Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުންޑެސްލީގާ

ބުންޑެސްލީގާ: އޮގްސްބާގް ބަލިކޮށް ޖެހިޖެހިގެން ހަވަނަ ފަހަރަށް ބަޔާން އިން ތަށި ޔަގީންކޮށްފި

7 އެޕްރީލު 2018 | ހޮނިހިރު 17:40

އޮގްސްބާގްއާ ދެކޮޅަށް ކުޅުނު މެޗު ބަޔާންއިން ކާމިޔާބުކުރީ ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 އެޕްރީލު 2018 | ހޮނިހިރު 17:40
ބަޔާންގެ ކުޅުންތެރިން ތަށި ޔަގީންކުރުމަށް ފަހު އުފާ ފާޅުކުރަނީ

ބަޔާންގެ ކުޅުންތެރިން ތަށި ޔަގީންކުރުމަށް ފަހު އުފާ ފާޅުކުރަނީ

ޖަރުމަނު ބުންޑެސްލީގާގައި އެފްސީ އޮގްސްބާގްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޖެހިޖެހިގެން ހަވަނަ ފަހަރަށް ބަޔާން މިއުނިކް އިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.

ރަށުން ބޭރުގައި އޮގްސްބާގްއާ ދެކޮޅަށް ކުޅުނު މެޗު ބަޔާން އިން ކާމިޔާބުކުރީ ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުންނެވެ. ބަޔާންގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު ހަމޭސް ރޮޑްރިގޭޒް އާއި ކޮރެންޓިން ޓޮލީސޯ އަދި އަރުތޫރޯ ވިދާލްގެ އިތުރުން ސެންޑްރޯ ވެގްނަރ ވަނީ މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މި މެޗާއި ބަޔާން އިން ކުރިމަތިލީ ޖެހިޖެހިގެން ހަވަނަ ފަހަރަށް ބުންޑެސްލީގާގެ ތަށި ޔަގީންކުރުމުގެ އުއްމީދުގައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ލަނޑު ޖެހުމާ ގާތަށް އޮގްސްބާގް އިން ގޮސްފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި އޮގްސްބާގްގެ ހަމަލާއެއް ބަޔާންގެ ގޯލުގެ ދަނޑީގައި ޖެހުނުއިރު އެ ޓީމުން ވަނީ އޭގެ ދެ މިނެޓު ފަހުން މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ބަޔާންގެ ނިކޮލަސް ސޫލޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށް ފަހު ބަޔާން އިން އެ ޓީމުގެ ކުޅުން ރަނގަޅުކުއިރު އެ ޓީމުން ވަނީ މެޗުގެ 32 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ބަޔާންއަށް އެއްވަރުކޮށްދިނީ ޓޮލީސޯއެވެ. އޭގެ ހަ މިނެޓު ފަހުން ހަމޭސް ވަނީ ލަނޑެއް ޖަހައި ބަޔާންއަށް ލީޑު ނަގައިދީފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބަޔާން އިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އާޔެން ރޮބެންއެވެ. މި ލަނޑަށް ފަހު ވެސް ބަޔާން އަށް ވަނީ ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. އެހެން ނަމަވެސް 87 ވަނަ މިނެޓުގައި ސެންޑްރޯ ވެގްނަރ ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަހައި އެ ޓީމަށް ތަށި ޔަގީންކޮށްދީފައެވެ.

މިއީ ބަޔާންގެ ތާރީހުގައި ވެސް އެ ޓީމުން ކާމިޔާބުކުރި 28 ވަނަ ބުންޑެސްލީގާ ތައްޓެވެ. ހަމައެހެންމެ ވޭތުވެދިޔަ ހަ ސީޒަނުގައި ވެސް ބުންޑެސްލީގާގެ ތަށި ކާމިޔާބުކުރީ ބަޔާން މިއުނިކްއެވެ. ބަޔާންގެ ހަ ބުންޑެސްލީގާ ތަށީގެ ތެރެއިން ތިން ތަށި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކާމިޔާބުކޮށްފައިވެއެވެ. ހަމައެހެންމެ ދެ ތަށި ޖުޕް ހެއިންކޭސްގެ އިރުޝާދުގެ ދަށުން ކާމިޔާބުކުރި އިރު މިދިޔަ ސީޒަނުގެ ތަށި އެ ޓީމުން ކާމިޔާބުކުރީ ކާލޯ އަންޗެލޯޓީގެ ކޯޗު ކަމުގެ ދަށުންނެވެ.

ކުޅުނު 29 މެޗުން ބަޔާން 72 ޕޮއިންޓް ހަމަކޮށްފައިވާއިރު އެ ޓީމުގެ ފަހަތުން ދެވަނައިގައި އޮތް ޝާލްކޭއަށް ލިބިފައި ވަނީ 53 ޕޮއިންޓްއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް