Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މަސްވެރިކަން

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ދެކުނަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅު

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 8 އެޕްރީލު 2018 | އާދީއްތަ 07:23
ދޯންޏަކުން ބޭނި މަސް ތައްޓުމަތީގައި

ދޯންޏަކުން ބޭނި މަސް ތައްޓުމަތީގައި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ، ހޮނިހިރު ދުވަހު އެކަނިވެސް 700 ޓަނުގެ މަސް ދެކުނުގެ މަސްވެރިން ބާނައިފިއެވެ.

ހުވަދޫ މަސްވެރިން "ރާއްޖެއެމްވީ"އަށް ބުނީ ހޮނިހިރު ދުވަހު މަހަށް ނުކުތް ކޮންމެ ދޯންޏަކުން އެވްރެޖުކޮށް، 15 ޓަނާއި 20 ޓަނާދެމެދުގެ އަދަދަކަށް މަސް ބާނާފައިވާ ކަމަށެވެ. ރެކޯޑު އަދަދަކާއެކު 43 ޓަނުގެ މަސް ފަރެސްމާތޮޑާ ދޯންޏަކުން ހޮނިހިރު ދުވަހު ބާނާފައިވާ ކަމަށް ހުވަދޫ މަސްވެރިން ރާއްޖެއެމްވީއަށް ބުންޏެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ދެކުނުގެ މަސްވެރިން މި ދުވަސްވަރު ބާނަނީ ބޮޑެތި ގޮދައެވެ. މަސްވެރިން ބުނާ ގޮތުގައި ދެކުނަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެންނެވެ.

ކުއްޑޫ ބަނދަރުގައި މަސް ކިރުވަން ކިއު ހަދާފައި

މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހޮނިހިރު ދުވަހު އެކަނި ވެސް ގއ. ކޫއްޑޫއަށް 400 ޓަނުގެ މަސް ކިރާފައިވާ ކަމަށާއި ހުވަދު އަތޮޅާއި އާއި އައްޑޫ ސަރަހައްދަށް ފޮނުވާފައިވާ މިފްކޯގެ ބޯޓުތަކަށް ވެސް 300 ޓަނުގެ މަސް ހޮނިހިރު ދުވަހު ކިރުވާފައިވާ ކަމަށެވެ. އެހެންކަމުން އިއްޔެ އެކަނި ވެސް ރާއްޖޭގެ ދެކުނުން 700 ޓަނު މަސް ބާނާފައިވާ ކަމަށް ރަމްޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިއްޔެއަކީ ރާއްޖެގައި އެންމެ ގިނަ އަދަދަކަށް މަސް ބޭނި ދުވަސް ކަމަށާއި އިއްޔެއަކީ މަސްވެރިކަމުގައި ތާރިހީ ދުވަހެއް ކަމަށެވެ.

"ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިއްޔެއަކީ އެންމެ ރަނގަޅަށް މަސް ކިރުވި ދުވަސް. މިދިޔަ އަހަރުވެސް އެންމެ ގިނައިން މަސް ބޭނި ދުވަހު 700 ޓަނު ހަމައެއް ނުވޭ. ވަރަށް ބޮޑަށް މި ވަނީ މަސްވެރިކަން ރަނގަޅުވެފައި،" މިފްކޯގެ ސީއޯއޯ ވިދާޅުވިއެވެ.

ރާއްޖޭގައި ބާނާ މަސް ބަންދުކޮށް، ބޯޓުތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް މަސް ފޮނުވުމުގެ މަސައްކަތް ކުރާ ކޫއްޑޫ ކާރުހާނާގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ ހޮނިހިރު ދުވަހު މަސް ބާނައިގެން މަސް ކިރަން ކޫއްޑޫއަށް ދިޔަ ދޯނިތައް، އާދީއްތަ ދުވަހު އިރުއެރި އިރުވެސް ތިބީ ކިއުގައި ކަމަށެވެ. ކިއުގައި ތިބި ދޯނިތަކަށް މިފްކޯއިން ހިލޭ އައިސް ފޯރު ކޮށްދީފައިވާ ކަމަށާއި ހުރިހާ ދޯނިތަކަށް ވެސް މަސް ކިރުމުގެ ފުރުސަތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކޫއްޑޫ ބަނދަރުގައި މަސް ކިރުވަން ދޯނިތައް ކިއުގައި: މަސް ކިރުވަން ދޯނިތަކުން 10 ގަޑިއިރު ވެސް ކިއުގައި ތިބެންޖެހުނު-- ފޮޓޯ/ ފޭސްބުކް

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވިއެވެ. އެފަހަރު މިފްކޯއަށް މަސް ކިރުވުން މެނޭޖު ނުކުރެވި މަސް ނުކިރުވިގެން ބައެއް މަސްވެރިން ބޭނި މަސްތައް ކަނޑައަށް އަޅަންޖެހުނެވެ. އަދި މަސް ކިރާއަދަދު ކޮންޓްރޯލްކޮށް، ދުވާލެއްގެ މައްޗަށް ކޮންމެ ދޯންޏަކަށް ކިރުވޭނީ 2.5 ޓަނުގެ މަސް ކަމަށް މިފްކޯއިން އެފަހަރު ކަނޑައެޅިއެވެ. އަދި މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ނުލިބި، ހަމައެކަނި ބިލްކުރަމުން ދިޔައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު