Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަމީތާބާއި ތާޕްސީ

އަމީތާބާއި ތާޕްސީ އަނެއްކާވެސް އެކީގައި ފިލްމަކުން

އެދެމީހުން އެކީގައި ފެނިގެންދާނީ ސުޖޯއީ ގޯޝްގެ ފިލްމަކުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2018 | އަންގާރަ 04:42
ތާޕްސީ(ކ) އަދި އަމީތާބް

ތާޕްސީ(ކ) އަދި އަމީތާބް

މަޝްހޫރު ތަރި އަމީތާބް ބައްޗަން އާއި ތާޕްސީ ޕަންނޫ އެކުގައި އެންމެ ފުރަތަމަ ފެނިފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ނިކުތް ފިލްމު ޕިންކު އިންނެވެ.

އޭގެ ފަހުން އެދެތަރިން އެކީގައި ފެނިފައެއް ނުވެއެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އަމީތާބާއި ތާޕްސީ ޕަންނޫ އަނެއްކާ ވެސް ފިލްމެއްގައި މަސައްކަތް ކުރުމަށް ސޮއިކޮށްފިއެވެ. ސޮއިކޮށްފައިވަނީ ސުޖޯއީ ގޯޝްގެ ފިލްމަކުން ކަމަށާއި ފިލްމުގެ ޝޫޓިން މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އަމީތާބާއި ތާޕްސީ ކުޅެފައިވާ ފިލްމަކީ 2016 ވަނަ އަހަރުގައި ގިނަ އެވޯޑްތަކެއް ހާސިލް ކޮށްފައިވާ ފިލްމެކެވެ. އެގޮތުން ނެޝަނަލް ފިލްމު އެވޯޑްސް އިން ބެސްޓް ފިލްމު އޮން ސޯޝަލް އިޝޫޒް އަށް އެ ފިލްމު ވަނީ ހޮވިފައެވެ. ފިލްމު ފެއާ އެވޯޑްއިން ބެސްޓް ޑައިލޮގް އާއި ސްޓާ ސްކްރީން އެވޯޑްއިން ބެސްޓް ފިލްމުގެ މަގާމް އެފިލްމަށް ވަނީ ލިބިފައެވެ. އަދި ސްޓާ ސްކްރީން އެވޯޑް އިން ބެސްޓް ފިލްމު ، ބެސްޓް އެކްޓަރ، ބެސްޓް ޑައިލޮގް، ބެސްޓް އެޑިޓިން ވަނީ ލިބިފައެވެ. މީގެ އިތުރުން ސްޓާ ޑަސްޓް އެވޯޑް އިން ބެސްޓް އެކްޓަރ އަދި ޒީ ސިނެ އެވޯޑް އިން ބެސްޓް ފިލްމު ،ބެސްޓް އެކްޓަރ އަދި ބެސްޓް ޑައިލޮގް އަށް 2016 ވަނަ އަހަރު އެ ފިލްމަށް ވަނީ ލިބިފައެވެ. ތާޕްސީއާއި އަމީތާބް ލީޑު ރޯލުން ފެނިގެން ދިޔަ ޕިންކު ވެފައިވަނީ އެ އަހަރު އެންމެ ގިނަ އެވޯޑް ގެންދިޔަ ފިލްމަށެވެ.

ތާޕްސީއާއި އަމީތާބް އެކުގައި ސުޖޯއީ ގޯޝްގެ ފިލްމަކުންފެންނައިރު މި ފިލްމަކީ ކޮންކަހަލަ ވާހަކައެއް ކަމެއް ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. އެ ފިލްމު ވެގެންދާނީ ސުޖޯއީ ގޯޝްގެ ފިލްމަކުން ފުރަތަމަ ފަހަރަށް ތާޕްސީ ފެނިގެންދާނެ ފިލްމަށެވެ. އެހެން ނަމަވެސް އަމީތާބް ވަނީ ސުޖޯއީ ގޯޝްގެ ފިލްމަކުން މީގެ ކުރިން ފެނިގެން ގޮސްފައެވެ. އެއީ އަލާދީންއެވެ.

އަމީތާބް އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ މިއަހަރު ރިލީޒްކުރާ ފިލްމު 102ނޮޓް އައުޓް އިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

"މަލަންގް" އިން ރާނީ އާއި ސަންޖޭ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

03 ސެޕްޓެމްބަރު 2017
ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ

ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ

28 އޯގަސްޓު 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

24 އެޕްރީލު 2017
ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން

ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު