންގިޒް އަންޑަރ ނަގައިދިން ކޯނަރަކުން ޖަހައިދިނީ އެ ޓީމުގެ ޑިފެންޑަރު ކޮންސްޓަންޓީނޯސް މަނޯލާސްއެވެ.

މި މެޗު ވެގެން ގޮސްފައިވަނީ ތިން ލަނޑުގެ ލީޑަކާއެކު ދެވަނަ ލެގާއި ކުރިމަތިލާ ބާސާ ކޮލިފައިނުވި ފުރަތަމަ ފަހަރަށެވެ. ހަމައެހެންމެ ރޯމާ ވެގެންގޮސްފައި ވަނީ ތިން ލަނޑުގެ ތަފާތެއް ބަދަލު ކޮށްލައިގެން ސެމީއަށް ކޮލިފައިވި ތިންވަނަ ޓީމަށެވެ. ހަމައެހެންމެ މިއީ 1984 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރޯމާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ސެމީގެ ޖާގައެއް ރޯމާގެ އިތުރުން އިނގިރޭސިވިލާތުގެ ލިވަޕޫލްއިން ވެސް ވަނީ ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު