Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީތައް

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ ކަންކަން ގާނޫނުގައި އޮތްގޮތަށް ކުރިއަށް ދާނެ: އިލެކްޝަންސް

8 އެޕްރީލު 2018 | އާދީއްތަ 07:16

އަހަރުފެށޭތާ 3 މަސްތެރޭގައި ސިޔާސީ ޕާޓީތަކަށް އެ ފައިސާ ދީ ނިންމަން ޖެހޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 8 އެޕްރީލު 2018 | އާދީއްތަ 07:16
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ ކަންކަން ގާނޫނުގައި އޮތްގޮތަށް ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކާއިއެކު ގިނަ މަޝްވަރާތަކެއް ހިނގަމުންދާ މި ދުވަސްވަރު، ޕާޓީތަކަށް ދޭންވާ ފައިސާއާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ގާނޫނުގައި ބުނާ ތިން މަސްދުވަހުގެ މުއްދަތު އަދި ހަމަ ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 10000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން އަހަރުފެށޭތާ 3 މަސްތެރޭގައި ސިޔާސީ ޕާޓީތަކަށް އެ ފައިސާ ދީ ނިންމަން ޖެހެއެވެ.

"ގާނޫނުގައި ބުނާ ދުވަހަށް އެ ފައިސާ ދިނުމުގެ މަސައްކަތް ކުރިއަށްދާނެ. ބަންދު ދުވަސްތައް ކެނޑުމުން އަދި ތިންމަސް ދުވަހުގެ މުއްދަތު ހަމައެއް ނުވޭ. އެކަންކުރިއަށްދާނެ" އޭނާ ވިދާޅުވިއެވެ.

އަހަރުގެ ފުރަތަމަ ތިންމަސްދުވަހުގައި ހިމެނޭ ބަންދު ދުވަސްތައް ކަނޑާއިރު، ތިންމަސް ހަމަނުވާ ކަަމަށް އަކުރަމް ވިދާޅުވި ނަމަވެސް ފުރަތަމަ ތިންމަސް ކަމަށް ކަނޑައަޅާ ގާނުނުގައި ބަޔާންކޮށްފައި އޮންނަނީ ބަންދު ދުވަސްތައް ކަނޑާފައި ކަމަށް ގާނޫނުގައި ބުނެފައެއް ނޯވެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން އަހަރުގެ ބަޖެޓް ފާސްކޮށް، އެ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެތެރޭގައި ފައިސާ ދޭން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ހަ ޕާޓީއެއް އޮތްއިރު، 10000 މީހުންނަށް ވުރެ މަތިން މެންބަރުން ހިމެނޭ ހަތަރު ޕާޓީއެއް ހިމެނެއެވެ. އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕިޕީއެމްއާއި، ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރުވެސް ސިޔާސީ ޕާޓިތަކަށް ފައިސާ ދޫކުރީ ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ގޮސް އެތަށް މަސްތަކެއް ފާއިތުވިފަހުންނެވެ. އެކަމާއި ގުޅިގެން ޕާޓީތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެގެން ދިޔަކަން ބޮޑެތި ބައެއް ސިޔާސީ ޕާޓީތަކުން ފާހަގަކުރިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް