Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާގެ މިނިވަންކަން

ބެލްޖިއަމްއަށް އެނބުރި ދިޔުމަށް އުއްމީދުކުރަން: ޕުއިޖެމޮންޓް

ޖަރުމަންވިލާތުން ޕުއިޖެމޮންޓް ހައްޔަރުކުރީ ސްޕެއިން ނެރުނު ކޯޓެއް އަމުރެއްގެ ދަށުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 އެޕްރީލު 2018 | ހޮނިހިރު 17:12
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް: މިހާރު ހުންނެވީ ޖަރުމަންވިލާތުގައި

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް: މިހާރު ހުންނެވީ ޖަރުމަންވިލާތުގައި

ބެލްޖިއަމަށް އެނބުރި ވަޑައިގަތުމުގެ އުއްމީދުގައި ހުންނެވި ކަމަށް ސްޕެއިން އިން ވަކިވެގަތުމަށް މަސައްކަތްކުރި ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ މާޗް މަހުގެ ފަހުކޮޅު ޕުއިޖެމޮންޓް ޖަރުމަންވިލާތަށް އެތެރެވުމުން ޔޫރަޕިއަން އެރެސްޓް ވޮރަންޓެއްގެ ދަށުން އެޤައުމުގެ ފުލުހުން ވަނީ އޭނާ ހިފަހައްޓާފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފިންލެންޑަށް ވަޑައިގަތުމަށް ފަހު ބެލްޖިއަމަށް އެނބުރި ވަޑައިގަތުމުގެ މަގުމަތީގައި ޖަރުމަންވިލާތުގެ ސަރަހައްދީ އިން ހުރަސް ކުރެއްވުމުން، ޔޫރަޕިއަން އެރެސްޓް ވޮރަންޓެއްގެ ދަށުންނެވެ. ސްޕެއިން އިން ވަކިވެ، ވަކި މިނިވަން ދައުލަތެއް ކެޓަލޯނިއާގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުން މިދިޔަ އަހަރު ފަހުކޮޅު އިއުލާންކުރުމާ އެކު ސްޕެއިންގެ މައި ސަރުކާރުން ވަނީ ކެޓަލޯނިއާއަށް ދީފައިވާ ސަރަހައްދީ މިނިވަންކަން ނިގުޅައިގަނެ، ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހާއި ސަރުކާރު އުވާލާފައެވެ. އެ އަށް ފަހު އަމިއްލައަށް އަރުވާލެއްވިގެން ޕުއިޖެމޮންޓާއި އޭނާގެ އަރިސް ބައެއް ބޭފުޅުން އުޅުއްވަނީ ބެލްޖިއަމްގައެވެ.

ޕުއިޖެމޮންޓް ސްޕެއިންއާ ހަވާލުކުރާނެތޯ ޖަރުމަންވިލާތުގެ ކޯޓަކުން ނިންމަންދެން އޭނާ ހުންނެވީ ބަންދުން ދޫކޮށްލާފައެވެ. އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ހައްޔަރުކުރިތާ 2 ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ޕުއިޖެމޮންޓް ވިދާޅުވީ އެނބުރި ބެލްޖިއަމްއަށް ވަޑައިގެންނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އެހެންނަމަވެސް ޖަރުމަންވިލާތުގެ ކޯޓުތަކުން ގޮތެއް ނިންމަންދެން ހުންނަވާނީ ޖަރުމަންވިލާތުގައި ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް މިމައްސަލައިގެ އަޑު އެހުމެއް ޖަރުމަންވިލާތުގެ ކޯޓެއްގައި ކުރިއަށްދިޔައެވެ. ޕުއިޖެމޮންޓްގެ މައްޗަށް ސްޕެއިން އިން ނެރުނު ހައްޔަރުކުރުމުގެ އަމުރުގައި ތަފާތު ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކެޓަލޯނިއާގެ މިނިވަންކަމަށް ކުރެވުނު ކެމްޕޭނުގައި އޭނާ އަދާކުރެއްވި ރޯލުގެ ސަބަބުން ޕުއިޖެމޮންޓްގެ މައްޗަށް ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެއެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު ޖަރުމަންވިލާތުގެ ކޯޓުން ނިންމީ އެމައްސަލައަކީ އޭނާ ސްޕެއިންއާ ހަވާލުކުރަން ޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ.

ސްޕެއިނުން ބުނީ ޖަރުމަންވިލާތުގެ ކޯޓުތަކުގެ ނިންމުންތަކަށް އެޤައުމުން އިޙްތިރާމްކުރާނެ ކަމަށެވެ. އަދި ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޚޯއީ ވިދާޅުވީ އޭނާގެ ސަރުކާރުން ސްޕެއިން އާއި އެހެން ޤައުމުތަކުގެ ކޯޓުތަކުގެ ނިންމުންތަކަށް އިޙްތިރާމްކުރާނެ ކަމަށެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހުގެ ނިންމުމާ ގުޅިގެން ހުކުރު ދުވަހު ސްޕެއިންގެ ސުޕްރީމް ކޯޓުން ބުނީ ޖަރުމަންވިލާތުގެ ކޯޓުގެ ނިންމުމާ ގުޅިގެން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއާ މަޝްވަރާކުރާނެ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްޞީލެއް އެކޯޓުން ދީފައެއް ނުވެއެވެ.

ޕުއިޖެމޮންޓްގެ އިތުރުން އޭނާގެ ސަރުކާރުގެ އިސް ހަތަރު ބޭފުޅަކު ހައްޔަރުކުރުމަށް ސްޕެއިން އިން ކޯޓު އަމުރު ނެރުނެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް

02 ޑިސެމްބަރު 2017
ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް
22 ނޮވެމްބަރު 2017

ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި

22 ނޮވެމްބަރު 2017
ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި
05 ނޮވެމްބަރު 2017

ޕުއިޖެމޮންޓް އަމިއްލައަށް ބެލްޖިއަމްގެ ޕޮލިހަށް ހާޒިރުވެއްޖެ

05 ނޮވެމްބަރު 2017
ޕުއިޖެމޮންޓް އަމިއްލައަށް ބެލްޖިއަމްގެ ޕޮލިހަށް ހާޒިރުވެއްޖެ
04 ނޮވެމްބަރު 2017

ކެޓަލޯނިއާގެ ކުރީގެ ރައީސް ޕުއިޖެމޮންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފި

04 ނޮވެމްބަރު 2017
ކެޓަލޯނިއާގެ ކުރީގެ ރައީސް ޕުއިޖެމޮންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފި
11 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުން އެނބުރި އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން މަސައްކަތްކޮށްފައިވޭ: އދ. ގެ ރިޕޯޓު

11 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުން އެނބުރި އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން މަސައްކަތްކޮށްފައިވޭ: އދ. ގެ ރިޕޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު