Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާގެ މިނިވަންކަން

ކެޓަލޯނިއާގެ ކުރީގެ ރައީސް ޕުއިޖެމޮންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފި

ޕުއިޖެމޮންޓާއި ހަތަރު ވަޒީރެއްގެ މައްޗަށް ޔޫރަޕިއަން އެރެސްޓް ވޮރަންޓް ނެރެފައިވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2017 | ހޮނިހިރު 05:03
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް: އޭނާ ހައްޔަރު ކުރުމުގެ އަމުރު ވަނީ ނެރެފަ

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް: އޭނާ ހައްޔަރު ކުރުމުގެ އަމުރު ވަނީ ނެރެފަ

މަގާމުން ދުރުކޮށްފައިވާ ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓް ހައްޔަރު ކުރުމަށް، ޔޫރަޕިއަން އެރެސްޓް ވޮރަންޓް (އީއޭޑަބްލިއު) ނެރެފި އެވެ.

މިހާރު ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނެވި ޕުއިޖެމޮންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ، ޕުއިޖެމޮންޓް ހިމެނޭ ގޮތަށް ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް 14 މީހަކު ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރަށް ތަބާވެފައިނުވާތީ އެވެ.

ކޯޓަށް ހާޒިރުވުމަށް އަމުރު ނެރުނު ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ އިސް ފަރާތްތަކުގެ ތެރެއިން ހާޒިރުވީ 9 ބޭފުޅެކެވެ. ކޯޓަށް ހާޒިރުވި ވަޒީރުންގެ ތަހުގީގު ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް، 58 ހާސް ޑޮލަރުގެ ކަފާލާތުގެ ފީއެއް ދައްކައިގެން، އެއް ބޭފުޅަކު ވަނީ މިނިވަން ކޮށްފައެވެ.

ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރުނުއިރު ވެސް ޕުއިޖެމޮންޓާއި އޭނާގެ އަރިސް ބައެއް ވަޒީރުން ތިއްބެވީ ބެލްޖިއަމްގައެވެ.

ޕުއިޖެމޮންޓްގެ އިތުރުން ކޯޓަށް ހާޒިރުނުވި ކެޓަލޯނިއާގެ ކުރީގެ ސަރުކާރުގެ އިސް 4 ބޭފުޅަކު ހައްޔަރު ކުރުމަށް ޔޫރަޕިއަން އެރެސްޓް ވޮރަންޓް ނެރެފައިވެއެވެ.

ޕުއިޖެމޮންޓާއި އޭނާގެ ސަރުކާރުގެ އިސް ވަޒީރުންގެ މައްޗަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ވަނީ، ސަރުކާރާއި ދެކޮޅު އަމަލު ހިންގުމާއި، ބަޣާވާތަށް ހިތްވަރު ދިނުމާއި، ދަޢުލަތުގެ ފައިސާ ނާޖާއިޒު ގޮތެއްގައި ބޭނުން ކުރުމުގެ ތުހުމަތު ކޮށްފައެވެ.

ޕުއިޖެމޮންޓް ވަނީ އޭނާ އަށް މިނިވަން ޝަރީޢަތެއްގެ ޔަގީންކަން ނުލިބެނީސް، އެނބުރި ސްޕެއިން އަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޕުއިޖެމޮންޓާއި ބްރަސަލްސްގައި ތިއްބެވި ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރުގެ އިސް ބޭފުޅުން ބެލްޖިއަމް އިން ސިޔާސީ ހިމާޔަތް ހޯދުމަށް އެދިފައިވާކަން ކަށަވަރުވެފައެއްނުވެއެވެ.

އޭއެފްޕީ އާއި ވާހަކަ ދައްކަމުން ބެލްޖިއަމްގެ ސްޓޭޓް ޕްރޮސެކިއުޓަރުގެ ތަރުޖަމާނު ވަނީ، ޕުއިޖެމޮންޓްގެ އިތުރުން ބެލްޖިއަމްގައި ތިއްބެވި ބޭފުޅުންނާއި ދެކޮޅަށް ނެރެފައިވާ ޔޫރަޕިއަން އެރެސްޓް ވޮރަންޓް އިތުރަށް ދިރާސާ ކުރާނެ ކަމަށް ބުނެފައެވެ.

ކެޓަލޯނިއާގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ދެކޮޅަށް ޝަރީއަތް ހިންގަން ފަށާފައިވަނީ ސްޕެއިންގެ މައި ސަރުކާރުގެ ކިބައިން މިނިވަންވެ، ކެޓަލޯނިއާގެ ވަކި ދަޢުލަތެއް އުފެއްދުމަށް ކުރި މަސައްކަތްތަކާއި ގުޅިގެންނެވެ.

ކެޓަލޯނިއާގެ ވަކި ދަޢުލަތެއް އުފެއްދުމަށް މިދިޔަ އޮކްޓޯބަރު މަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި ކެޓަލޯނިއާގެ ރައްޔިތުންގެ އަޣުލަބިއްޔަތު ވަނީ، ކެޓަލޯނިއާގެ ވަކި ދައުލަތެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓު ދީފައެވެ.

އެ ވޯޓާއި ގުޅިގެން ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރާއި، ސަރަޙައްދީ ޤާނޫނު ހަދާ މަޖިލީހުގެ ނިންމުންތަކާއި ދެކޮޅަށް ސްޕެއިންގެ މައި ސަރުކާރުން ތަފާތު އިންޒާރުތައް ދެމުންދަނިކޮށް، މިދިޔަ ހަފްތާގައި ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުން ވަނީ ކެޓަލޯނިއާގެ ވަކި ދަޢުލަތެއް އިޢުލާން ކޮށްފައެވެ. އެހެން ނަމަވެސް ކެޓަލޯނިއާ ވަކި ދައުލަތެއްގެ ގޮތުގައި އެއްވެސް އެހެން ފަރާތަކުން ޤަބޫލުކޮށްފައެއްނުވެއެވެ.

މިނިންމުމާއި ގުޅިގެން ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރަށް ދީފައިވާ ބާރުތައް ނެގުމަށް ފަހު، ސްޕެއިންގެ މައި ސަރުކާރުން ވަނީ ސްޕެއިންގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ކުއްލި ޙާލަތުގެ ބާރުތަކުގެ ބޭނުންކޮށް، ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރާއި ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ފަހު، އައު އިންތިޚާބެއް ބޭއްވުމަށް ނިންމިކަން އިޢުލާންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު